Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު

"ތިން ބާރުގެ ތެރެއިން އެއް ބާރުގެ މިނިވަންކަން މިހާރު އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގައި"

ވެރިކަން ކުރާ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މިނިވަންކަން މިހާރު އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގަ ކަމަށް ބިގޭ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 08:25
މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން  (ބިގޭ)

މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ވެރިކަން ކުރާ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މިނިވަންކަން މިހާރު އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގަ ކަމަށާއި، ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީ އަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ކުރިއެރުމަށް އަނދިރިކަން ނާންނާނެ ގޮތަށް ގޮތެއް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މެދު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުޕްރީމްކޯޓު ސަރަހައްދުގައި ހުންނަވާ ހޯމަ ދުވަހު ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ މަޖިލީހަކީ އެންމެ ބޮޑު މިނިވަން މުއައްސަސާ ކަމަށާއި އެތަނުގައި ތިބީ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ތިބި މެމްބަރުން ކަމަށެވެ. އެހެންކަމަށް ވާއިރު ރައްޔިތުންގެ ބާރެއް ނެތި، ރައްޔިތުންގެ ބަހެއް ހޯދުމަކާއި ނުލާ މެމްބަރުންގެ ގޮނޑި ގެއްލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތިން ބާރު ވަކިވެފައިވާ އިރު ސުޕްރީމް ކޯޓަކީ ވެސް ވަރަށް މުހިންމު ބާރެއް ކަމަށް ބިގޭ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ކޯޓުގެ ޒިންމާ ވެސް މި ވަގުތު ވަރަށް ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމާއި މެދު ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ ރާއްޖޭގެ ކުރިމަގު އެ ނިންމުމަކަށް ބަރޯސާވާ ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މައިގަނޑު ދެ ފިކުރު މި އޮންނަނީ. އެއް ފިކުރަކީ އަނިޔާވެރިކަމާއި ބާރުތައް އެއްކުރުމުގެ ފިކުރެއް. މާޒީގެ ދެ ވެރިކަމުން އެކަން ފެނިފަ އޮތީ. އެމްޑީޕީ ވެރިކަމުގެ ފެނުނީ ރައްޔިތުންގެ ހައްގުތައް ހޯދޭން ކަށަވަރުކުރަން މަސައްކަތް ކުރާކަން.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ދިގު ތާރީހެއް ރާއްޖޭގައި އެބަ އޮތް ކަމަށާއި މިހާރު ފެންނަނީ ޤާނޫނުއަސާސީން ހޯދި ހައްގުތައް ގެއްލި، ވެރިކަމުގެ ބާރުތައް އެއްވެގެންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބާރުތައް ވަކިކުރެވިފައި ވަނީ އެތައް ބައެއްގެ ޤުރުބާނީއަކާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން އެހެން އޮތް އިރު ވެރިކަމުގެ ބާރުތައް އެއްވެގެން ދިއުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ.

މި މައްސަލައިގައި ހަވާލާދީފައިވާ ގަޒިއްޔާ އަކީ، 20 ނޮވެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އެ މެމްބަރަކު ސިޔާސީ ޕާޓީ އިން ވަކިކޮށްފިނަމަ، މެމްބަރުކަމުން ވަކިވާ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުތައް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ކަމަށް ދެކިގެން، އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސަލައާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

މުހައްމަދު ރަޝީދު ހުސައިންސުޕްރީމް ކޯޓުމަޖިލީހުގެ މެމްބަރުންސިޔާސީ ޕާޓީ ބަދަލުކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު