Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖެ

މި ފަސްގަނޑުގައި އޮތީ ކޮން ކުށެއް ހެއްޔެވެ؟

އަޅުގަނޑުމެން ލަދުގަންނަންޖެހޭ ވަގުތެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 16 ޖުލައި 2018 | ހޯމަ 07:23
ދިވެހި ގައުމީ ދިދަ

ދިވެހި ގައުމީ ދިދަ

މީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ކިޔާ އުޅޭ ތަނެވެ.

މިއީ އަމާންކަމުގެ ނަމޫނާއެއް ކަމަށް ބުނެވޭ ބިމެވެ.

މީ ސުލްހަވެރިކަމާއި ހިތްހެޔޮކަމުގެ މިސާލެއް ކަމަށް ކިޔާ އުޅުނު ޤައުމެވެ. މިއީ ދިވެހި ރާއްޖެއެވެ. ކޮންމެ ޤައުމަކާއި އެކުވެރި، ކޮންމެ ޖަމާޢަތަކާއި ރަޙުމަތްތެރި، ކޮންމެ ބަޔަކށް މަރުޙަބާ ކިޔާ މި ދިވެހި ޤައުމުގެ ނަން ކިލަނބުކޮށް މި ޤައުމުގެ ޢިއްޒަތާއި ޝަރަފު ވެއްޔާއި މޮޑެވިގެން ހިނގައިދާނެ ދުވަހެއް އަތުވެދާނެ ކަމަކަށް ދިވެހިން ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އެކަމަކު ބައެއްގެ ފަރުވާ ކުޑަކަމާއި ގޮތް ދޫ ނުކުރުމާއި ބޯހަރުކަމުގެ ނަތީޖާ ދިވެހިންނާއި ބައްދަލު މިކުރީ ކިހާ ހިތިކޮށްތޯއެވެ؟

ޒަމާނުއްސުރެ މި ރާއްޖެއަށް ލިބިފައި އޮތް ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް ޙަވާލު ކުރި މީހުން މި ޤައުމުގެ ދަރިންނަށް މިވީ ކިހާ ބޮޑު ޚިޔާނާތެއް ތޯއެވެ! ޤައުމުގެ ފަސްބައިގައި މި ޖެއްސީ ކިހާ ބޮޑު ލައްގަނޑެއްތޯއެވެ. އަބުރުވެރި ޝަރަފުވެރި ދިވެހިންގެ ނަން މުޅި ދުނިޔޭގެ ކުރިމަތީގައި ހަރާބުކޮށް ނެތިކޮށްލީ ކިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިތޯއެވެ. ދިވެއްސެކޭ ބުނުމުން ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ކުރަމުން އައި ޤަދަރާއި ދިވެހި ޕާސްޕޯޓު ދެއްކުމުން ދެމުންދިޔަ ލުއިތައް ނެތިކޮށް ދިވެހި އައިޑެންޓިޓީގެ އަގާއި ދިވެހި ޕާސްޕޯޓުގެ އަގުވެސް ވައްޓާލީ ކިހާ ނިކަމެތި ގޮތެއްގައިތޯއެވެ. ކޮންމެ ޤައުމަކާއި ރައްޓެހި ވަކި ފަރާތަކަށް ނުޖެހޭ ދިވެހި ރާއްޖެ އެތައް ޤައުމެއްގެ ދުޝްމަނަކަށް ހަދާލީ މި ޤައުމުގެ ފަރުދުންގެ ކޮން ކުށެއް އޮވެގެންތޯއެވެ. ބޭނުންވި ވަރަށް މުސާރައާއި، ބޭނުންވި ފެންވަރެއްގައި ބޯހިޔާވަހިކަމާއި، ބޭނުންވި ފެންވަރެއްގެ ކެއުން ބުއިމާއި ޝަރަފާއި، ޤަދަރާއި، ޢިއްޒަތާއި، ސަލާމާތާއި އާރާއި ބާރު ދީ އިތުބާރާއި އެކު މި ޤައުމުގެ ކަންކަން ބެލެހެއްޓުމަށް ޙަވާލުކުރުމުން އެ އަމާނާތަށް ތި ވެވުނީ ކިހާ ބޮޑު ޚިޔާނާތެއްތޯއެވެ. މި ރާއްޖެ އުފެދުނީއްސުރެ މި ރާއްޖެއަށް ދުވަހަކުވެސް ނުލިބޭ ފަދަ ހުތުރު ނަމެއް ތި ހޯއްދަވައި ދެއްވީ މި ޤައުމުގެ ރައްޔިތުންގެ ފަރާތުން ކޮން ކަމެއް ޙާޞިލް ނުވެގެންތޯއެވެ. މި ޤައުމުގައި މީހުން ދިރި އުޅެން ފެށީއްސުރެ މިއަދާއި ހަމައަށް ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު އަދަބެއް މި ޤައުމުގެ މައްޗަށް ތިޔަ ގެނެސްދެއްވަނީ މި ފަސްގަނޑުގެ ކޮން ކުށެއް އޮވެގެންތޯއެވެ.

ތެދުފުޅެކެވެ. އަޅުގަނޑުމެން އުފަލެއް ނުވެ އެވެ. އުފާވާންޖެހޭ ސަބަބެއް ވެސް ނެތެވެ. މއީ އަޅުގަނޑުމެން ލަދުގަންނަންޖެހޭ ވަގުތެވެ. މި ޤައުމުގެ މުސްތަޤުބަލާއިމެދު ހިތާމަކޮށް ރޯން ޖެހޭ ވަގުތެވެ. އަމާނާތެއްގެ ގޮތުގައި ސުވަރުގެއެއްފަދަ މި ރާއްޖެ ކާބަފައިން އަޅުގަނޑުމެނާއި ހަމައަށް ގެނެސްދިނުމުން ހަމަ އެގޮތުގައި އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ގެންގޮސްދިނުމަށް ޙަވާލުކުރި މީހުން އެކަން ނުކޮށް ތިމާމެންގެ މަސްލަޙަތު އިސްކުރުމުން އެކަމާއި ވާންވީ ކޮން އުފަލެއްތޯއެވެ. ބައެއްގެ ނަސޭޙަތެއް، ލަފައެއް، އިރުޝާދެއްގެ އަޑު ނާހާ ބޯހަރު ބައެއްގެ ލަޤަބު ދުނިޔެއިން އަޅުގަނޑުމެންނަށް ދިނުމުން ކުރާންވީ ކޮން އުފަލެއްތޯއެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ސަރަޙާއްދުންވެސް ދުނިޔެއިން އަދަބު ދިން ހަމައެކަނި ޤައުމުގެ ހުތުރު ނަން ލިބުމުން ކުރަންވީ ކޮން އުފަލެއްތޯއެވެ.

ބައެއްގެ އާރާއިބާރު ދެމެހެއްޓުމަށްޓަކައި ތިޔަ ޤުރުބާން ކުރައްވަނީ ޤައުމުގެ ޤަދަރު ނޫންތޯއެވެ. ތިމާމެންގެ ޖާހާއި މަތިވެރިކަން ދޫވިޔަ ނުދިނުމުގެ އަގެއްގެ ގޮތުގައި ތިޔަ ދައްކަވަނީ މި ޤައުމުގެ ޝަރަފުނޫން ތޯއެވެ. ކޮންމެ ފަރުދަކަށް ވުރެ، ކޮންމެ ޖަމާޢަތަކަށްވުރެ ޤައުމު ބޮޑުވާނެ ކަމަށް ދަރިންނަށް ވިސްނަދޭއިރު ޤައުމީ ނައުގެ ހުންގާނުގައި ތިބި ފަރާތްތަކަށް ޤައުމަށްވުރެ ބޮޑުވީ ތިމާގެ ނަންނޫންތޯއެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ ޤައުމަށް ކަމެއް ކޮށްދެވޭތޯ ބަލާށޭ ކިޔައިގެން ދަރިންނަށް ވިސްނަދެމުން ދާއިރު ޤައުމު އެއްފަރާތަކަށް ލެއްވުމަށް ފަހު ކޮންމެ ކަމެއް ތިޔަ ކުރައްވަނީ އަމިއްލަ މަންފާއަށް ނޫންތޯއެވެ. އަމިއްލަ އެދުމަށްޓަކައި ތިޔަ ފޭރިގަނެވެނީ ޤައުމުގެ ޢިއްފަތްނޫންތޯއެވެ. މިއަދު ފިޔަވަޅު އެޅިއަސް، އަދަބު ދިނަސް ބޯހަރުކަމާއިއެކު ގޮތް ދޫނުކޮށް ތިބެގެން ތިޔަ ހަލާކު ކޮށްލައްވަނީ މި ޤައުމުގެ މުސްތަޤުބަލްނޫން އެހެން ދެން ކޮންއެއްޗެއްތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު