Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި

މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ކުންފުނީގެ އިދާރީ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2020 | އާދީއްތަ 03:09
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 9 ކަމެއް އެކުލަވާލާ އެގޮތަށް އަމަލުކުރުމަށް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ސަރކިޔުލަރ އެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ ކުންފުނީގެ އިދާރީ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެކަމަށެވެ. އަދި ބަޖެޓްގައި ހިމެނިފައިވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އެއްވެސް އެލަވެންސެއް އަހަރުތެރޭގައި އަލަށް ދޭން ފަށައިގެން ނުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މީގެއިތުރުންވެސް ކުންފުނީގެ ބަޖެޓުން ޚަރަދެއް ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ރާއްޖެއިން ބޭރަށް ކުރާދަތުރުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ރަސްމީ ދަތުރުތައް ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

އަދި މިއަހަރު ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމާއި މިގޮތުން ކާޕެޓް ބަދަލުކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ޚަރަދުތައް މަދުކުރުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

ޤައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހޭ ފާހަގަކުރާ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަނުކުރުމަށާއި އަދި ކުންފުނިތަކުގެ އަހަރީ ދުވަސް ފާހަގަކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފަ އެވެ. ފޯނާއި، އިންޓަރނެޓާއި ފެނާއި އަދި މިނޫންވެސް އޮފީސް ހިންގުމުގެ ޚަރަދުތައް ވީހާވެސް ޚަރަދު ކުޑަކޮށް ހަމަޖެއްސުމަށްވެސް ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.

މީގެއިތުރުން އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީ އާއި އިކުއިޕްމަންޓާއި އެހެނިހެން އާލާތްތައް ބޭނުންނުކުރާ ވަގުތުތަކުގައި އެތަކެތި ނިއްވާލުމަށްވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

އަދި އޮފީހުގެ ތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކުގައި ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާގޮތަށް ހަމަޖެއްސުމަށާއި ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދެއްކުރުން ހުއްޓާލުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މީގެއިތުރުން މުވައްޒަފުންގެ އޯވަރޓައިމް ލިމިޓްކުރުމަށްވެސް ވަނީ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން އަންގާފަ އެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. މީގެއިތުރުން މިވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މިކަމުގެ އަސަރު ކުރަމުންދާއިރު ޚަރަދުކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2019

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި

14 މާރިޗު 2019
އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި
30 އޮކްޓޯބަރު 2018

މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދަކީ 12 ބިލިއަން ރުފިޔާ!

30 އޮކްޓޯބަރު 2018
މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދަކީ 12 ބިލިއަން ރުފިޔާ!
31 ޖުލައި 2018

އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ

31 ޖުލައި 2018
އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ
10 ޖުލައި 2018

ދައުލަތުގެ ޓެކްސް އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ

10 ޖުލައި 2018
ދައުލަތުގެ ޓެކްސް އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ
28 ޖޫން 2018

ތެޔޮ ރިގްތައް ނައްތާލުމަށް ކުރާ ޚަރަދުން ދެ ބިލިއަން ޑޮލަރު ކުޑަވެއްޖެ

28 ޖޫން 2018
ތެޔޮ ރިގްތައް ނައްތާލުމަށް ކުރާ ޚަރަދުން ދެ ބިލިއަން ޑޮލަރު ކުޑަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު