Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައްޒާއިން މީހުން ހުސްކުރުން

ގައްޒާއިން މީހުން ހުސްކުރަން ޓްރަމްޕް ދެއްކެވި ވާހަކައަށް ރައީސްގެ ސާފު ޖަވާބެއް ނެތް!

ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ފެބުރުއަރީ 2025 | ބުރާސްފަތި 08:28
ގައްޒާއިން ރައްޔިތުން ހުސްކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކައަށް ސަރުކާރުން ދެކޮޅު ހަދާކަމަށް ސާފުކޮށް ބުނެނުދެވުނު

ގައްޒާއިން ރައްޔިތުން ހުސްކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކައަށް ސަރުކާރުން ދެކޮޅު ހަދާކަމަށް ސާފުކޮށް ބުނެނުދެވުނު

ގައްޒާއިން މީހުން ހުސްކުރަން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ދެއްކެވި ވާހަކައަށް ރައީސްގެ ސާފު ޖަވާބެއް ނެތި ކުރިން ދެއްކެވި ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ފަލަސްތީނުގެ ގައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުން ފަލަސްތީން ރައްޔިތުން ބޭރު ކުރާނެ ކަމުގެ ނުރައްކާތެރި އިންޒާރު ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ. ޓްރަމްޕް މި ޕްލޭން އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިން ވީރާނާވެފައިވާ ގައްޒާ ސަރަޙައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، "ދުނިޔޭގެ މީހުން" އެތަނުގައި ދިރިއުޅޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރަން ބޭނުންފުޅުވާ ކަމަށެވެ. މި ޕްލޭން ހާމަކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ސަރުކާރުން ގައްޒާގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ބުނި ނަމަވެސް ޓްރަމްޕުގެ މި ވާހަކައާއި ގުޅިގެން ރަސްމީ އެއްވެސް ވާހަކައެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ގައްޒާއަށް އަލި އަޅުވާލައްވާ ރައީސް ވަނީ މީގެ ކުރިންވެސް ތަކުރާރުކުރެއްވި ވާހަކަތައް ތަކުރާރުކުރައްވާފައެވެ. ރާއްޖޭގެ ސަރުކާރުތަކުންވެސް ދަމަހައްޓަމުން އައި ސިޔާސާތު ހާމަކުރައްވާ ރައީސް ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށެވެ.

އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ވާނީ ކޯ ސްޕޮންސަރކޮށްފައި ކަމަށެވެ.

މީގެ އިތުރުން ގައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް ކަމަށާއި، ގައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.

ސަރުކާރުން ގައްޒާގެ ރައްޔިތުންނާއި އެކު ތިބިކަމަށާއި، ގައްޒާގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި އިސްރާއިލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރާކަމަށް މި ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އިސްރާއިލު މީހުން ރާއްޖެ ނާދެވޭ ގޮތަށް އެގައުމުގެ ޕާސްޕޯޓް މަނާކޮށްފައި ނުވެއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ކުލީ ސިފައިން ގެނެސްގެން ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނާ ވާހަކައަށް ސަލާމަތީ ހިދުމަތްތައް ހިމޭނުން

31 އޯގަސްޓު 2017
ކުލީ ސިފައިން ގެނެސްގެން ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނާ ވާހަކައަށް ސަލާމަތީ ހިދުމަތްތައް ހިމޭނުން
25 އޯގަސްޓު 2017

ގާސިމް ދެއްކެވި ވާހަކައަކީ ގާނޫނާ އިމުގެ ތެރެއިން ދެއްކި ވާހަކައެއްކަން ސާބިތުކޮށެއް ނުދެވުން : ހުކުމް

25 އޯގަސްޓު 2017
ގާސިމް ދެއްކެވި ވާހަކައަކީ ގާނޫނާ އިމުގެ ތެރެއިން ދެއްކި ވާހަކައެއްކަން ސާބިތުކޮށެއް ނުދެވުން : ހުކުމް
15 އޯގަސްޓު 2017

ޝިފާޒު ފުލުހަށް ހާޒިރު ކުރީ ކައުންސިލް އިންތިހާބު ދުވަސްވަރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން

15 އޯގަސްޓު 2017
ޝިފާޒު ފުލުހަށް ހާޒިރު ކުރީ ކައުންސިލް އިންތިހާބު ދުވަސްވަރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން
11 ޖުލައި 2017

ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!

11 ޖުލައި 2017
ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!
11 ޖުލައި 2017

ނިހާންގެ ވާހަކައަށް ޓްރާންސްޕޭރެންސީން ރައްދުދީފި

11 ޖުލައި 2017
ނިހާންގެ ވާހަކައަށް ޓްރާންސްޕޭރެންސީން ރައްދުދީފި
12 ޖޫން 2017

އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް

12 ޖޫން 2017
އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް
26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
23 މާރިޗު 2017

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު