Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝިފާޒު ފުލުސް އޮފީހަށް

ޝިފާޒު ފުލުހަށް ހާޒިރު ކުރީ ކައުންސިލް އިންތިހާބު ދުވަސްވަރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން

ފުލުހަށް ހާޒިރުކުރީ އިލެކްޝަންސް ކޮޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 18:11
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ފުލުސް އޮފީހަށް ހާޒިރު ކުރީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށާއި ހަގީގަތުގައި މިވެގެން އުޅޭ ގޮތަކީ، ލޯކަލް ކައުންސިލްގެ އިންތިހާބުން ރައީސް އަބްދުﷲ ޔާމީނުގެ ތާއީދު ނެތް ކަން ސާފުވެގެންދިއުން ކަމަށް ޝިފާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން ޝިފާޒު ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އިލެކްޝަންސް ކޮމިޝަނާއި ގުޅޭ ގޮތުން ހާމަކުރި މައުލޫމާތަކާއި ގުޅިގެން އެ މައުލޫމާތެއް ލިބުނު ގޮތެއް އޮޅުން ފިލުވުމަށް ކަމަށެވެ.

Advertisement - newsAdvertisement

" އަޚުގަނޑު ދައްކާފައިވާ ވާހަކަ މި އަމާޒު ވަނީ ނަތީޖާ ހާމަނުކޮށް ހިފަހައްޓަނީ ރައީސް ޔާމީނުގެ ބޭނުމަކަށް ނަތީޖާ ބަދަލު ކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ބަދަލުކުރުމާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކައަކާ ގުޅޭ ގޮތުން. އަޅުގަނޑަށް އެމައުލޫމާތު ލިބުނުގޮތް އެއީ އެބޭފުޅުން އޮޅުން ފިލުވަން ބޭނުންވި އެއް ސަބަބު. އެ ނަތީޖާ ބަދަލު ކުރުމަށް ރައީސް ޔާމީން ބޭނުންވި ނަމަވެސް އެކަން ނުކުރެވި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ރައްޔިތުންނަށް ލިބިފައިވާ ހޭލުންތެރިކަމާ ގުޅިގެން. އެބޭފުޅުން އެންމެ ބޮޑަށް ސާފުކުރައްވަން ބޭނުންވީ، އެ މައުލޫމާތު ލިބުނު ގޮތް އޮޅުންފިލުއްވުމަށް." ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، ރާއްޖެއަކީ ކުޑަތަނަކަށްވާ އިރު އިލެކްޝަންސް ކޮމިޝަނުގައި ވެސް ދަންނަ މީހުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެގޮތަށް އެހެން މުއައްސަސާތަކުގައި ވެސް ދަންނަ ފަރާތްތައް އުޅޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ މައުލޫމާތު ލިބުނު ގޮތް ހާމަ ކުރަން ޖެހޭ ހާލަތަަށް ދިއުމުން އެމައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ޝިފާޒު ވިދާޅުވީ، ފުލުހުން އެބުނާ ވާހަކަ އަކީ އޭނާ ދެއްކި ވާހަކައެއް ކަމަށާއި އެވާހަކަ ދައްކާފައި ވަނީ، ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށެވެ.

ޝިފާޒު ވިދާޅުވީ، މިފަދަ މައްސަލައެއް ނަގައިގެން ބެލުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީނުގެ ތާއީދެއް ނެތް ކަން ޔަގީންވުން ކަމަށެވެ.

" ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވިދާޅުވެއްޖެ ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމަށް. ރައީސް ޔާމީނު ބޮޑު ތަނުން އެ އިންތިހާބުގައި ބަލިވެއްޖެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވެސް އަދި އެހެން ބޭފުޅުން ވެސް، ރައްޔިތުންގެ ތާއީދު އޮތް ގޮތަކަށް ކަންކަން ކުރައްވަންވީ." ޝިފާޒު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު