Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޑެމްބެލޭގެ ދެ ލަނޑާ އެކު ޕީއެސްޖީން ފުރަތަމަ ލެގު ކާމިޔާބު ކޮށްފި

ފުރަތަމަ ލެގުގައި ބްރެސްޓް ބަލިކޮށް ޕީއެސްޖީން ގަދަ 16 ވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ ފެބްރުވަރީ މަހުގެ 20 ވަނަ ދުވަހު، ޕީއެސްޖީގެ އަމިއްލަ ދަނޑުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 04:09
މެޗުގައި ލަނޑު ޖެހުމަށްފަހު ޑެމްބެލޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޑެމްބެލޭ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ގަދަ 16 ވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅެނީ އައު ފޯމެޓުގެ ދަށުންނެވެ. އައު ފޯމެޓުގައި ވާ ގޮތުން، ލީގު ބުރުގެ ގަދަ އަށް ޓީމަށް ގަދަ 16 ވަނަ ބުރުން ސީދާ ޖާގަ ލިބޭނެ އެވެ. ގަދަ 16 ވަނަ ބުރުގެ ބާކީ އަށް ޖާގަ ލިބޭނީ، ލީގު ބުރުގެ ނުވަ ވަނަ އާއި 24 ވަނައާ ދެމެދު އޮތް ޓީމުތަކުގެ މެދުގައި ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ. ޕްލޭ އޮފްގައި ދެ ލެގު ކުޅޭނެ އެވެ.

ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބްރެސްޓާ ދެކޮޅަށް ނިކުތީ ބްރެސްޓުގެ ދަނޑުގަ އެވެ. އަންގާރަ ދުވަހުގެ ރޭ ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ވިޓީނިއާ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގައި ފްރާންސްގެ އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ އަޝްރަފް ޙަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ޑެމްބެލޭ އެވެ. އޭގެ ކުރިން ޕީއެސްޖީގެ ޑިސެއާ ޑޯ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ފުރަތަމަ ލެގުގައި ބްރެސްޓް ބަލިކޮށް ޕީއެސްޖީން ގަދަ 16 ވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ ފެބްރުވަރީ މަހުގެ 20 ވަނަ ދުވަހު، ޕީއެސްޖީގެ އަމިއްލަ ދަނޑުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު