Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސީ ޚިދުމަތް

ރައީސް މުއިއްޒުގެ ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ދެމުން އެ ގެންދަނީ ބޮޑު އަނިޔާއެއް ނޫންތޯ އެވެ!؟

ޒަމާނުއްސުރެ ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަދެ، އެމީހުންގެ ވިޔަފާރިއަށް ސަރުކާރުން ގެންދަނީ ހުރަސް އަޅަމުން ކަމަށް އެމީހުން އެ ދަނީ ކެނޑިނޭޅި ބުނަމުންނެވެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2025 | ހޮނިހިރު 12:53
''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

"ޓެކްސީ ޑްރައިވަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މި ސަރުކާރުން ދެމުން އެ ގެންދަނީ ބޮޑު އަނިޔާއެއް"

މިއީ ޒަމާނުއްސުރެ ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ބަހެވެ. އެ ފަރާތްތަކުގެ ކަންބޮޑުވުމާއި އުދާސްތަކެވެ.

ކަންމިހެން ހުރި ނަމަވެސް ރައީސް މުއިއްޒުގެ މި ސަރުކާރުން މިކަމަށް ދީފައި ވަނީ ބީރުކަފަންތެކެވެ. ޓެކްސީޑްރައިވަރުންގެ އާދޭހުގެ އަޑު މި ސަރުކާރުން އަހާކަށް ބޭނުމެއް ވެސް ނުވިއެވެ.

އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމާއި އާދޭސް މި ސަރުކާރަށް އަޑުއިއްވާފައި ވަނިކޮށް، ސަރުކާރުން "އީވީ ޓެކްސީ ލައިން" އެއް ފަށަން ނިންމުމެވެ. މި ސަރުކާރުން މިހާރުވަނީ އެ ޚިދުމަތް މާލެ ސަރައްދުގައި ދޭން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ ހަވާލުވެސްކޮށްފައެވެ. ހިދުމަތް ދޭން އެމްޓީސީސީ އާ ސަރުކާރުން ހަވާލުކޮށްފައި ވަނީ މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

މިހާ ހިސާބުން އެނގި ސާފުވިކަމަކީ ޒަމާނުއްސުރެ ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ޑްރައިވަރުންގެ އާދޭސްތަކަށް މި ސަރުކާރުން ކުޑަވެސް އަހައްމިޔަތުކަމެއް، ސަމާލުކަމެއް ނުދިންކަމެވެ.

ޓެކްސީ ޑްރައިވަރުން އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ އެ މަސައްކަތަށް ހުރަސް އަޅައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ނިކަމެތިކަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނާއި އެ ޚިދުމަތްދެމުން އަންނަ ޓެކްސީ ސެންޓަރުތަކަށް އޮތް ޑިމާންޑް ބޮޑުތަނުން ކުޑަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

" މި ސަރުކާރުން އަހަރެމެންނަށް ވަރަށް ބޮޑު އޮޅުވާލުމެއް އެ އޮޅުވާލީ. އެންމެ ފުރަތަމަ އެ ވާހަކަތައް ދެކެވުނު ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން އަޅުގަނޑުމެންގާތު ބުނެފައިވަނީ މިކަން ފަށާނީ ވަރަށް ފުރިހަމަކޮށް ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ތެރެއިން ކަމަށް. މިއީ ޚުދު ޓްރާންސްޕޯޓް މިނިސްޓަރ އަމީން އަޅުގަނޑުމެންގެ އެ ބައްދަލުވުމުގައި ވިދާޅުވި ބަސްފުޅެއް. އެހެން ނަމަވެސް މިކަން މިހާހިސާބަށް ދިއައިރު، ބައްދަލުވެސް ކޮށްނުލާ، އަދި ލަފައެއްވެސް އަހާ ނުލައި މިފަދަ ނިންމުމެއް އެ ނިންމެވީ. މިއީ އަޅުގަނޑުމެން ޑްރައިވަރުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް. އަދި ވަރަށް ދެރަވާކަމެއް"
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިއީ ސަރުކާރުގެ އެ ނިންމެވުމާއި ގުޅިގެން ޑްރައިވަރސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުމެވެ. އަދި މުޅި ހުރިހާ ޓެކްސީ ޑްރައިވަރުންނާއި އެ ފަރާތްތަކުގެ އާއިލާތުކުގެވެސް ކަންބޮޑުވުމެވެ.

ޓެކްސީ ޑްރައިވަރުންގެ ކަނބޮޑުވުން އިންތިހާއަށް އޮތްއިރު، ރައީސް މުއިއްޒުގެ މި ސަރުކާރުން ބުނަމުން ގެންދަނީ މިއީ ރާއްޖޭގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ފަރާތްތަކަށް މިކަމުން އެއްވެސް އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިވާނޭ ކަމެއް ނޫންކަމަށެވެ. އެގޮތުން ސަރުކާރުގެ "އީވީ ޓެކްސީ ލައިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ފެށުމަކުން މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ފަރާތްތަކަށް ވާނީ ފައިދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ޓެކްސީގެ ހިދުމަތަކީ މިހާރު އާންމުންގެ އަސާސީ ބޭނުމަކަށް ވާތީ، އެ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން މިފަދައިން ވިދާޅުވެފައިވާއިރު، އެކަމަށް ރައްދުދީ ޑްރައިވަރސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ މި ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމުމަކީ މާލެ ސަރަހައްދުގައި އެ ހިދުމަތް ދެމުން އަންނަ ޓެކްސީ ޑްރައިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކާއި ކަންބޮޑުވުމެއް ކަމަށެވެ. އަދި ޒަމާނުއްސުރެ، ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ތަކާއި ޓެކްސީ ސެންޓަރުތަކުން ދިގު މުއްދަތަކަށް ކުރި ބޮޑެތި އިންވެސްޓްމަންޓު ތައް ހުއްޓުވާލުންކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުން ބިކަކޮށް އިނދަޖައްސާލުންކަމަށެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން އީވީ ޓެކްސީ ލައިނެއް ފަށަން ނިންމުމާއި އެކު، ޓެކްސީ ޑްރައިވަރން ވަނީ އެކަމަށް އަޑުއުފުލާ މުޒާހަރާއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް ހުޅުމާލެ ރުއްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ފުލުހުން ވަނީ ގިނަ ޓެކްސީ ތަކެއް ޓޯކޮށް، ބައެއް ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން 3 މީހަކަށް ދައުވާކުރަން ވެސް މިހާރު ވަނީ ފޮނުވާފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ދައުވާއެވެ.

މިއީ އެއްވެސް ކުށެއް ނެތި ޤާނޫނުން ލިބިފައިވާ ހައްޤެއްގެ ބޭނުން ކުރިކުރުމަކަށް ލިބެމުންދާ އެއްވެސް އިންސާފެއް ނެތް އަނިޔާއެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.

މަންޒަރު ވަރަށް ސާފެވެ. ކުރަން އުޅޭކަންތައް ވެސް އެންމެންނަށް އެނގި ސާފުވެއްޖެއެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުގެ މި ރޭވުމަކީ ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ހުއްޓުވާލުމެވެ. އަދި އެފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަށް ހާލުގައި ޖައްސައި ބިކަކޮށްލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު