Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިލޭ ޑިގުރީ ސްކީމް

"ހިލޭ ޑިގުރީ ތައާރުފް ކުރުން – އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއް ކަންތައް"

14 ފެބުރުއަރީ 2025 | ހުކުރު 12:20

ހިލޭ ޑިގުރީ ސްކީމްގެ ސަބަބުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔަ

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2025 | ހުކުރު 12:20
2022 ވަނަ އަހަރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ގްރެޖުއޭޝަންގެ ތެރެއިން

2022 ވަނަ އަހަރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ގްރެޖުއޭޝަންގެ ތެރެއިން

ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައި ހިލޭ ޑިގުރީ ޕްރޮގްރާމަކީ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވާ ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"މިއަދަކީ، 6 އަހަރު ކުރިން، އަޅުގަނޑުމެން ހިލޭ ޑިގުރީ ސްކީމް ތަޢާރަފުކުރި ދުވަހެވެ. މި ސްކީމްގެ ސަބަބުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ." ހުކުރު ދުވަހު އެކްސް ގައި ރައީސް ސޯލިހް ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމުން ވަކިވިއިރު، 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އަދި 8،500 ދިވެހި ޒުވާނުން މި ޕްރޮގްރާމްގެ ދަށުން އެމީހުންގެ ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ ކަމުގައެވެ.

"ތަޢުލީމަކީ އެންމެންނަށް ހަމަހަމަކަން ގެނެސްދޭ އެއްޗެކެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށްދިއުމަށާއި ޤައުމު ބިނާކުރުމަށް ފުރުޞަތުތައް ހުޅުވައިދެއެވެ. މި ޕްރޮގްރާމްގެ ކާމިޔާބީއަކީ މިކަމުގެ ހެއްކެކެވެ."

ރައީސް ސޯލިހް ހިލޭ ޑިގުރީ ސްކީމު ލޯންޗުކޮށްދެއްވީ 14 ފެބްރުވަރީ 2019 ގައި އެމްއެންޔޫގަ ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

އެމްޑީޕީ ސަރުކާރުގެ ވެރިކަން ނިމުމަކަށްއައިއިރު، މި ސްކީމުން 19191 ދަރިވަރުންނަށް ފުރުޞަތު ވަނީ ފަހިކޮށްދެވުނު. އަދި 9800 އަށްވުރެ ގިނަ ދަރިވަރުން ކިޔެވުން ފުރިހަމަކޮށް ފުރަތަމަ ޑިގުރީ ޙާޞިލު ކޮށްފައިވެއެވެ.

އެމްޑިޕީ ސަރުކާރު ނިމުނުއިރު މި ސްކީމްގެ އެޕްލިކޭޝަނާއި ޕޭމަންޓްގެ ހުރިހާ މަސައަކަތްތަކެއް ހުރީ ޑިޖިޓަލައިޒްކުރެވިފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ސްކީމް ފެށިގެން އައިއިރު އެންމެ ފުރަތަމަ ފައިސާ ދެވުނީ ދަރިވަރުން ތަޢުލީމު ޙާސިލު ކުރަމުންދިޔަ މަރުކަޒަށް ކަމުގައިވިޔަސް، ފަހުން ފައިސާ ދެވެމުން ދިޔައީ ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ދަރިވަރުންނަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހިލޭ ޑިގްރީ ޕްރޮގްރާމް އިފްތިތާހު ކުރެއްވުމާއިއެކު، އެ މަސައްކަތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ދެއްވި އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން އެކްސް ގައި ރައީސް ސާލިހު މިއަދު ކުރެއްވި ޕޯސްޓް ރި-ޕޯސްޓް ކުރައްވާ މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވަނީ ހިލޭ ޑިގްރީ ޕްރަގްރާމަށް ހަ އަހަރު ފުރުމާ ގުޅިގެން ރައީސް ސާލިހަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނަށް އިތުބާރު ކުރައްވާ އެ މަސައްކަތް ހަވާލު ކުރެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ސްކީމުގެ ސަބަބުން ދިވެހި ކިޔަވާކުދިންނަށް ރާއްޖޭގައި ތިބެގެން ޚަރަދު ކުޑަކޮށް ޑިގުރީ ފެންވަރަށް އުގެނުމުގެ ފުރުޞަތު ފަހިވެގެންދިއުމުގެ އިތުރުން ތަޢުލީމީ ޖީލެއް ބިނާކުރުމުގެ މުހިންމު ބިންގާ އެޅިގެންދިޔަ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެއެވެ.

ހިލޭ ޑިގުރީ ޕްރޮގްރާމްގައި ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި ހުރިހާ ޕްރައިވެޓް ކޮލަޖަކުން ބައިވެރިވެ، ދިވެހި ޒުވާނުންނަށް ޑިގުރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.

ކޮވިޑްގެ ލޮކްޑައުންގައި ވެސް މި ސްކީމުގެ ސަބަބުން އެތައް ޒުވާނުންތަކަކަށް، ބުރުލެއް އެރުމެއްނެތި، ތަޢުލީމު ހޯދުމުގެ ފުރުސަތު ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް