Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާދަމް އާޒިމް ހައްޔަރުކުރުން

އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް

12 ޖޫން 2017 | ހޯމަ 10:30

އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހާފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 12 ޖޫން 2017 | ހޯމަ 10:30
އެސްޓީއޯގެ ކުރީގެ އެމްޑީ އާޒިމް

އެސްޓީއޯގެ ކުރީގެ އެމްޑީ އާޒިމް

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްއާއި ފުލުހުން ސުވާލު ކުރަނީ ސަންގުޓިވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް އާޒިމްގެ ވަކީލު ވިދާޅުވެއްޖެއެވެ.

އާޒިމް ވަކީލް އަލީ ޒާހިރު ވިދާޅުވީ ފުލުހުން އާޒިމްއާ ސުވާލު ކުރަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ސަންގުޓީވީގެ "ޚަބަރަށް ފަހު" ޕްރޮގުރާމުގައި އާޒިމް ދެއްކެވި ވާހަކަތަކަކާ ގުޅޭ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އާޒިމުގެ މައްޗަށް ސަރުކާރު ބަދަލުކުރަން އުޅުމާއި ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި އާޒިމްގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 އާއި 533 އާއި 610 ވަނަ މާއްދާއާއި އަދި ކޯޓްތަކާ ބެހޭ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމެވެ. އެއީ ޖުނަހު އެއްވަނަ ދަރަޖައިގެ ކުށެކެވެ. ހަމައެހެންމެ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ކުށެވެ.. އެއީ ވެސް ޖުނަހު އެއްވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުމުގެ ކުށެވެ.

ފުލުހުން އާޒިމްއާ ސުވާލު ކުރަމުންދާއިރު އޭނާ ހަ ދުވަހަށް ބަންދު ކުރި މައްސލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް