Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މާކޯ ރޫބިއޯ

ރޫބިއޯ ސްޓޭޓް ސެކްރެޓަރީގެ ހައިސިއްޔަތުން މެދުއިރުމަތީގެ ފުރަތަމަ ދަތުރުގައި ތެލް އަވީވް އަށް

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މި ދަތުރު ކުރައްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި، ޣައްޒާގެ ފަލަސްޠީނުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުށަހެޅުމަށް ފުޅާ ދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 07:34
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ، މަގާމުގެ ހައިސިއްޔަތުން މެދު އިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުގައި އިސްރާއީލުގެ ވެރިރަށަށް ވަޑައިގެންފިއެވެ.

މާކޯ ރޫބިއޯ އިސްރާއީލަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މި ދަތުރު ކުރައްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި، ޣައްޒާގެ ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުށަހެޅުމަށް ފުޅާ ދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ފުރަތަމަ މި ހުށަހެޅުން ހުށަހެޅުއްވީ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. އެއީ ޣައްޒާ ހުސްކުރުމަށް މިޞްރާއި އުރުދުން އިން ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ބަލައިގަތުމަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ. މި ދެ ޤައުމުންވެސް މިކަމާ ހަރު އަޑުން ދެކޮޅު ހަދާފައިވެއެވެ.

ފެބްރުއަރީ 4 ވަނަ ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވޮޝިންގްޓަންގައި ބައްދަލުކުރެއްވުމަށްފަހު، ޓްރަމްޕް ވަނީ މުޅި ދުނިޔެ އަށް ހައިރާންކަން ގެނުވި މި ހުށަހެޅުން ހާމަ ކުރައްވާފައެވެ. އެއީ، ޣައްޒާގެ ރައްޔިތުންނަށް ހަމަ ޖެހޭ ދިރިއުޅުމެއް ހޯއްދަވައިދެވުން ބޭރުފުށުން ދެއްކެވުމަށް ފަހު، އެތަނުގެ 2.2 މިލިއަން ފަލަސްތީނު މީހުން އަވަށްޓެރި ގައުމުތަކުގައި ވަޒަންވެރިކޮށް، އެމެރިކާއިން ފަލަސްތީނުގެ ކަނޑުގެ އައްސޭރި ސަރަޙައްދު ކޮންޓްރޯލްކޮށް، މިލްކުވެރިކަން ހޯދައި، އެ ސަރަޙައްދު "މެދުއިރުމަތީގެ ރިވިއެރާ" އަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ހުށަހެޅުއްވި ހުށަހެޅުމެކެވެ.

އެންމެ ބޮޑު ހައިރާން ކަމެއް ދުނިޔެއަށް ލިބުނީ، ފެބްރުއަރީ 10 ވަނަ ދުވަހު، އޭނާގެ މި ޕްލޭންގެ ދަށުން ފަލަސްތީނު ރައްޔިތުންނަށް ޣައްޒާ އަށް އެނބުރި އައުމުގެ ޙައްޤު ނުލިބޭނެކަމަށް ވިދާޅުވުމާ އެކުގައެވެ.

އެމެރިކާގެ ރައީސްގެ މި ބަސްފުޅުތަކުން ފަލަސްތީނު ރައްޔިތުންނަށް އިތުރު ނުތަނަވަސްކަން ލިބިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ އުއްމީދު އަނެއްކާވެސް ފަނޑުވެ އެމީހުންގެ އަސްލު ވަޒަނުން ބޭރުކޮށްލަފާނެ ކަމުގެ ކަންބޮޑުވުމެވެ.

ފާޑު ކިޔާ ފަރާތްތަކުން ރައީސް ޓްރަމްޕްގެ މި ހުށަހެޅުއްވުން ސިފަ ކޮށްފައިވަނީ ނަސްލު ނައްތާލުމާ އެއްފަދަ އަމަލެއްގެ ގޮތުގައެވެ.

އެމެރިކާގެ އެންމެ ގާތް މިތުރުގެ ގޮތުގައި ބެލެވޭ އިސްރާއީލުގެ ސިފައިންގެ ޣައްޒާއަށް ފާއިތުވެ 16 މަސްދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި ދެމުންދިޔަ ހަމަލާތައް، މިހާރު ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި 47,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނެއެވެ.

މިކަމުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާ ތަކުގެ އެތައް ކުށެއްގެ ތުހުމަތުތައް ކުރެވެމުންދެއެވެ.

މާކޯ ރޫބިއޯ އިޒްރޭލްޑޮނަލްޑް ޓްރަމްޕްފަލަސްޠީނު ރައްޔިތުންޣައްޒާބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު