Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ތަފާސް ހިސާބުތައް

ދައުލަތުގެ ރިޒާވް ދަށަށް ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން!

ދެވަނަ ކުއާޓަރއަށްވުރެ ބޭނުންކުރެވޭ ރިޒާވްގެ މިންވަރު ވަނީ 23 އިންސައްތަ ދަށްވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ޑިސެމްބަރު 2017 | އާދީއްތަ 08:06
މަރުކަޒީ ބޭންކް

މަރުކަޒީ ބޭންކް

މިއަހަރުގެ ތިންވަނަ ކުއާޓަރގައިވެސް ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އާއްމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ އިޤްތިޞާދީ ޙާލަތުގެ ރިޕޯޓްގައިވާ ގޮތުން ރިޒާވްގައި ހުރީ 9.9 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުރި އަދަދަށް ވުރެ ދަށް އަދަދެކެވެ. އެހެން ނަމަވެސް ކުއާޓަރއިން ކުއާޓަރއަށް ބަލާއިރު، ރިޒާވްދަށްވާ މިންވަރު މަޑުޖެހިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން ދަށަށްދާ މިންވަރު 1 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 519.4 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން ޔޫޒަބަލް ރިޒާރވްގެ ގޮތުގައި ހުރީ 191.9 މިލިއަން ޑޮލަރެވެ. އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒާވްގެ ބޮޑު ބަޔަކީ ވިޔަފާރި ބޭންކްތަކުން އެމްއެމްއޭގައި ރައްކާކުރާ ފައިސާއެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރގައި ބޭރު ފައިސާގެ ރިޒާވް 4 އިންސައްތަ ދަށްވެފައިވާއިރު، އެ މިންވަރު ދަށްވެފައިވަނީ ބޭންކްތަކުން ޖަމާކުރާ ބޭރު ފައިސާ މަދުވުމުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ހަމައެއާއިއެކު ޑޮލަރުގެ ތާށިކަން އަޔަ ނުދިނުމަށް ބޭންކްތަކަށް ޑޮލަރު ދޫކުރުމުގެ ސަބަބުން ވެސް ޑޮލަރުގެ ރިޒާވް ދަށްވިކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ބުނާ ގޮތުގައި ދެވަނަ ކުއާޓަރަށް ވުރެ ތިންވަނަ ކުއާޓަރގައި ބޭނުން ކުރެވޭ ރިޒާވްގެ މިންވަރު ދަށްވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ލޯނު ދެއްކުމަށާއި، އެހޮސްޕިޓަލް އެޅުމަށް ބޭނުންވާ މުއާމަލާތްތަކަށް ފައިސާ ނެގުމުންނެވެ.

ދެވަނަ ކުއާޓަރއަށް ވުރެ ބޭނުން ކުރެވޭ ރިޒާވްގެ މިންވަރު، ތިންވަނަ ކުއާޓަރގައި ވަނީ 23 އިންސައްތަ ދަށްވެފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
11 ޖޫން 2017

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު