Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އިން ފަލަސްތީނު މީހުން ބާލައި އެތަން ހިފަން ޓްރަމްޕް ގެންގުޅުއްވާ ޕްލޭން ތަންފީޒު ކުރާނަން: ނަތަންޔާހޫ

ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި، ނަތަންޔާހޫ ވިދާޅުވެފައިވަނީ "އެހެން ޣައްޒާއެއް" އުފެއްދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް އޭނާ "އެއްބަސްވެފައިވާ" ކަމަށެވެ. އަދި ހަނގުރާމަ އަށް ފަހު، "ހަމާސް އަދި ފަލަސްޠީނު އޮތޯރިޓީ" އަކަށްވެސް ޣައްޒާ އަށް ބާރު ނުފޯރުވޭނެ ކަމަށެވެ.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 20:41
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ޣައްޒާ ހިފައި، އެތަނުގެ ފަލަސްޠީނު ރައްޔިތުން ބޭލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް އޭނާ "އެއްބަސްވެފައިވާ" ކަމަށެވެ.

ނަތަންޔާހޫ މިހެން ވިދާޅުވިއިރު، މި ޕްލޭނަށް ދެކޮޅު ހަދާ ކަމަށް އަރަބި ދުނިޔެއިން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ މި ޕްލޭނަށް ތާއީދު ހޯދުމަށް އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް މެދު އިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ ސައުދީ އަރަބިއްޔާގައެވެ.

އާދީއްތަ ދުވަހު ނަތަންޔާހޫ އާ ބައްދަލު ކުރެއްވުމަށް ފަހު، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވީ ހަމާސް "ނައްތާލަންޖެހޭނެ" ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ފާހަގަކުރެއްވީ އެކުވެރި ދެ ޤައުމުން "އެއް ސްޓްރެޓެޖީއެއް" ގެންގުޅޭ ކަމަށެވެ.

ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި، ނަތަންޔާހޫ ވިދާޅުވެފައިވަނީ "އެހެން ޣައްޒާއެއް" އުފެއްދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް އޭނާ "އެއްބަސްވެފައިވާ" ކަމަށެވެ. އަދި ހަނގުރާމަ އަށް ފަހު، "ހަމާސް އަދި ފަލަސްޠީނު އޮތޯރިޓީ" އަކަށްވެސް ޣައްޒާ އަށް ބާރު ނުފޯރުވޭނެ ކަމަށެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އަދި ހަތިޔާރު ސަޕްލައިކޮށްދޭ ފަރާތްކަމުގައިވާ އެމެރިކާ އިން ބުނެފައި ވަނީ އަރަބި ސަރުކާރުތަކުން ހުށަހަޅާ އެހެން ހުށަހެޅުންތަކަށް އެމެރިކާ ހުޅުވިފައިވާ ކަމަށެވެ. ނަމަވެސް ރޫބިއޯ ވިދާޅުވެފައިވަނީ މިވަގުތަށް "ހަމައެކަނި ޕްލޭނަކީ ޓްރަމްޕްގެ ޕްލޭން" ކަމަށެވެ.

އެމެރިކާ އިން ގެންދަނީ ސައޫދީ އަރަބިއްޔާ އިން އިސްރާއީލް ބަލައިގަތުމުގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަށް ރިޔާޟުން ޝަރުތު ކޮށްފައި ވަނީ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމެވެ. މިއީ އިސްރާއީލުގެ ލީޑަރުން އިދިކޮޅު ހަދަމުން އަންނަ ކަމެކެވެ. އަދި މިއީ ޓްރަމްޕްގެ ޣައްޒާ ޕްލޭނާ ފުށުއަރާ ކަމެއް ކަމަށް ވެސް މިހާރު ވަނީ ފާހަގަ ކުރެވިފައެވެ.

ޣައްޒާ ހަނގުރާމަ ދާއިމީކޮށް ނިންމުމަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް މި ހަފްތާގެ ތެރޭގައި ދޯހާގައި ފެށިދާނެ ކަމަށް ހަމާސްގެ އޮފިޝަލަކާއި މަޝްވަރާތަކާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ އިތުރު ފަރާތަކުން މީޑިއާ އަށް ހާމަކޮށްފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ދެވަނަ ފިޔަވަހި މަޝްވަރާ ކުރުމަށް ހޯމަ ދުވަހު އޭނާ ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އެ އޮފީހުން ބުނެފައިވަނީ ގާހިރާ އަށް ފޮނުވާފައިވާ މަންދޫބުންނަށް "ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަށް އިތުރު އިރުޝާދުތައް" ލިބޭނީ ކެބިނެޓު ބައްދަލުވުމަށްފަހު ކަމަށެވެ.

ޣައްޒާހަމާސް-އިސްރާއިލް ހަނގުރާމަބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު