Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

އައިސިސްގެ 200 ހަނގުރާމަވެރިން މަރާލައިފި

ރަޝިއާ އިން ދަނީ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރަށް އައިސިސް ބަލިކޮށްލުމަށް އަސްކަރީގޮތުން އެހީތެރިވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 އޯގަސްޓު 2017 | އަންގާރަ 07:28
ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތްތަކެއް

ދާދިފަހުން ރަޝިއާ އަސްކަރިއްޔާ އިން ސީރިއާގައި ދިން ހަމަލާއެއްގައި އިސްލާމިކް ސްޓޭޓޭ (އައިއެސް) ގެ 200 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު ބުނެފިއެވެ.

ރަޝިއާ އަސްކަރިއްޔާ އިން މިހަމަލާ ދިނީ އައިއެސްގެ ބާރު ވަރަށް ބޮޑު ސަރަހައްދެއް ކަމަށްވާ ޑެއިރް އަޒް ޒޯ ސަރަހައްދުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަށް ރަޝިއާ އިން ސީރިޔާގެ ރައީސް ބައްޝާރުއަލް އަސަދުގެ ސިފައިންނަށް ވާގިވެރިވަމުންދާ ކެމްޕެއިންގެ ތެރެއިންނެވެ.

ރަޝިއާގެ ޑިފެންްސް މިނިސްްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރަޝިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް ވަނީ ސީރިޔާގެ ޑެއިރް އަޒް ޒޯ ސަރަހައްދަށް ދާން އުޅުނު އައިސިސްގެ 20 އުޅަނދެއް ވެސް ހަލާކުކޮށްފައެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އިނގިރޭސި ވިލާތުގެ ސީރިޔަން އޮބަޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ޑެއިރް އަޒް ޒޯގެ ހުޅަނގު ސަރަހައްދުން، ރަޝިއާ އަސްކަރިއްޔާ އިން ހުކުރު ދުވަހު ދިން ހަަމަލާއެއްގައި މަދުވެގެން 70 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ރަޝިއާ އިން ދަނީ 2015 އިން ފެށިގެން ސީރިޔާގެ ރައީސް ބައްޝާރުލް-އަސަދުގެ ސިފައިންނަށް، އައިސިސް އަދި އެހެނިހެން ހަނގުރާމަވެރިން ބަލިކޮށްލުމަށް ވައިގެ ކެމްޕެއިނެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު