Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

މޯދީގެ ބީޖޭޕީ އިން ދިއްލީ އިންތިޚާބުގައި ބޮޑު ކާމިޔާބީ އެއް ހޯދައިފި

ބީޖޭޕީ އަށް، ދިއްލީ ލިބުމަކީ ހަމައެކަނި އިންތިޚާބީ ކާމިޔާބީ އަކަށް ވުރެ މުހިންމު ކަމެކެވެ - މިއީ 1998 އިން ފެށިގެން އެތާނގައި ވެރިކަމުން ބޭރުގައި ތިބުމަށްފަހު ޤައުމުގެ ވެރިރަށުގައި ފައިތިލަ ސާބިތުކޮށްލަން ލިބުނު މުހިންމު ފުރުސަތެއްވެސް މެއެވެ. 

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2025 | އާދީއްތަ 05:51
ދިއްލީގެ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީ އަށް ލިބުނު ކާމިޔާބާ އެކު ޕާޓީ އެކްޓިވިސްޓުން އުފާފާޅު ކުރަނީ

ދިއްލީގެ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީ އަށް ލިބުނު ކާމިޔާބާ އެކު ޕާޓީ އެކްޓިވިސްޓުން އުފާފާޅު ކުރަނީ

ހޮނިހިރު ދުވަހުގެ އެސެމްބްލީ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބާ އެކު ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ އިން 27 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންޑިއާގެ ވެރިރަށް ދިއްލީގައި ސަރުކާރު އުފެއްދުމުގެ މަގު ތަނަވަސްވެއްޖެއެވެ. 

އިންޑިއާގެ އިލެކްޝަން ކޮމިޝަން (އީސީ) ގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ބަހަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 70 މެންބަރުންގެ އެސެމްބްލީގައި 48 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަނީ ބެލެވިފައެވެ. އަދި މިހާރު ވެރިކަމުގައި އޮތް އާމް އާދްމީ ޕާޓީ (އޭއޭޕީ) އަށް ލިބިފައިވަނީ 22 ގޮނޑިއެވެ. 

35 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ސަރުކާރު އުފެއްދިދާނެއެވެ. 

"ތަރައްޤީ ކާމިޔާބުކޮށްފި، ހެޔޮ ވެރިކަން މޮޅުވެއްޖެ،" މޯދީ އެކްސް ގައި ލިޔުއްވިއެވެ. އަދި އޭނާގެ ޕާޓީން ދިއްލީ ތަރައްޤީ ކުރުމަށް "ނުފުރޮޅާ އެންމެ ގައު ކޮޅެއްވެސް" ނުބާއްވާނެ ކަމަށް އިތުރުކުރެއްވިއެވެ.

އެކްސްގައި ޝާއިޢުކުރެވުނު ވީޑިއޯ މެސެޖެއްގައި، އިންތިޚާބުން ނާކާމިޔާބުވި އޭއޭޕީގެ ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަރްވިންދް ކަޖްރިވާލް ވިދާޅުވީ އޭނާ އާއި އޭނާގެ ޕާޓީން "ރައްޔިތުންގެ ނިންމުން އިހްތިރާމް އާ އެކު ޤަބޫލުކުރާ" ކަމަށާއި ބީޖޭޕީ އަށް ކާމިޔާބީގެ ހެޔޮއެދުން ފޮނުވާ ކަމަށެވެ. 

"އެ މީހުންނަށް ވޯޓުލީ މީހުންގެ އުންމީދުތައް ފުއްދައިދޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އޭނާ ވިދާޅުވިއެވެ. 

މި އިންތިޚާބު ވެގެން ދިޔައީ ޤައުމުގެ ވެރިރަށުގެ މުހިންމުކަމަށް ބަލާއިރު ބީޖޭޕީ އާއި އޭއޭޕީ އަށް ވެސް ދިއްލީގެ ކޮންޓްރޯލު ހޯދުމަށް މުހިންމު ހަނގުރާމައަކަށެވެ. 

މި ސިޓީ އަކީ ފެޑެރަލް ސަރުކާރުން ވެރިކަން ހިންގާ ސަރަޙައްދެކެވެ. 2013 އިން ފެށިގެން އޭއޭޕީ އިން ދިއްލީގައި ވެރިކަން ކޮށްފައިވަނީ، ވޯޓުދޭ މީހުން އެ ޕާޓީގެ އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ވަރުގަދަ ރެކޯޑަށް ތާއީދުކޮށްގެންނެވެ. އެހެނަމަވެސް ފަހަކަށް އައިސް އެ ޕާޓީއާއި ޕާޓީގެ ލީޑަރުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތި ލާންޖެހިފައި ވެއެވެ. އޭގެ ތެރޭގައި ލީޑަރުންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިލާންޖެހުން ހިމެނެއެވެ. އެ ތުހުމަތުތައް އެ ފަރާތްތަކުން ވަނީ ދޮގު ކޮށްފައެވެ. 

ބީޖޭޕީ އަށް، ދިއްލީ ލިބުމަކީ ހަމައެކަނި އިންތިޚާބީ ކާމިޔާބީ އަކަށް ވުރެ މުހިންމު ކަމެކެވެ - މިއީ 1998 އިން ފެށިގެން އެތާނގައި ވެރިކަމުން ބޭރުގައި ތިބުމަށްފަހު ޤައުމުގެ ވެރިރަށުގައި ފައިތިލަ ސާބިތުކޮށްލަން ލިބުނު މުހިންމު ފުރުސަތެއްވެސް މެއެވެ. 

މި ޕާޓީން ދިއްލީގެ ކެމްޕޭނަށް ގިނަ ވަސީލަތްތަކެއް ހޭދަކޮށްފައިވެއެވެ. މޯދީގެ އިތުރުން ހޯމް މިނިސްޓަރ އަމިތް ޝާހް ވެސް އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތެވެ. 

ޤައުމީ ފެންވަރުގައި މައި އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންގްރެސް ވެސް މި އިންތިޚާބުގައި ބައިވެރިވިއެވެ. ނަމަވެސް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ. 

ކޮންގްރެސް ޕާޓީން 1998 އިން 2013 އަށް ދިއްލީ ގައި ވެރިކަން ކުރިއެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ވޯޓުދޭ މީހުން އޭއޭޕީ އަށް ބަދަލުވުމާއެކު ކޮންގްރެސްގެ ވެރިކަން ނިމުމަކަށް އައެވެ. އޭގެ ފަހުން އެ ޕާޓީއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ނުލިބެއެވެ. 

މާހިރުން ބުނާ ގޮތުގައި ސިޔާސީ ގޮތުން މުހިންމު ދިއްލީގެ އިންތިޚާބު ކާމިޔާބުވުމުން، ޕާޓީއަށް ފާއިތުވި އަހަރުގެ އާންމު އިންތިޚާބުގައި ފުރިހަމަ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިންޑިއާގެ ވޯޓުދޭ މީހުންގެ މެދުގައި މޯދީގެ މަޤްބޫލުކަން އިތުރަށް ވަރުގަދަވާނެއެވެ. 

މި ބަލިވުމަކީ އޭއޭޕީއަށް ވަރަށް ބޮޑު ނާކާމިޔާބެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިއީ ކުޑަ ޕާޓީއެކެވެ. ވެރިކަމުގައި ހޭދަކުރި ފުރަތަމަ އަހަރުތަކުގައި ސިޓީގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ރަނގަޅު ކުރުމަށް އަހަންމިއްޔަތުކަން ދިނުމުން ތާއީދު ލިބުނު ޕާޓީއެކެވެ. މި ޕާޓީން ޕަންޖާބު ސްޓޭޓް ވެސް ވެރިކަން ހިންގައެވެ. ނަމަވެސް ދިއްލީ ގެއްލުމާއެކު މިހާރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ޕާޓީގެ މުސްތަޤްބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. 

ނާކާމިޔާބުވި ޗީފް މިނިސްޓަރު ކަޖްރިވާލް ގެ ސިޔާސީ ހަޔާތް ފެށިގެން އައި އިރު އޭނާ އަކީ މެދު ފަންތީގެ މީހުން އިސްވެ ހިންގި ކޮރަޕްޝަން ދެކޮޅު ހަރަކާތުގެ ބަޠަލެކެވެ. ނަމަވެސް ފަހުން އޭނާގެ އެ ހަރަކާތް ބަދަލުވެގެން ދިޔައީ ފަޤީރުންގެ ޕާޓީއަކަށެވެ - ފަޤީރުންނާއި ދިއްލީގެ ދަތި ޙާލުގައި އުޅޭ މަސައްކަތްތެރިން އޭނާ ދޫކޮށްލީ ކީއްވެގެން، ކޮން ހިސާބަކުން ކަން ސާފު ނުވާ ކަމުގައި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. 

އެހެން ނަމަވެސް އިންތިޚާބުން ބަލި ވުމުގައި ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު ޕާޓީގެ މުހިންމު ލީޑަރުން ޖަލަށްލުމާއި، އަދި ކަޖްރިވާލް އަމިއްލަ އަށް ހައްޔަރަށް ވަޑައިގަތުމުގެ ސަބަބުން އޭއޭޕީގެ ކެމްޕޭނަށް ގެއްލުން ލިބި، އުފެދުނު ހުސްކަން ބީޖޭޕީން ވަނީ ފުރާފައެވެ. ގިނަ ވަސީލަތްތަކާއި ވަރުގަދަ އިންތިޚާބީ މެޝިނަރީއެއްގެ އެހީގައި، ހެޔޮ ވެރިކަމާއި ހަމަޖެހުމާއި ތަރައްގީ ލިބޭނެ ކަމުގެ އުންމީދު ދިއްލީގެ ރައްޔިތުންނަށް ވަނީ ދީފައެވެ.

ބީޖޭޕީ އިން ދިއްލީގައި އެންމެ ފަހުން ވެރިކަން ކޮށްފައިވަނީ 1993 ން 1998 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު