Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
"މަގޭ ރިޕޯޓް"

މި ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ހިތުހުރިހާގޮތެއް ހަދަން ރައްޔިތުން ފުރުސަތު ނުދޭނެއެވެ!؟

ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ނެގައި އިސްލާހަކީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ތެރެއިން ރައީސް މުއިއްޒު ކުރެއްވިކަމެއް ކަމަށް މިއަދު ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2025 | ބުރާސްފަތި 12:42
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

"ލައްކަ ކަންކަން އެބަ ހިނގާ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައި އޮތް އެންމެ ބޮޑު ހައްޤު އެއޮތީ ނިގުޅައިގެންފައި. ދެން ހަމަ ރައީސް މުއިއްޒު ބޭނުންފުޅު ވީމަ ދިވެހި ދައުލަތުގެ ދީނަކީ ނަޞާރާ ދީން ކަމަށް ނިންމައިފިއްޔާ ވެސް ހަމަ އަތް ޖަހަން ތިބެންވީތަ؟.. ކިހިނެއްތަ މިވަނީ..؟

މިއީ ވަރަށް އާދައިގެ، އެއްވެސް ހައިސިއްޔަތެއް ނެތް ނިކަމެތި ރައްޔިތުންތަކެއްގެ އިހުސާސަކަށް ވިއަސް، މިއީ ވަރަށް މާނަފުން، އަދި އެހާމެ ބަލާޣާތްތެރި ބަސްކޮޅެއްކަމަށް ގަބޫލުކުރެވެއެވެ. އެ ނިކަމެތި ރައްޔިތު މީހާ އެ ބުނީ ހަމަ ހަޤީޤަތުގައިވެސް ތެދެކެވެ.

މިއަދު ގައުމުގެ ހާލަތު މިއޮތީ ދިވެހި ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް، ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައެވެ. އެހެނީ ރައީސް މުއިއްޒުގެ މި ސަރުކާރުން، ކަންކަން ކުރަމުން ގެންދަނީކީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫންނެވެ. އަދި އެ ރައްޔިތުން އުންމީދުވެސް ކުރަމުންއައި ގޮތަކަށް ވެސް ނޫނެވެ.

ބުނަން މިއުޅޭ ވާހަކަ އަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އެންމެ ކަންބޮޑުވާ އަދި މިހާރުވެސް އެންމެ ގިނައިން އަޑުހަރުކޮށް ދެކެވޭ ވާހަކަ އަކީ، މަޖިލިސް މެމްބަރަކު އޭނާ އުޅޭ ޕާޓީން ވަކިކޮއްފިނަމަ އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މަޖިލީހަށް ހުށަހެޅި ބިލް ފާސްކުރީ ނިމިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެގޮތުން ސަރުކާރުން މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅުއްވިއިރު، އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކަށް ވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމެވެ.

މި ބިލަކީ މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވާ ބިލަކަށްވުމާ އެކު، ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެކަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާން ކުރައްވައިފައެވެ.

އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ މި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ނުދިނުމަށް ޓަކައި އޭރު ތަޅުމުގައި އަޑުގަދަކޮށް މަސައްކަތަށް ހުރަސް އެޅުމަށް ވެސް މަސައްކަތް ކޮށްފައެވެ.

އެހެން ނަމަވެސް ރިޔާސަތުން ވަނީ އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރުމަށް ވޯޓަށް އަހައިފައެވެ. އެއީ މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް އިސްލާހެއް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު ބޭރުކޮށްލުމަށް ފަހުގައެވެ.

ކޮމިޓީން ފާސްކުރި ގޮތަށް ބިލަށް ވޯޓަށް އެހުމުން، 78 މެންބަރުންގެ ތާއީދާ އެކުވަނީ އެ ބިލު ފާސްކޮށްފައެވެ. އެއަށް ފަހު ޖެހިގެން އައި ދުވަހު ރައީސް މުއިއްޒު ވަނީ އެ ބިލް ތަސްދީޤް ކުރައްވާ ފައެވެ، އެއީ މި ސަރުކާރުން ކުރެއްވި ވަރަށް މޮޅުކަމެއް ކަމުގައި ވިދާޅުވެ ވާހަކަދައްކަވާފައެވެ.

މިއީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ތެރެއިން ރައީސް މުއިއްޒު ކުރެއްވިކަމެއް ކަމަށް މިއަދު ގިނަ ބައަކު ދަނީ ބުނަމުންނެވެ. އަދި ހަމަ އެއާއި އެކު މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ރައީސް މުއިއްޒުގެ މި ސަރުކާރުން ޤާނޫނު އަސާސީއަށް ގެނައި މި އިސްލާހާއި އެކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި މަޖިލިސް މެމްބަރުން ސަރުކާރުގެ އަޅުންނަށް ބަދަލުވެގެން ގޮސްފައިވާ ކަމަށް ވެސް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ވާނީވެސް އެހެންތާއެވެ. ރައްޔިތުންނަށް އެމީހުންގެ ހައްޤުތައް ހޯދައިދީ އެ ރައްޔިތުންގެ ދިފާއުގައި ވަކާލާތުކުރުމަށް ވުރެ، އަމިއްލަ އަންބޮޑި ބޮޑުކުރުން އެ މެމްބަރުންނަށް މާ މުހިންމެވެ. ރައްޔިތުންނަށް ވުރެ، ސަރުކާރާއި، އެ ސަރުކާރުން ކުރަމުންގެންދާ ބޮޑެތި ވައްކަމާއި ހިޔާނާތާއި ކަރަޕްޝަނުގެ ކަންކަން ފޮރުވަން އެ މެމްބަރުންނަށް މާ މުހިންވެފައި އައުލާކަން ބޮޑީއެވެ.

އާނއެކެވެ. ރާއްޖޭގެ ކަންކަން މިހާރު މި ދާގޮތުން މާ ގިނަ ދުވަސްތަކެއް ނުވެ، ގާނޫނުއަސާސީގެ މައިގަނޑު އަސާސްކަމުގައިވާ ރައްޔިތުންގެ ބާރުގެ ބަދަލުގައި ދެން ބާރުތައް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައޭ ވެސް ޤާޤޫނުގައި ހިމަނަފާނެއެވެ. ކަންތައް ތައްދަނީ މިހާވެސް ގޯހުންނެވެ.

ހަގީގަތުގައި ސުޕްރީމް ކޯޓުގައި މި ހަފުތާގައި އެންމެ ހޫނުކޮށް ކުރި ބަހުސަކީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ވާހަކައެވެ. މި މާއްދާ ކުރިން އޮތްގޮތަށް އަލުން އިޔާދަ ކުރުމަށް ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލަައިގެ ވާހަކައެވެ. މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް، ގާނޫނުއަސާސީގެ އަސާސްތަކާ ހިލާފު ކަމަށް ގިނަ ބަޔަކަށް ފެނުނީއެވެ. އެ ކޯޓުގެ އިހުތިސާސާއި ތިން ބާރުގެ އިން ވަކިވާ ހިސާބާ މެދު އެހާ ވަރުގަދައަށް ބަހުސްކުރަން ޖެހުނީ މިއީ އާ ކަމަކަށް ވެސް ވީމައެވެ.

ހަޤީޤަތުގައި ޖެހިގެން މިއުޅޭ މައްސަލައަކީ، ޕީއެންސީގެ ސުޕަރ މެޖޯރިޓީން، ބާރުގެ ބޭނުންކޮށްލައިގެން އެއް ދުވަހުން ގާނޫނުއަސާސީ އިސްލާހުކޮށްލި މައްސަލަ

އެވެ. މި އިސްލާހާއި އެކު މެންބަރަކު ޕާޓީއަކުން ވަކިކޮށްލިޔަސް ވަގުތުން ގޮނޑި ގެއްލޭނެއެވެ. އެހެންވެ، ރައްޔިތުންނަށް ނުވާ ވަފާތެރިކަމެއް އެ މެންބަރުން ޕާޓީއަށްވާން މަޖުބޫރުކުރުވީ ކަމަށް އިދިކޮޅު ފަރާތްތަކަށް ފެނުނީއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުންނަށް ބިރެއް އެބައޮތެވެ. ޕާޓީން ބުނާ ގޮތް ނުހަދައިގެން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެކަމުގެ ބިރެވެ. އެއީ، އެ މެމްބަރުންގެ މިނިވަންކަން ވެސް ގެއްލޭނެ ކަމެކެވެ. އެ ހިސާބުން މަޖިލީހުގެ މިނިވަންކަން ވެސް އެ ގެއްލުނީއެވެ. މިނިވަން ތިން ބާރުގެ އަސާސީ ސިފައަށް ލޮޅުން އެރީއެވެ.

ރައްޔިތުންގެ މަޖީހަކީ މިއަދުގެ ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހެވެ. އެ މަޖިލީހުން މިއަދު ބޭނުންކަމެއް ކުރާނެއެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ވީމައެވެ. އެކަން މިހެން އޮތްއިރު، މަޖިލީހުން ކޮންމެ ކަމެއް ކުރިއަސް އެކަން ހުއްޓުވާނީ ކާކުހެއްޔެވެ؟ އެ މަޖިލީހުން ދިވެހި ދައުލަތުގެ ދީނަކީ ނަޞާރާ ދީން ކަމަށް ނިންމައި އެކަމަށް ޤާނޫނު އަސާސީގައި އޮތް މާއްދާ އިސްލާހުކުރަން ނިންމި ނަމަވެސް ދެން އެކަން ހުއްޓުވާނީ ވެސް ކާކުހެއްޔެވެ.؟ ދިވެހި ރައްޔިތުން ހަމަ އަތްޖަހާލަ، ޖަހާލަ ތަރުޙީބުދޭން ތިބޭނީހެއްޔެވެ.؟

ނޫނެކެވެ. ބޭނުންހާ އެއްޗެއް ހަދަން ރައްޔިތުން އެ މެމްބަރުންނަށް ފުރުސަތެއް ނުދޭނެއެވެ. މަޖިލިސް އިންތިޚާބުގައި ވޯޓުދީގެން މެމްބަރުން ހޮވީ ރައްޔިތުންނެވެ. މިނިވަންކަމާއި އެކު، ޒިންމާދާރު ކަމާއި އެކު މަސައްކަތް ނުކޮށް ގައުމަށް ގައްދާރުވާނަމަ އެ މެމްބަރުން ބޭރުވެސް ކުރާނީ ރައްޔިތުންނެވެ.

އެ މައްސަލައެއް ހައްލުކުރާނީ ދެން އަންނަ އިންތިޚާބެއްގައި ރައްޔިތުންނެވެ. މެންބަރުންނަށް އަދަބު ދޭނީ ރައްޔިތުން އިންތިޚާބުގައެވެ. މިހާރު އުފެދިފައި މި އޮތް ގޯސް ވެސް އިސްލާހު ކުރެވޭނީ ހަމަ ރައްޔިތުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު