Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕަބްލިކް ޓްރާސްޕޯޓު ހަރުދަނާ ކުރުން

ޓްރެފިކްގެ މައްސަލަތަކަށް ހައްލު ގެނައުމަށް ޕަބްލިކް ޓްރާންސްޕޯޓު ހަރުދަނާ ކުރަންޖެހޭ: މޭޔަރު އާޒިމް

މާލެސިޓީގައި ވެހިކަލްތައް ދަނީ ގިނަވަމުން، މައްސަލަ ވަނީ އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 14:06
ފަސްކާފު ޕްރޮގްރާމްގައި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ފަސްކާފު ޕްރޮގްރާމްގައި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

މާލެސިޓީގައި ޕަބްލިކް ޓްރާސްޕޯޓު ހަރުދަނާ ކުރަންޖެހޭ ކަމަށާއި، މި ނިޒާމު ހަރުދަނާ ނުކޮށް ޓްރެފިކްގެ މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީގައި ވެހިކަލްތައް ގިނަ ވަމުންދާ ދިޔުމުގެ ސަބަބުން މައްސަލަތައް ވަރަށް ގިނަ ކަމަށާއި، މިމައްސަލަތައް ހައްލު ކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ. އަދި މިމައްސަލަތައް ކުރިމަތިވެފައިވަނީ އެންމެ އަހަރަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާލެއަކީ ގިނަ ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން އަންނަ ރަށް ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ތަރައްގީއާއެކު މާލެސިޓީއަށް ގިނަ ބަޔަކު އަންނާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ސިނަމާލެ ބްރިޖުގެ އިތުރުން އިތުރު ބްރިޖެއް ގާއިމްކުރަމުންދާއިރު، ވެހިކަލްތައް ދުއްވާ މިންވަރު އިތުރުވާނެ ކަމަށާއި، 2 ފުރޮޅުލީ ވެހިކަލްއާއި، 4 ފްރޮޅުލީ ވެހިކަލްތައް އިތުރުވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު ވެސް ޓްރެފިކްގެ މައްސަލަ ބޮޑު ކަމަށާއި، ވަރަށް ބޮޑަށް ތޮއްޖެހުމުންދާ ކަމަށެވެ. ވެހިކަލްތައް ގިނަ ކަމަށާއި، ވެހިކަލްތައް ގެނައުން ކޮންޓްރޯލް ނުކޮށް ހައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިމައްސަލަތައް ހައްލު ކުރުމަށް މާލެސިޓީގައި ޕަބްލިކް ޓްރާސްޕޯޓު ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ގަޑިއަށް އެއްތަނުން އަނެއްތަނަށް ދެވޭނެ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގެނެވިއްޖެ ކަމަށްވާނަމަ ގިނަ މީހުން އަމިއްލަ ވެހިކަލް ގެނައުން ވަރަށް ބޮޑަށް މަދުކުރާނެ ކަމަށާއި، އަމިއްލަ ވެހިކަލް ދުއްވުން ވެސް މަދުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޓްރެފިކްގެ މައްސަލަތައް މަގުމަތީގެ މައްސަލަތައް ހައްލު ކުރުމަށް ވަގުތުކޮޅެއް ނަގާނެ ކަމެއް އަޅުގަނޑު ގަބޫލުކުރަނީ. މިހާރު ވިސްނުންތެރިކަމާއެކު އެކަން ކުރާ މީހަކު ނުއެއްބުނާނެ އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ހައްލުކުރާނެއެކޭ. މިއީ އެއްއަހަރުން ވެފައި ހުރި ކަމެއް ނޫން. މިއީ އެތައްއެތައް އަހަރެއްގެ ބޮޑު މައްސަލައެއް.އަދި ކުރިއަށް އޮތްތަނުގައި މިމައްސަލަތައް އިތުރަށް ބޮޑުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެއީ އިތުރު ބްރިޖެއް އެބަ އާދޭ. އެބްރިޖް އައުމުން އެތަންތަނަށް ދާ މީހުން ގިނަވާނެ. މާލެ މި ރަށަކީ ގިނަ ޚިދުމަތްތައް ހޯދުމަށް މިހާރުވެސް އެގޮތަށް އަންނަ ތަނެއް. އޭގެ ތެރޭގައި ޕަބްލިކް ޓްރާސްޕޯޓު ހަރުދަނާ ކުރަންޖެހޭ. ޕަބްލިކް ޓްރާސްޕޯޓަކީ މިކަމަށް އޮތް އެއް ހައްލު. ޔަގީންކަމާއެކު ގަޑިއަށް އެއްތަނުން އަނެއްތަނަށް ދެވޭނެ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގެނެވިއްޖެ ކަމަށްވަންޏާ ގިނަ މީހުން އަމިއްލަ ވެހިކަލް ގެނައުން ވަރަށް ބޮޑަށް މަދުކުރާނެ
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެސިޓީގައި ވެހިކަލް ދުއްވާނެ އަދަދު ކަނޑައެޅުމުގެ މަސައްކަތައްކުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އަދަދު ކަނޑައެޅުމުން ވެހިކަލް އެތެރެކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

އެމަސައްކަތް އިސްލާމިކް ޔުނިވަރސިޓީ އާއި ގުޅިގެން އެމަސައްކަތް މިކުރިއަށްދަނީ. ގާތްގަނޑަކަށް ނިމުމުގެ މަރުހަލާގައި މިހާރު އުޅެނީ. އޭރު ޓްރާސްޕޯޓު މިނިސްޓަރާ ވާހަކަދައްކައިގެން އަޅުގަނޑުމެން ވާހަކަ ދައްކައިގެން އެއަށް ކޮމެންޓް ހޯދައިގެން އެ އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ފަށައިގަންނާނަން. އެކަމަކު ކެރީން ކެޕޭސިޓީ ކަނޑައަޅާއިރު، ދުއްވޭ އަދަދު ކަނޑައަޅާއިރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓެއް އޮންނަން ޖެހޭ. އެއީ ޓެކްސީ ލައިނެއް ވިޔަސް ބަސް ވިޔަސް އަދި ޓްރެއިން ވިޔަސް މިޕްލޭން ކުރެވި އެ އަންނަންޖެހޭ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިމަސައްކަތްތައް ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި މަޝްވަރާކުރެވިގެން ކަމަށާއި، ވަރަށް ބޮޑު އެއްބާރުލުމެއް މިނިސްޓްރީން ދޭ ކަމަށެވެ. އަދި ގުޅިގެން މަސައްކަތްތައް ކުރެވޭނަމަ ދުރު މުސްތަގު ބަލަކަށް ރަނގަޅު ނިޒާމެއް ގެނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް ޢާޒިމްޓްރެފިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު