Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެކަނިވެރި މައިންގެ އެލަވަންސް

އެކަނިވެރި މައިންނާއި ޔަތީމު ކުދިންގެ މަތިން މުއިއްޒު ހަނދުމަފުޅު ނެތުނީތޯ؟ - ބޮޑު ކުރައްވަން ވިދާޅުވި އެލަވަންސް ކޮބާތޯ!

8 ފެބުރުއަރީ 2025 | ހޮނިހިރު 10:28

ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3000 ރުފިޔާ އަށް ބޮޑުކުރައްވާނެ ކަމަށެވެ. އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް މާ ކުޑަ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ކުރީ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2025 | ހޮނިހިރު 10:28
އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެއް

އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ގިނަ ވައުދުފުޅުތައް އޮތީ ހަމައެކަނި ފޮތުގައި ލިޔުއްވި ގޮތަށެވެ. ބައެއް ވައުދުފުޅުތައް މަތިން ހުދު ރައީސް މުއިއްޒު ވެސް ހަދުމަފުޅު ނެތް ކަހަލައެވެ. އެއީ އެއްވެސް ވަރަކަށް އެ ވައުދުފުޅުތަކުގެ ވާހަކަތައް އެމަނިކުފާނު ވެސް ނުދައްކަވާއިރު، ސަރުކާރުގެ އިސްބޭފުޅުން ވެސް އެކަމުގެ މަސައްކަތްތައް ނުކުރައްވާތީއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތަކަކީ ރައްޔިތުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ވައުދުފުޅުތަކެއް ކަމަށްވާތީ ރައްޔިތުން އެވައުދުފުޅުތައް މަތިން ހަނދާން އެބަހުއްޓެވެ. އެގޮތުން އެކަނިވެރިމައިން މިއަދު ވެސް ތިބީ އެމީހުންނަށް ލިބޭ އެލަވަންސް މިސަރުކާރުން ބޮޑުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށެވެ. އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު އެކަނިވެރި މައިންނާ ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން ދެމުން އަންނަ އެލަވަންސް އަކީ އެކަށީގެންވާ އެލަވެންސެއް ނޫން ކަމަށްް ރައީސް މުއިއްޒު ވިދާޅުވެ ކުރީ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

އޭގެފަހުން އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު އެންމެފަހުން ވާހަކަފުޅު ދައްކަވާފައިވަނީ 5 ފެބްރުއަރީ 2024 ގައެވެ. އެއީ "ރައީސްގެ ޖަވާބު"ގައި، އެކަނިވެރި މައިންގެ އިނާޔަތާއި އަދި ޔަތީމް ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި މެދު އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބުދާރީ ވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގަނެފައިވާ ފަދައިިން އެކަނިވެރި މައިންގެ އެލަވަންސް ބޮޑު ކުރައްވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ފައްޓަވާފައި ވާތީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވައުދުވެވަޑައިގަނެފައިވާ ފަދައިިން 2025 ވަނަ އަހަރު ބޮޑުކޮށް ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ޔަތީމު ކުދިންނަށްޓަކައި މިހާރުވެސް އެކިކަހަލަ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، އެ ކުދިންގެ އިތުރުން މުޖްތަމައުގައި އަޅާނުލެވި ދޫކޮށްލެވިފައިވާ މީހުންނާ މެދު މީގެކުރިން އަމަލުކޮށްފައި ނުވާހާ ރަނގަޅަށް ކަންތައްތައް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭގެ އެއްއަހަރު ފަހުން، މިހާރުގެ ހާލަތަށް ބަލާއިރު، އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކުރުމާއި ގުޅޭގޮތުންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެއްވެސް ހިލަމެއް ނެތެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމަށް ރައީސް މުއިއްޒު ދެއްވި ދެގަޑިއިރުގެ ރިޔާސީ ބަޔާނުގައި ވެސް މި ކަމަށް އެންމެ ޖުމްލަ އެއްވެސް ހިމެނިފައެއް ނުވެއެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުން ވެސް މިކަން ކުރާނެ ކަމުގެ އެއްވެސް ފެހި ސިގްނަލެއް ވެސް ސަރުކާރުން ދީފައެއް ނުވެއެވެ.

ކެމްޕޭން ތަކުގައި އެވެނި އެލަވަންސެއް މިވެނި ބޮޑު ކޮށްދެއްވާނަމޭ ވިދާޅުވުމުން، އެކަމުން އުއްމީދު އެ ދެވެނީ ވެރިކަމާ ހަވާލުވުމާއެކު އެ ވިދާޅުވި ގޮތަށް އެކަންކަން ބަދަލުވެގެންދިއުމަށެވެ. އަހަރު ދޮޅު އަހަރު ވެގެން ދާއިރު އެއިން ކަމެއް ނުވީމާ އެއީ ވައުދަށް ހުރުމަތްތެރިވުން ކަމުގައި އާންމު ރައްޔިތުން ގަބޫލު ކުރާނީވެސް ކިހިނެއްތޯއެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ ވެރިކަން ލިބުމާއެކު އެކި ސަބަބު ދައްކާ ފަސްކުރަމުން ލަސްކުރަމުން ގެންދާ ތަނެވެ.

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
09 އޮކްޓޯބަރު 2017

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް