ގިނަ ދުވަސްތަކެއް ވަންދެން މާލޭގެ ޕާކްތަކާއި މައިޒާންތަކާއި މޫދަށް އެރޭ ސަރަހައްދުތައް މަރާމާތުނުކޮށް ހުރުމުން، ރޯދަމާއި ދިމާކޮށް އެ މަސައްކަތް މޭޔަރު އާދަމް އާޒިމްގެ ބެއްލެވުމުގެ ދަށުން ސިޓީ ކައުންސިލުން ފެށުމާއެކު އެކަމުގެ ކްރެޑިޓް ނެންގެވުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފިއެވެ.
ރޯދައަށް މާލެ ޒީނަތްތެރިކޮށް، އާންމުން އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި މޫދަށް އެރޭ ސަރަހައްދުތައް ސާފުކޮށް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. އަދި އެކަން އިއުލާނުކޮށް މަސައްކަތް ފެށިގެން ކުރިއަށްދަނިކޮށް ރައީސް މުއިއްޒު ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށާއި، މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އެތަންތަނުގެ މަރާމާތެއް ނުކޮށް ހުރިހާ އާރާއި ބާރު އޮތް އިރު މަސައްކަތް ނުކޮށް މިއަދު ސިޓީ ކައުންސިލުން އެކަން ކުރާތީ ރައީސް ގެންދަވަނީ އެކަމުގެ ކްރެޑިޓް ނަންގަވަންކަމަށް ގިނަ ބަޔަކު އަންނަނީ ރައީސްގެ މި ޕޯސްޓާއި ގުޅިގެން ވިދާޅުވަމުންނެވެ.
ރައީސް މުއިއްޒު 2012ން 2018ށް ހުންނެވީ ހައުސިންގ މިނިސްޓަރުކަމުގައެވެ. އެއިރު މިނިސްޓަރުކަމުގައި ހުންނެވި އިރު މާލޭގެ ހުރިހާކަމެއް އެމަނިކުފާނު ބެއްލެވުމުގެ ދަށަށް ގެނެސް އެއިރު މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު މެޖޯރިޓީ އޮތުމުން އޮތީ މުޅިތަން ޕެރެލައިޒްކޮށްލާފައެވެ. 2021ން 2023ށް ހުންނެވީ މާލެ ސިޓީގެ މޭޔަރުކަމުގައެވެ. މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތުކުރާނެ ލާރިއެއް ނެތްކަމަށް ވިދާޅުވެ އެއިރު ވާހަކަ ދެއްކެވި އިރު މިހާރު ސަރުކާރުގައި ތިބި އިސް ފަރާތްތައް ސިޓީ ކައުންސިލަށް ބޮޑު މުސާރައިގެ މީހުންތައް ނަގާ، އަގުބޮޑު ހަފްލާތައް ބާއްވަމުން ގެންދިޔައެވެ. އަދި ނުވިތާކަށް މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔަ އިރުވެސް މިއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
ސަލްޓަންޕާރކް - 2016 ގައި ހުޅުވި ފަހުން އެއްވެސް މަރާމާތެއް ކޮށްފައި ނުވާތީ، ޕާކުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވާން ފަށާފައެވެ. އެހެންކަމުން އެތަނުގެ އެސެސްމެންޓެއް ކައުންސިލުން މިވަނީ ހަދާފައެވެ. pic.twitter.com/CofzAgc0bT
— Malé City Council (@MaleCitymv) February 10, 2025
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ސަލްޓަންޕާކު މަރާމާތު ނުކުރާ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ވަޑައިގެންނެވި އިރު އެތަން އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި، އެހެންކަމުން އެތަންތަނުގެ އެސެސްމަންޓް ހަދާ އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އެތަނުގެ ދަނގަޑުތަކާއި އެއްޗެހި ދަބަރު ޖަހާ އެތަނަށްދާ މީހުންނަށް އަނިޔާވާ ވަރަށް ހުރީ ހަލާކުވެފައި. އެތަނުގައި ހުރި ސިޑިބަރިތަކާއި ލަކުޑިތައް ހަލާކުވެ ކުދިންނަށް އަނިޔާވާގޮތަށް ހުރީމާ އެތަންތަން ބަންދުކޮށްފައި ހުންނާނީ. މިއަދު ނޫނީ މާދަމާ މި އުލާންކޮށްލަނީ އެތަން ހަދަން. މިދިޔަ ހަފްތާގައި ޓްވީޓްކޮށްފައި އިންނާނެ އެތަނުގެ އެސެސްމަންޓް ހަދާ މި ހަފްތާގައި އެތަން ހަދަން ބަޔަކު ހޯދަން އިއުލާންކުރާނެ ވާހަކަ. ދެން އަޅުގަނޑު ވަރަށް ހިތާމަކުރަން ރައްޔިތުންނަށް އޮޅޭގޮތަށް ރައީސް އެގޮތަށް ކަންކަން ކުރައްވާތި.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް![]()
އާޒިމް ވިދާޅުވީ ރަސްފަންނު ބީޗް އެއްކޮށް ގިރައިގެން ގޮސް ހަލާކުވެފައިވާ ކަމަށެވެ. އަދި އެތަނުގެ އެސެސްމަންޓް ހަދާ ޗަކަތައް ނަގައި އެތަން މަރާމާތުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ދެން އެތަނުގައި ހުރި ބައެއް ހަޓްތައް ހަލާކުވެފައިވާ ވާހަކަ ވިދާޅުވީ. ހަޓްތައް އެއީ އެމްޓީސީސީއާއި ހައުސިންގ މިނިސްޓްރީއާއި ދޭތެރޭގައި އޮތް ކޮންޓްރެކްޓްގެ ދަށުން ކުރަންޖެހޭ ކަމެއް. އެބޭފުޅުންނަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނުކުރެވި އޮތީ. އަޅުގަނޑުމެން މިހާރު އެމްޓީސީސީއާއި ވާހަކަ ދައްކައިގެން އެ ކޮންޓްރެކްޓް އަޅުގަނޑުމެން ދަށަށް ބަދަލުކޮށްފިން. މިދިޔަ ހަފްތާގައި ކޮންޓްރެކްޓް ބަދަލުކޮށްފައި އެމްޓީސީސީއަށް ސިޓީއެއް ފޮނުވާފައިވާނެ ކޮންޓްރެކްޓް އަޅުގަނޑުމެން ދަށަށް ބަދަލުކޮށްފައިވާނެއޭ ކިޔާފައި. އެހެންވީމަ މިހާރު އެތަނުގެ މަރާމާތުގެ މަސައްކަތްތަކަށް ތައްޔާރުވަމުން މިދަނީ. އެހެންވީމަ ހުރިހާކަމެއް އަޅުގަނޑުމެން ކޮށް ނިންމާފައިވަނީ. ދެން މަސައްކަތް ފަށާ ނިމުމުގެ ކުލަވަރު ފެންނަން ފެށީމާ އެގޮތަށް އެހެން ވިދާޅުވީމާ ހިތާމަކުރަން ހާއްސަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީމާ. އެބޭފުޅާއަކީ ކަންކަމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭން ހުންނަ ބޭފުޅާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް![]()
އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންކަން އެ ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓަކުންނާއި، މީޑިއާތަކުން ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިވާގޮތަށް ހުރި ކަންކަން ހައްލުކުރުގެ މަސައްކަތް ސިޓީ ކައުންސިލުންކުރަމުން އަންނަކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި އަލުން ގައުއަތުރާ ރަނގަޅުކުރަމުންދާ މަންޒަރު މާލޭގެ ރައްޔިތުންނަށް ފެންނާނެ. މާލޭގެ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާނެ ކަމެއް ނެތް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިޔަސް އެހެން މީހެއްވިޔަސް. މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ތަންދޮރު އޮޅުންފިލާ ކަންކަން ބަލާ ލިޔަންކިޔަން ދަންނަ ހަރުދަނާ ރައްޔިތުންތަކެއް. އެހެންވީމާ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އެނގޭނެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް![]()
ހުކުރު ދުވަހު ހެނދުނު ރައީސް މުއިއްޒު ކުރެއްވި ޓްވީޓާއެކު އެމަނިކުފާނު ހޫނުފެނަށް ވެއްޓިފައިވާއިރު، ރަސްފަންނަކީ އެމްޓީސީސީއާއި ހަވާލުކޮށްފައި އިންތަނެކެވެ. އަދި އެތަނުގައި އިންނަ ކިއޮސްކް ހިންގަން ހަވާލުކޮށް، ރަސްފަންނުގެ އާބާތުރަ ފިލުވާ އެތަން ބަލަހައްޓަން ހަވާލުކޮށްފައި އޮންނަނީ އެމްޓީސީސީއާއެވެ. މިވީ އެއް އަހަރު ތެރޭގައި އެތަނުގެ މަރާމާތުކޮށްފައި ނުވާއިރު، ވެރިކަން ބަދަލުވެ އެމްޓީސީސީ ގައި ހުންނެވީ ރައީސް މުއިއްޒު އައްޔަންކުރެވި ފަރާތަކެވެ. އެމްޓީސީސީން އެތަނުގެ މަރާމާރު ނުކުރުމަކީ ރައީސް މުއިއްޒު އިތުބާރުކުރައްވާ އައްޔަންކުރެއްވި ވެރިއެއްގެ ފެއިލްވުންކަމުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ރަސްފަންނާއި ސަލްޓަން ޕާރކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
— Malé City Council (@MaleCitymv) February 14, 2025
މާލޭ ސިޓީ ކައުންސިލުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައެވެ.
2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން…
އެގޮތުން ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނަގައި އެމަނިކުފާނު އަމިއްލައަށް ނަންގަވައި، މޭޔަރުކަމުގައި ހުންނަވާ އެއްވެސް ކަމެއް ނުކޮށް، ވެރިކަމުގައި ދޮޅު އަހަރުވެގެންދާއިރުވެސް މިއިންކަމެއް ނުކޮށް ސިޓީ ކައުންސިލުން މި މަސައްކަތް ފެށުމާއެކު އެކަމުގެ ކްރެޑިޓް ނެންގެވުމަށް މަސައްކަތް ފަށާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.