Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ މަނަވަރު އެކްސިޑެން

އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދައިފި

ފެނުނީ ކިތައް މީހުންގެ ހަށިގަނޑު ކަމެއް އަދި ނޭނގޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 އޯގަސްޓު 2017 | ބުދަ 06:22
އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެމެރިކާގެ ނޭވީ މަނަވަރެއް ސިންގަޕޫރުގެ އައްސޭރި ފަށުން ދަތުރު ކުރަނިކޮށް އޮއިލް ޓޭންކަރަކާ އެކްސިޑެންޓްވި ހާދިސާގައި ގެއްލުނު 10 ސެއިލަރުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ސްކޮޓް ސްވިފްޓް މީޑިއާތަކަށް ވިދާޅުވީ، އެމެރިކާގެ ނޭވީީ އާއި މެރިން ކޯޕްސްގެ ޑައިވަރުންނަށް ގެއްލުނު ބައެއް މީހުންގެ ހަށިތައް ފެނިފައި ވަނީ އެކްސިޑެންޓްވި މަނަވަރުގެ ތެރޭގައި ހުރި ސީލްޑް ކޮމްޕާޓްމަންޓްތަކުގެ ތެރެއިން ކަމަށެވެ. މީހުން ހޯދުމުގެ މަަސައްކަތް އެންމެ ފަހު ވަގުތާ ހަމައަށްވެސް ކުރިއަށް ދާނެ ކަމަށް ސްވިފްޓް ވިދާޅުވިއެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މެލޭޝިއާގެ ނޭވީން ވަނީ ގެއްލުނު މީހެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަނޑުން ހޯދާފައެވެ. އެހެންނަމަވެސް އެއީ މަނަވަރު އެކްސިޑެންޓްގައި ގެއްލުނު މީހެއްގެ ހަށިގަނޑު ކަމެއް އަދި ނޭނގެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑައިވަރުން ވެސް ވަނީ ބައެއް މީހުންގެ ހަށިތައް ހޯދާފައެވެ. އެހެންނަމަވެސް އަދި އެއީ ސީދާ މަނަވަރު އެކްސިޑެންޓްގައި ގެއްލުނު މީހުންގެ ހަށިތައް ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސިންގަޕޫރުގެ އިރުމަތީ އައްސޭރި ފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާއެވެ. އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ. މިއީ މިފަހުގެ މަސްތަކުގައި އެމެރިކާގެ ނޭވީގެ ބޯޓަކަށް މިފަދަ ބޮޑު އެކްސިޑެންޓެއް ދިމާވި ދެވަނަ ފަހަރެވެ.

ސިންގަޕޫރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެނެވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު