Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައިޑް އެންޑް ވިން ޕްރޮމޯޝަން

އަވަސް އެޕް އިން ކުރިއަށް ގެންދާ "ރައިޑް އެންޑް ވިން"ގެ ފުރަތަމަ ނަސީބުވެރި ފަރާތްތައް ހޮވައިފި

ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ "އައިޕޯން 16 ޕްރޯ"

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 ފެބުރުއަރީ 2025 | ބުދަ 08:24
އަވަސް އެޕް ގެ "ރައިޑް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަވަސް އެޕް ގެ "ރައިޑް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ޓެކްސީ ހިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ހަލުވިކަމާއެކު ދެމުން އަންނަ "އަވަސް ރައިޑުގެ ޚާއްސަ ''ރައިޑް އެންޑް ވިން" ޕްރޮމޯޝަންގެ އެންމެ ފުރަތަމަ މަންތްލީ ގިވް އަވޭގެ ނަސީބުވެރިން ހޮވައިފިއެވެ.

އަވަސް ރައިޑުން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އަވަސް އެޕް ބޭނުންކުރާ ކަސްޓަމަރުންނާއި ޓެކްސީ ޑްރައިވަރުންވެސް ހިމަނައިގެން މަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ.

އަންގާރަ ދުވަހުގެ ރާއްޖެ ޓީވީ ސްޓޫޑިޔޯ ގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހޮވާފައި ވަނީ ކަސްޓަމަރުންގެ ތެރެއިންނާއި އަދި ޑްރައިވަރުންގެ ތެރެއިން ''ރައިޑް އެންޑް ވިން"ގެ އެންމެ ފުރަތަމަ ގިވް އަވޭގެ ނަސީބުވެރިންނެވެ. އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ "އައިޕޯން 16 ޕްރޯ" އެންމެ ފަހުގެ ފޯނެކެވެ. ނަސީބުވެރި ދެފަރާތައް ވެސް މި އިނާމް ލިބޭނެއެވެ.

އަވަސް އެޕްއިން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން ގިވްއަވޭ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ އެޕް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ މަހަކުވެސް އެއްފަހަރު އެތައް އަގުހުރި އިނާމުތަކެއް ހިމަނައިގެންނެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަވަސް އެޕް ބޭނުންކުރާ ކަސްޓަމަރުންނާއި ޓެކްސީ ޑްރައިވަރުން ހިމަނައިގެންނެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، އަވަސް އެޕް މެދުވެރިކޮށް ދަތުރެއް ފުރިހަމަ ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، އަވަސް އެޕުން ދަތުރު ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި މަހަކު އެއްފަހަރު ގިވް އަވޭސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ގިނައިން އެޕް ބޭނުންކުރާ ފަރާތްތަކަށް އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.

އަވަސް އެޕުން މިހާރު އަވަސް ރައިޑުގެ ހިދުމަތުގެ އިތުރުން، އަވަސް ބައިޓްސްގެ ނަމުގައި ފުޑް ޑެލިވަރީ އަދި އަވަސް އެކްޕްރެސްގެ ނަމުގައި ޕެކޭޖް ޑެލިވަރީ ސާވިސް ވަނީ ތައާރަފު ކޮށްފަ އެވެ.

މި ކެމްޕެއިންގެ މައިގަޑު މަގްސަދަކީ އަވަސް އެޕް ބޭނުންކުރާ ކަސްޓަމަރުން އިތުރުކުރުމާއި، އެޕް މިހާރު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން އަލަށް އެޕް ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިން ކަމަށް އަވަސް އެޕުން ބުނެ އެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތްދެމުންގެންދާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އަވަސް ރައިޑް އިތުރު ހިދުމަތްތަކާއެކު އަވަސް އެޕަށް ބަދަލުކޮށް 2،000 އަށް ގިނަ ޑްރައިވަރުންނާއި، އެތައް ސަތޭކަ ހާސް ކަސްޓަމަރުންނާއިއެކު "އަވަސް ރައިޑް" ރީބްރޭންޑުކޮށް، "އަވަސް އެޕް" އަށް ބަދަލުކޮށް ''ރައިޑް އެންޑް ވިން" ގެ ނަމުގައި ގިވް އަވޭގެ ނަމުގައި ބޮޑު ކެމްޕެއިނެއް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މި ބަދަލާއެކު ކުރިން ދެމުންގެންދިޔަ ހިދުމަތުގެ އިތުރުން ތަފާތު އެހެން ހިދުމަތްތައް ދިނުމަށް ނިންމާފައިވަނީ އާއްމު ދިރުއުޅުމުގައި ފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ވެސް އަވަސް އެޕުން ބުނެ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު