Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންއެފް

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރެވުނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2025 | ހުކުރު 08:14
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ އިސް މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން

ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ އިސް މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ މަގާމުތަކަށް ވަނީ މީހުން އިންތިހާބު ކޮށްފަ އެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރެވުނު އިރު ދެ ނައިބުރައީސުންގެ ގޮތުގައި އިންތިހާބު ވެފައިވަނީ ޔާމިންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. މި މަގާމުތަކަށް އިތުރު ފަރާތަކުން ކުރިމަތި ނުލާތީ 3 ބޭފުޅުން ވެސް ވަނީ ވޯޓަކާއި ނުލާ ހޮވިފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކަށް މުހައްމަދު މަލީހު ޖަމާލް އަދި ޓްރެޝަރަރ އަކަށް އަހުމަދު މުސްތަފާ ވަނީ ވޯޓަކާއި ނުލާ އިންތިހާބުވެފަ އެވެ. ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އިންތިހާބުވީ އަލީ ޝިއާން އެވެ. ޕާޓީގެ ސެނެޓަރުންގެ ގޮތުގައި 14 ބޭފުޅަކު ވަނީ އިންތިހާބު ކޮށްފަ އެވެ.

1 އަހަރުގެ މުއްދަތަކަށް ސެނެޓަށް އައްޔަން ކުރެވުނު ފަރާތްތައް

  • އާާދަމް އާސިފް
  • ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު
  • އަބްދުއް ސަމަދު
  • ޝަރީފާ ސައީދު
  • ހަލީމަތު ޒުހެއިރާ
  • އަލީ ޝާހު
  • ނާއިފު ޝައުކަތު
  • ފާތިމަތު ރަހުމާ
  • އަބްދުއް ލަތީފު
  • އަދްލީ އިސްމާއިލް
  • ޝަހީލު އަދީލު ޖަލީލު
  • މައިޒަރު އާދަމް
  • ޑރ. އަބްދުﷲ އިބްރާހިމް
  • އައިޝަތު ހަފީޒު
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން

28 ނޮވެމްބަރު 2025
ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
15 ނޮވެމްބަރު 2025

ޔާމީންގެ އަމިއްލަ ގެކޮޅުގެ ބެލްކަންޏަށް ނެރުނު ހުސް ގޮނޑިއަށް ގިނަ ބައެއްގެ ސަމާލުކަން

15 ނޮވެމްބަރު 2025
ޔާމީންގެ އަމިއްލަ ގެކޮޅުގެ ބެލްކަންޏަށް ނެރުނު ހުސް ގޮނޑިއަށް ގިނަ ބައެއްގެ ސަމާލުކަން
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
31 އޮކްޓޯބަރު 2025

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު