Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!

ޕީޕީއެމްގެ މެމްބަރުންނަށް އިންތިހާއަށް ކޮރަޕްޝަންގެ ތުހްމަތު ކުރެވޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 13:26
ޕީޕީއެމްގެ ޕްރެސްގައި ނިހާން ވާހަކަ ދައްކަވަނީ

ޕީޕީއެމްގެ ޕްރެސްގައި ނިހާން ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ ގޮތްތަކެއް ކަނޑައެޅުމަށް ރައްޔިތުންގެ ނަމުގައި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ތާއިދު ކުރެއްވި މައިގަނޑު ސަބަބަކީ މަޖިލީހުގެ ތެރެއިން ކޮރަޕްޝަން ސާފުކުރުމެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރެއްވުމެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، މަޖިލީހުގައި އޮތް ސަރުކާރުގެ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތުވެސް ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންވެ، ސަރުކާރުން ބޭނުންވީ ދައުލަތުގެ ނަމުގައި، މަޖިލީހުގެ މެމްބަރުންގެ ދުސްތޫރީ ބާރު ކަނޑުވާލުމަށެވެ. އެ މެމްބަރުންގެ ދުސްތޫރީ ހައްގު ދުއްވާލައި، އަތް ބަނދެލުމަށެވެ. ޕާޓީން ވަކިކުރާ ހާލަތްތަކުގައި މެމްބަރުކަންވެސް ގެއްލިގެން ދާނެކަމަށް ކަނޑައެޅުމަށް ތާއިދު ކުރައްވާ ކަމަށް، ޕީޕީއެމްގެ މެމްބަރުން ވިދާޅުވިއެވެ. އަދި ޕީޖީ ގްރޫޕްގެ ލީޑަޝިޕުން ވިދާޅުވީ މުޅި ޕީޖީ ގްރޫޕުން އެ މައްސަލައަށް ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން އެ ހުށަހެޅުމަށް ތާއިދު ނުކުރައްވާކަން އެ މެމްބަރުން ހިއްސާ ކުރެއްވެވިއެވެ.

Advertisement - newsAdvertisement

މި ފަދަ ވަރުގަދަ ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމިއިރު މަޖިލީހުގެ މެމްބަރުންނާ މަޝްވަރާއެއްވެސް ނުކުރެއެވެ. މަޖިލީހުގެ މެޖޯރިޓީ ފުރޮޅިފައިވާއިރު، ޕީޕީއެމްއިން ތުހްމަތުކުރަނީ އެއީ ރިޝްވަތު ދީގެން ކުރި ކަމެއް ކަމަށެވެ. މެމްބަރުންނަށް މިލިއަނުން ފައިސާ ހުށަހަޅުއްވާ ކަމަށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވިއިރު، އެ ހުށަހަޅުއްވާ ފަރާތަކުން ފަލާހުއަށް 32 މިލިއަން ރުފިޔާ ހުށަހެޅުއްވި އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކާކު ހުށަހެޅި ހުށަހެޅުމެއްތޯ ސުވާލުކުރުމުން އެކަމަށް ޖަވާބެއް ނުދެއްވިއެވެ.

މެމްބަރުން އިންތިހާބުވި ޕާޓީ ބަދަލުކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ހަމަޖައްސައިފި ނަމަ މަޖިލީހުން ކޮރަޕްޝަން ހުއްޓިގެންދާނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ވިދާޅުވިއިރު، އަންގާރަ ދުވަހުގެ ޕްރެސް ކޮންފަރެންސްގައިވެސް، އެހެން ޕާޓީތަކުން ޕީޕީއެމަށް ގެންގޮސްފައިވާ ހަތް މެމްބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ. އެ މެމްބަރުން ތިއްބެވީ ކޮރަޕްޝަންގެ ވާހަކަ ދައްކަވަމުން ގެންދެވިއިރު، އިސް ޖަހާލަ ޖައްސަވާލަ ޖައްސަވާލައެވެ.

ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ނަމަވެސް އެކަން ކުރަންޖެހޭ ކަމަށް ޕީޕީއެމްއާއި ސަރުކާރަށް މި ވިސްނުނީ، އަދި މަޖިލީހުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ސާވޭތަކެއް ކޮށްފައިވާކަން އެނގިވަޑައިގަތީ މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިޔަކަން ކަށަވަރު ވުމުންނެވެ. ޕީޕީއެމްއިން ކޮރަޕްޝަން ހުއްޓުވަން ތާއިދުކުރާ މިންވަރާއި މަސައްކަތް ކުރާ މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދެއެވެ.

ޕީޖީ ގްރޫޕްގެ އެތައް މެމްބަރުންނެއް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބެއްސެވި ފައިސާ ބޭނުންކުރައްވާފައެވެ. އެ ފައިސާ ބެއްސެވުމަށް އުޅުއްވާފައެވެ. އަދި އަދީބު ބޮޑެތި ޖަރީމާތައް ހިންގައި، އެ ޖަރީމާތަކުން އެ މެމްބަރުންގެ ދިރިއުޅުން ތަނަވަސްކުރަމުން ދިޔައިރު، އެއީ ކިހާވަރެއްގެ ކަމެއް ކަމެއް، އެކަމުގެ ހަގީގަތެއް، ފައިސާ ހޯދާ ގޮތެއް ބައްލަވަން ބޭނުންނުވެ، ތިއްބެވީ ލޯމަރާލައިގެންނެވެ. ކަންފަތުގައި އަތް އަޅައިގެންނެވެ.

އަންގާރަ ދުވަހުގެ ޕްރެސް ކޮންފަރެސްގައި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުންނާއި، އަދީބު ބެއްސެވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް މެންބަރުން ބުނާ ބުނުމަކީ ހަގީގަތެއްތޯ ރާއްޖެ ޓީވީން ސުވާލުކުރުމުން، މެމްބަރުންތައް ދިޔައީ އުތުރި އަރައިގެންނެވެ. ޖަވާބެއް ނުދެއްވިއިރު، އިތުރު ފުރުސަތެއްވެސް ނުދެއްވިއެވެ. ދޭހަވީ ފުރުޞަތެއް ދެއްވަން ނުކެރުނީ ކަމަށެވެ.

މެމްބަރުންގެ މައްޗަށް އެތައް ތުހްމަތެއް ކުރެވިފައިވާއިރު، އެ ކަންކަން ސާފުކުރަން ރާއްޖެޓީވީން ފުލުފުލުގައި ކުރަމުން ދިޔަ ސުވާލުތައްވެސް އެ ބޭފުޅުން އަޑެއް ނޭއްސެވިއެވެ. ޖަވާބެއް ނުދެއްވިއެވެ. ދޭހަވީ ޖަވާބު ދެއްވަން ނުކެރުނީ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ނުހައްގު މުއްސަނދިިކަން ހޯދާފައިވަނީ ކިތައް މެމްބަރުންތޯ ވެސް ބަލާލަންޖެހެއެވެ. އުސޫލެއް، ހަމައެއް، ލަމައެއް ނެތި ރަށްތަކާއި ޕްރޮޖެކްޓްތަކާއި އެކި ކަހަލަ މަންފާތައް ހޯދާފައިވަނީ ކިތައް މެމްބަރުންތޯއެވެ. ދައުލަތުގެ "ތިޖޫރިން" 1.22 ބިލިއަން ރުފިޔާ ވަގަށް ނެގިއިރު، މެމްބަރުން ތިއްބެވީ އެއީ ސައިބޯނި ބޮތްކަށް ހަދައިގެން، އަދީބަށް ކޭކު ކާންދެއްވަ ދެއްވައެވެ. އުޅުއްވީ އަދީބާއެކު ސެލްފީއެއް ނެންގެވޭތޯއެވެ. އަދީބު އިށީންނަވާ ގޮނޑިކޮޅެއްގައި ހިންޏަކަށް އިށީނދެވުނަސް، އެ ޖާގައިގައި އިންނެވުމަށެވެ.

އަތުގައި އަޅުއްވާފައިވާ ރޮލެކްސް ގަޑި އާއި ބަހަމުންދިޔަ ކާރުތަކާއި އަލިމަސް ޖެހި އަނގޮޓި އާއި ރަން ތާސްބަޔާއި، މާލެއިން ގަތް ގޯއްޗާއި ފްލެޓާއި ފަށަން ދަމާލި އޮޑިފަހަރާއި ރިސޯޓް ތަރައްގީކުރަން ދިން ފަޅުތަކާއި ރަށްތަކަކީ ކޮން ގޮތަކަށް ލިބިވަޑައިގެންނެވި ތަކެއްޗެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެއްވުން ރަނގަޅެވެ.

ޕީޕއެމް ދޫކުރައްވާ 10 މެމްބަރަކު ނުކުވަަޑައިގެންނެވިއިރު، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ޕިޕީއެމްއިން ހޯއްދެވީ އެހެން ޕާޓީތަކުން މެމްބަރުން ހޯއްދަވައިގެންނެވެ. އޭރު އެކަންކަމާ ގުޅޭ ގޮތުން ތަފާތު ތުހްމަތުތައް ކުރިއިރު، އެކަން ބައްލަވަން ބޭނުމެއް ނުވިއެވެ. ޕީޕީއެމްގެ މެމްބަރުންނަށް ކޮރަޕްޝަންގެ ވާހަކަ ދައްކަން ކެރިވަޑައިމިގަތީ، އަދި މަޖިލީހުގައި ކޮރަޕްޝަން އޮތްކަމަށް ވިދާޅުވާން ކެރިވަޑައިމިގަތީ، މެޖޯރިޓީ ގެއްލި، މެމްބަރުން ކޮޅުވެސް ޕީޕީއެމް ދޫކޮށް ވަޑައިގަތުމުންނެވެ.

އަދިވެސް އަމިއްލަ ފަސްބައި މުޑުދާރުވެފައިވާ މިންވަރެއް ނުފެނެއެވެ. އެހެންވެ، ކޮރަޕްޝަން ހުއްޓުވަން ބޭނުންފުޅުވާނަމަ، ތިމާ އަމިއްލައަށް ނަޒާހަތްތެރިވާށެވެ. މާލީ ބަޔާން ހުށަހަޅުއްވާށެވެ. މުސާރައާ ބައްދަލު ދިރިއުޅުމެއް ޚިޔާރު ކުރައްވާށެވެ. ނުހައްގު މުއްސަދިކަން ތަހްގީގު ކުރެވޭ ގޮތަށް އޭސީސީން ހުށަހެޅި ހުށަހެޅުން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހިފަހައްޓާފައި ބޭއްވުމުގެ ބަދަލުގައި އެކަން ފާސްކުރަން މަސައްކަތް ކުރައްވާށެވެ.

ސޫތެއްހާތަން ނަމަވެސް ބަހާއި އަމަލާއި ދިމާކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު