Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޖަލްސާ

މައިނޯރިޓީ ލީޑަރުގެ ކޮޓަރީގެ ދޮރު އަލީ އާރިފް "ވައްޓާލައިފި"

ނިހާނު ވިދާޅުވީ އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 05:40
މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އަލީ އާރިފް ކިކު ޖައްސަވަނީ

މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އަލީ އާރިފް ކިކު ޖައްސަވަނީ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮޓަރިކޮޅުގެ ދޮރުގައި، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް "ކިކު ޖަހައި" ދޮރު ހުޅުވައި ވަދެގަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ވެސް ޕީޕީއެމް ޕާލިއަމެންޓްރީ ގްރޫޕް މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގި އެވެ. ބައެއް މެންބަރުންގެ ގަޔަތް އަތްލައި މާރާމާރީ ވެސް ހިންގާފައި ވެއެވެ.

Advertisement - newsAdvertisement

މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އާރިފް ކޮޅުފައި ޖެއްސެވި މަންޒަރު އާންމުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ދޮރު ހަލާކު ކޮށްލައި އަލީ އާރިފު ވެންނެވިއިރު އެ ކޮޓަރިކޮޅުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ބައެއް އެހެން މެމްބަރުން ތިއްބެވި އެވެ.

ކޮޓަރިކޮޅަށް އަލީ އާރިފު ވެންނެވުމަށް ފަހު ރުޅިވެރިކަމާއެކު އިބްރާހިމް މުހައްމަދު ސޯލިހާ ދިމާއަށް އެއްޗެހި ގޮވާމަންޒަރު ފެނިގެންދެ އެވެ. އަދި އެއާއެކު ޕީޕީއެންމެގެ ބައެއް އެހެން މެމްބަރުން ވެސް އިބޫގެ ކޮޓަރިކޮޅަށް ވަދެގަތެވެ.

ނިހާނު ވެސް ހިތްހަމަނުޖެހުމާއެކު އިބޫއާ ވާހަކަ ދެއްކެވި އެވެ. އޭގެފަހުން، އިބޫގެ އިޝާރާތަކަށް ނިހާނު ވަޑައިގެން އިބޫއާ މަޝްވަރާތަކެއް ކުރައްވާ މަންޒަރު ވެސް ފެނެ އެވެ.

އެކަމާ ގުޅޭ ގޮތުން ޕީޕީއެމް ޕާލިއަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ތަކެއްޗަށް ގެއްލުންދީގެން ނުވާނެ ކަމަށެވެ. ނިހާނު ވިދާޅުވީ އެކަން ކުރި މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުގައި ކިކު ޖަހައިގެން ދޮރު ހުޅުވުމާއެކު ކޮޓަރިކޮޅުގެ ތެރެއަށް ވެންނެވި މެންބަރުންގެ ތެރޭގައި ނިހާނު ވެސް ހިމެނެ އެވެ.

ނިހާނު ވިދާޅުވީ އެކަންތައް އެހާ ހިސާބަށް ދިޔައީ މަޖިލިސް ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި ތިބެގެން އިދިކޮޅު މެންބަރުން ހިންގި ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު