Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ބަޔާން

ޕާކިންގ އާއި މާލޭގެ މަގު ހެދުމުގެ ވައުދު އެއް ބީދައަކުން ތަކުރާރު ކުރެއްވުނު އިރުވެސް ރައީސަށް އެނގިވަޑައެއް ނުގަތް

ރިޔާސީ ބަޔާނުގައި ބައެއްކަންކަން ތަކުރާރުކުރެއްވި އިރު އަނެއް ބައި ކަންކަން އެއްކޮށް ރިޔާސީ ބަޔާނުން ގެއްލިއްޖެއެވެ.

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ފެންވަރުގެ ބިންޑިންތައް އެޅުމަށް އެ އަހަރު ފައްޓަވާނެ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2025 | ހުކުރު 12:52
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން

ޕާކިންގ އާއި މާލޭގެ މަގު ހެދުމުގެ ވައުދު އެއް ބީދައަކުން ރިޔާސީ ބަޔާނުގައި ތަކުރާރު ކުރެއްވުނު އިރުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެކަން އެނގިވަޑައެއް ނުގަތެވެ.

ރިޔާސީ ބަޔާނެއް އާއްމުންނާއި ހަމައަށް އަންނަނީ ވަރަށް ގިނަ ކަންކަން ބަލާ، ވަރަށް ގިނަ މީހުންގެ އަތްދަށުން ފުރޭނިގެންނެވެ. އެހެންކަމަށް ވާއިރު ޖެހިޖެހިގެން އިއްވާ ދެ ރިޔާސީ ބަޔާނެއްގައި އެއް ވާހަކަ އެއް ތަކުރާރުވާއިރު އެކަން ރައީސަށް ވެސް ރައީސްގެ ޓީމަށް ވެސް ފާހަގަނުވުމަކީ ވަރަށް ދެރަވަރުކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި މިދިޔަ އަހަރު ފުއްދާނެ ކަމަށް ބުނެ ވެފައިވާ ވައުދުތައް ހިމެނެއެވެ. އެގޮތުން ބަލާއިރު، 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރަނގަޅު ފެންވަރުގެ ޕާކިންގ ބިލްޑިންގ ތައް އެޅުމަށް އެ އަހަރުގެ މޭއި މަހު ފަށާނެ ކަމަށެވެ. އަދި އެ މައްސަލަ އަށް ހައްލު ގެނައުމަށް 2023 ވަނަ އަހަރު އިއުލާން ކުރައްވާފައިވާނެ ކަމަށް މީގެ ކުރީގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ޕާކިން ބިލްޑިންގ ތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި އަހަރު އެކަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގ އާއި އެކު އަޅާ އެ ޕާކިންގ ބިލްޑިންގ ތަކަކީ ތިމާވެއްޓާއި ރައްޓެހި ބިލްޑިންގ ތަކަކަށް ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މިއީ ކުރީގެ ރިޔާސީ ބަޔާނުގައި 2024 ވަނަ އަހަރު ފަށަން ބުނި މަޝްރޫއެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައެއް ނުގަތެވެ.

ދެން މިފަދައިން ތަކުރާރުކުރެއްވި އަނެއް ވައުދަކީ މާލޭގެ ހުރިހާ މަގެއް އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ވައުދެވެ. އެއީ ބޮޑު ބިއަ މަޝްރޫއެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެއްމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަަމަށެވެ. އެގޮތުން ފީޒިބިލިޓީގެ މަސައްކަތް މިހާރުވަނީ ނިމިފަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ވައުދު ރައީސް ތަކުރާރުކުރެއްވި އިރު، 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ އަހަރު މާލޭގެ މަގުތަކުގެ މަސައްކަތް ފަށްޓަވާނެ ކަަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިނޭންސިންގެ ބޮޑުބައި ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހޭނެ ކަަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ހަދާނެ ކަމަށާއި، މާލޭގެ މަގުތައް ވެސް އެ މަޝްރޫޢުގެ ތެރެއިން ހިނގަމުންދާނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު 2024 ވަނަ އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވޭނެ ކަމަށެވެ. މި އަހަރު އެ ވައުދު ތަކުރާރު ކުރައްވާ ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެ ކަމަށެވެ.

އޭރު ވިދާޅުވީ އެންމެ ހިތްދަތި ކަމަކީ ގޯތިގެދޮރުގެ ދަތިކަން ކަމަށެވެ. އަދި ތަކުރާރުކޮށް ރިޔާސީ އިންތިޚާބުގައިވީ ވައުދާއި އެއްގޮތަށް ގޯތިގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ. ގުޅީފަޅާއި، ގިރާވަރުފަޅާއި ހުޅުމާލެއިން ހިއްކާ ހިއްކުމުގެ މަސައްކަތުގެ އިތުރުން އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ވެސް ރައީސް ތަކުރާރުކުރައްވާފައިވާ ވައުދެކެވެ.

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން 2024 ވަނަ އަހަރު ފަށާ މަޝްރޫއު ފުރިހަމަވުމުން، މާލެ ނައިސް، ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވާނެ ކަމަށެވެ. އޭގެ ބަދަލުގައި މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ޙައްލު ކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި ފަހަރުގެ ރިޔާސީ ބަޔާނުގައި ހުޅުމާލޭގައި ވެސް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމުގެ މަސައްކަތް 2024 ވަނަ އަހަރު ފަށާފައިވާ ކަމަށްވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރައީސްގެ ވާހަކައިގައި ކުރީ އަހަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމުގެ ބައި މުޅިން އެއޮތީ ރިޔާސީ ބަޔާނުން ގެއްލިފައެވެ. ނުވިތާކަށް ރިޔާސީ ބަޔާނުގައި ކުރިން ވިދާޅުވި މޭރުމުން މާލެ އަންނަން ނުޖެހި ސިއްހީ ފަރުވާ ލިބުމުގެ ބަދަލުގައި މާލެ ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ އިތުރު ހޮސްޕިޓަލްތައް ޤާއިމްކުރުމުގެ ވިސްނުން ހުރިކަން ރައީސްގެ ވާހަކަފުޅުން މި ވަނީ ހާމަވެގެން ގޮސްފައެވެ

ހަމައެހެންމެ އާ މަޝްރޫޢުތައް ފެށިގެންދާނެ ކަމަށާއި އެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ބަޖެޓަށް ބުރަ ނުވާނެ ކަމަށް ފާހަގަކުރައްވާ ދެއްކެވި ވާހަކަވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން ކުރިން ދެއްކެވި އެހެން ބައެއް ވާހަކަތައް ވެސް ރިޔާސީ ބަޔާނުން ވަނީ އެއްކޮށް މުޅިން ގެއްލިގެން ގޮސްފައެވެ. ނިމިދިޔަ އަހަރު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު އެ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެ ނުވިކަންކަމުގެ ވާހަކަ އެއްވެސް ވަރަކަށް މި އަހަރު ދައްކަވާފައެއް ނުވެއެވެ. އެގޮތުން ޓުއަރިޒަމް ދާއިރާގައި އާ 20 ރިސޯޓް އެޅުމާއި 2800 އަށް ވުރެ ގިނަ އެނދު ނިމިދިޔަ އަހަރު އުފައްދާނެ ކަަމަށް ވައުދުވެވަޑައިގަތެވެ. އެ ވާހަކަ އެއްވެސް ވަރަކަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ގެންނަވާފައެއް ނުވެއެވެ. ހަމައެހެންމެ ޑޮމެސްޓިކް އެއާޕޯޓްތައް ނިމިދިޔަ އަހަރު ނިންމާނެ ކަަމަށް ވިދާޅުވި ވާހަކަ އާއި ޒަމާނީ ހެލިކޮޕްޓަރގެ ޚިދުމަތް ދިނުމުގެ މަސައްކަތް ނިމިދިޔަ އަހަރު ފަށާފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައިގެ އެއްވެސް ތަފްސީލެއް ވެސް ހިއްސާކުރައްވާފައެއް ނުވެއެވެ.

މިއީ ރިޔާސީ ބަޔާނުން ފާހަގަކުރެވުނު ވަރަށް މަަދު ކަމެކެވެ. ދިރާސާކޮށް ބަލާލާއިރު މިފަދަ ދިމާނުވާ ކިތަންމެ ކަމެއް ކަމެއް މި ރިޔާސީ ބަޔާނުން ފެންނަން ހުންނާނެކަން ގައިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު