Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ބުނީ އާސެނަލް އިން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށް

އެ މެޗަކީ އާސެނަލަށް ވަރަށް މުހިންމު މެޗަކަށްވި ކަމަށާއި، އެ މެޗުން މޮޅުވުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ވެސް އާޓެޓާ ބުންޏެވެ. އަދި އެ މެޗުގައި އާސެނަލްގެ ނަސީބު ވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2025 | އަންގާރަ 04:28
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކުޅުންތެރިން ދެއްކީ އާދަޔާ ޚިލާފު ކުޅުމެއް ކަމަށް، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖަހާފައި ވަނިކޮށް، ސިޓީން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އާސެނަލް އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ އާސެނަލްގެ ފޯމު ދެމެހެއްޓުމަށް މޮޅުވުން މުހިންމުވެފައި އޮތް މެޗުން މޮޅުވީ، ކުޅުންތެރިން ދެއްކި އާދަޔާ ޚިލާފު ކުޅުމުގެ ސަބަބުން ކަމަށެވެ. އެ މެޗަކީ އާސެނަލަށް ވަރަށް މުހިންމު މެޗަކަށްވި ކަމަށާއި، އެ މެޗުން މޮޅުވުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް ވެސް އާޓެޓާ ބުންޏެވެ. އަދި އެ މެޗުގައި އާސެނަލްގެ ނަސީބު ވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާެޓެޓާ ބުނީ ނަސީބު ރަނގަޅު ވުމުގެ އިތުރުން، އެ މެޗުގައި އާސެނަލް އިން ޖެހީ ވަރަށް ހިތްގައިމު ލަނޑުތަކެއް ކަމަށެވެ. ޚާއްސަކޮށް ލީޑުގައި އޮތުމަށްފަހު، މެޗުގެ ނަތީޖާ ހަމަހަމަވި ކަމަށާއި، އޭގެ ފަހުން ކުޅުންތެރިން ދައްކައިދިނީ ތަފާތު ރޫޙެއް އަދި މަސައްކަތެއް ކަމަށް ވެސް އާޓެޓާ ބުންޏެވެ. އަދި އާސެނަލްގެ ކޮންމެ ކުޅުންތެރިޔެއްގެ ފަރާތުން ވެސް ފެނުނީ މެޗަށް ސަމާލުކަން ދީގެން ތިބި މަންޒަރު ކަމަށް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ބުނީ ބައެއް މެޗުތަކަކީ އުނދަގޫ ޙާލަތުން ނަަމަވެސް މޮޅުވުން މަޖުބޫރު މެޗުތަކެއް ކަމަށާއި، އާސެނަލް އިން މި ފަހަރު ދައްކައިދިނީ އެކަން ކުރެވޭނެ ފެންވަރު ކަމަށް އޭނާ ދެކެ އެވެ. މުޅި މެޗަށް ބަލާއިރު، އާސެނަލަށް މެޗުން މޮޅުވުމަށް އެތައް ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށާއި، ދެން ފެނުނީ ކުޅުންތެރިން އެ ފުރުސަތުގެ ބޭނުން ހިފަމުން ދިޔަ މަންޒަރު ކަމަށް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

ސިޓީ އަތުން ހޯދި މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނައިގައި އާސެނަލް އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 50 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި ލިވަޕޫލަށް 56 ޕޮއިންޓު ލިބެނީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު