Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީން ވަގު ފޯމް ހުށަހެޅި މައްސަލަ

މަޖިލީހުގައި ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ: އަބްދުއްރަހީމް

ކުރިއަށްދަނީ ޕާޓީގެ ޖަލްސާއެއް ނޫން، މަޖިލީހުގެ ޖަލްސާއެއް ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 08:28
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ޕާޓީ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގި މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. މެންބަރު ޒިޔާދު ވިދާޅުވީ ޑޭޓާ ބޭސް ބޭނުންކޮށްގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވެނީ އެފަދަ މައްސަލައެއް ދިމާވުމުން އެކަން ބަލަން އޮތް މިނިސްޓްރީން ކަމަށެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރަށްތަކަށް ދަތުރުކޮށް ފޯމުތައް ފުރަމުން ދިޔައިރު، ހޯމް މިނިސްޓަރު އަލީ އިހުސާން އިހުތިޔާރު ކުރީ ޝޯޓްކަޓެއް ކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު މިމައްސަލަ ނުބެލުމަށް ފުލުހުން ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ޒިޔާދު ވިދާޅުވީ ޕީއެންސީއަށް ވަގު ފޯމް ވެއްދި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ގަބޫލުކުރާކަމަށާއި ނަމަވެސް ފަހުން އެއީ ހުރިހާ ޕާޓީތަކުން ވެސް ކުރާކަމެއް ކަމަށް އެކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

މެމްބަރު ޒިޔާދު ވާހަކަދައްކަވަމުން ގެންދަވަނިކޮށް ހުއްޓުވުމަށްފަހު، އަބްދުއްރަހީމް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމާއި ގުޅޭ މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ވާހަކަދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް ދަނީ މަޖިލީހުގެ ޖަލްސާއެއް ކަމަށާއި، ޕާޓީގެ ޖަލްސާއެއް ނޫން ކަމަށެވެ. އަދި ޕީއެންސީއަށް މެންބަރުން ވެއްދުމާއި، ނުވެއްދުމުގެ ވާހަކަ މަޖިލީހުގައި ނުދެއްކޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފުރަތަމަ ކަމަކަށް ދަންނަވާލަން ބޭނުންވަނީ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވާހަކަ ވަކި ހިސާބަކަށް ދިޔާމަ ރިޔާސަތުން އޮންނާނީ އެވާހަކަ ނުދައްކަން އިލްތިމާސް ކޮށްދަންނަވާފައި. އެވާހަކަ އަޅުގަނޑު ދެންނެވިން. މިހާރު ތި ވާހަކަފުޅު ދައްކަވަނީ ރިޕޯޓަކަށް ނޫނޭ. ރިޕޯޓަށް ވާހަކަފުޅު ދައްކަވާށޭ. ދެން ޕީއެންސީއަށް މެންބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަ މިތާގައި ނުވެއް ދެއްކޭނެ. އެއީ ޕާޓީގެ ޖަލްސާއެއް ނޫން ބާއްވައިގެން މިއުޅެނީއެއް. ރައްޔިތުންގެ މަޖިލިސް ހިނގަމުން މިދަނީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދާ ރިޕޯޓަށް ވާހަކަފުޅު ދެއްކެވުމަށް ބާކީ ވަގުތު ފުރުސަތު އަރުވަން.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ޒިޔާދު ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށްބަލާއިރު، ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް ޕީއެންސީގެ މެމްބަރުން ވެސް ޕީއެންސީއަށް ވަގު ފޯމް ހުށަހެޅި ވާހަކަތަަކާއި، އާއްމު ރައްޔިތުންގެ މައުލޫމާތު ވަގަށް ނެގި ވާހަކަތައް ދައްކަވާނެ ކަމަށެވެ.

މިނިވަން މުއައްސަސާއަކަށް މީހަކު އައްޔަންކުރާއިރު އަޅުގަނޑުމެންނަށް އެމިވަންކަމާއި އެޖާގަ ގާނޫނުގައި އެބައޮތްތޯ ނެތްތޯ ބަލަން އެބަޖެހޭ. މިއަދު ހިނގައިގެން އުޅޭ މައްސަލާގައި ވެސް އިލެކްޝަން ކޮމިޝަނުން އަދިވެސް ބަހެއް ނުބުނޭ. ވިދާޅުވާހާ އެއްޗަކީ ހުރިހާ ޕާޓީއަކުން ވެސް އެކަން ކުރޭ. މިމައްސަލައެއް ނުބެލޭނެ. ފުލުހުން ވެސް ނުބަލަން އެނިންމީ. ބައެއްގެ ޒާތީ މައުލޫމާތެއް ވަގަށް ނަގައިގެން މިއުޅެނީ އިއްޒަތްތެރި ރައީސް. މި ވަގަށް މިނަގަނީ ވައްކަންތައް ބެލުމަށް ހަވާލުވެ ހުންނެވި މިނިސްޓަރު. މިކަން ހުރިހާ ރައްޔިތުންނަށް އެނގޭ. މި މަޖިލިސް ހުރިހާ މެންބަރުންނަށް ވެސް އެނގޭ. އެކަން ވަޒީރުކޮށްފައި އޮތީ ގޯސްކޮށްކަން. ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރީ ޕާޓީއަށް މީހުން ވައްދަން. ވަޒީރުންނާއި މެންބަރުންނާ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް ރަށްރަށަށް ގޮސްގެން މީހުން ވެއްދީ. ވަރަށް ގިނަ މީހުން ވެއްދި. އެހެންނަމަވެސް އެވަޒީރުގެ އަތުގައި އެ ބާރާއި އިހުތިޔާރު އޮތަތީވެ އެވަޒީރު ބޭނުންކުރީ އޭގެ ޝޯޓްކަޓް.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މެމްބަރު ޒިޔާދު ވިދާޅުވީ މި ސަރުކާރުގައި މިނިވަން މުއައްސަސާތަކަށް މިނިވަންކަން ނެތް ކަމަށާއި، މަޖިލީހުގެ މެމްބަރުންނަށް ވެސް މިނިވަންކަން ނެތް ކަމަށެވެ. އަދި ވިދާޅުވީ މިނިވަންކަމާއެކު އިންތިޚާބުތައް ވެސް މިގައުމުގައި ނުބޭއްވޭނެ ކަމަށެވެ.

މަޖިލިސްމެންބަރު ހުސެއިން ޒިޔާދު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު