Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުއިކް އެވީ އެޕްލިކޭޝަން

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ތަފާތު ފީޗަރތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އަވަސް އަދި އިތުބާރު ހުރި ގޮތެއްގައި ޓެކްސީގެ ޚިދުމަތް ލިބޭނެ ކަމަށް މި އެޕްގެ ފައުންޑަރުން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2025 | އާދީއްތަ 15:54
ކުއިކް އެމްވީ އެޕް

ކުއިކް އެމްވީ އެޕް

މާލޭގެ ޓްރެފިކް ހާލަތުގެ ސަބަބުން ޒަމާނުއްސުރެ ޓެކްސީގެ ހިދުމަތަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިކަން ބަދަލުކުރުމަށް ޑްރައިވަރުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ އައު ޓެކްސީ އެޕްލިކޭޝަން "ކުއިކް އެމްވީ" އިން ވަނީ ފަށާފައެވެ.

މި އެޕްލިކޭޝަން ފަރުމާކުރުމުގައި، ކޮންމެ ދުވަހަކުވެސް މާލެތެރޭގެ ދަތުރުތަކުގައި ހަރަކާތްތެރިވާ ޑްރައިވަރުންގެ ތަޖުރިބާ ހިމަނާފައިވުމާއެކު، މި އެޕްލިކޭޝަން ބޭނުން ކުރުމުން މާލޭގައި ޓެކްސީ ޚިދުމަތް ހޯދުމަށް މިހާރަށްވުރެ ފަސޭހަ ވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން ޕްރީ-އޯޑަރ އަދި އާޖެންޓް ދަތުރުތައް ކުރެވޭ ފީޗާއެއް ކުއިކް އެމްވީ އެޕްލިކޭޝަނުގައި ވެއެވެ. މިއީ ކަސްޓަމަރުންނަށް ނުވަތަ ޓެކްސީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޓެކްސީ އެންމެ ބޮޑަށް ބޭނުންވާނެ ހާލަތްތަކުގައި އެ ޓެކްސީގެ ޚިދުމަތް، ކަސްޓަމަރަށއަށް ލިބުމަށް އެހީތެރިވެދިނުމަށް ހިމަނާފައިވާ ފީޗާއެކެވެ. ޝެޑިއުލް ދަތުރެއް ކަމުގައިވިޔަސް، ނުވަތަ ޓްރެފިކް ބާރުބޮޑު ގަޑިތަކުގައި ކުއްލި (އާޖެންޓް) ދަތުރެއްކަމުގައި ވިޔަސް، މި އެޕްލިކޭޝަނުން ކާރާއި ވޭން ދަތުރަށް ވެސް އޯޑަރ ކޮށްލެވޭނެއެވެ. މީގެ އިތުރުން ސައިކަލު ޓެކްސީގެ ހިދުމަތް ވެސް މިހާރަށް ވުރެ ފަސޭހައިން ލިބޭނޭ ގޮތަށް ރައިޑަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައި ވެސް ކުއިކް އެމްވީގެ ފަރާތުން ފާހަގަކުރިއެވެ.

ކުއިކް އެމްވީގެ އެއް ފައުންޑަރ އާދަމް އަލީ ފާހަގަކުރެއްވި ގޮތުގައި މި އެޕްލިކޭޝަންގެ ޕްރީ އޯޑަރު ފީޗާ އަކީ ވަކި ވަގުތެއްގައި ވަކި މަންޒިލަށް ދާން ޖެހޭ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައި ހުރި ވަރަށް ވެސް ހާއްސަ އަދި އަދި ފައިދާހުރި ފީޗާއެކެވެ. ކުއިކް އެމްވީ އެޕްލިކޭޝަންގައި މިހާރުވެސް 1000 އަށްވުރެ ގިނަ ޑްރައިވަރުން ތިބޭއިރު، ޚިދުމަތް އަވަސް ކުރުމުގެ ގޮތުން ކޮންމެ ގަޑިއަކުވެސް މާލެ ތެރޭގެ ދަތުރުތަކަށް ޚާއްޞަކޮށްގެން ޑްރައިވަރުން ތިބޭނެ އެވެ.

މީގެ އިތުރުން އެޕްގައި ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ ފީޗާއެއް ވެސް ވަނީ ހިމަނާފައެވެ. އެކަމަށް ހާއްސަކޮށްގެން އެޕްގެ ވެބް ވާޝަންއެއް ވަނީ ތައާރަފު ކޮށްފައެވެ. މި ފީޗާ އޮފީސްތަކުގައި ކޮމްޕިއުޓަރ ކައިރީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ކުއިކް އެމްވީ ޓީމުން ފާހަގަ ކުރެއެވެ.

ޕްރޮފެޝަނަލިޒަމަކީ ކުއިކް އެމްވީގެ ގެ އެންމެ މުހިންމު އެއް ފޯކަސް ކަމަށާއި މި އެޕްލިކޭޝަނުންގެ ޑްރައިވަރުންނަކީ ޕްރޮފެޝަނަލް ގޮތެއްގައި ފަސިންޖަރުންނާ މުއާމަލާތްކޮށް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ތަޖުރިބާ ލިބިހުރި ޑްރައިވަރުންކަންވެސް ފާހަގަކުރިއެވެ. އަދި ކުއިކް އެމްވީގެ ފަރާތުން ހުރިހާ ޑްރައިވަރުންނަށް ވެސް ކުއިކްއެމްވީގެ ޓީމާ ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަންހެން ބޭފުޅުންނަށް ވެސް ފަހި ފުރުސަތުތަކެއް އޮތް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ހުޅުވާލައިގެން ކުއިކް އެމްވީ އިންވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މާޗް 31، 2025 އާ ހަމައަށް ކުރިއަށްދާ މިޕްރޮމޯޝަންގައި ކުރާ ކޮންމެ ދަތުރަކުން ވައުޗަރެއް ލިބޭނެއެވެ. ފަސިންޖަރުން ކުރާ ކޮންމެ ދަތުރަކަށް އެއް ވައުޗަރ ލިބޭއިރު، ޑްރައިވަރުން ކުރާ އެތެރޭގެ ކޮންމެ ދަތުރުތަކަށް ދެ ވައުޗަރ އަދި އެހެން ކޮންމެ ދަތުރަކަށް 01 ވައުޗަރ ލިބިއެވެ. މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ޑްރައިވަރާއި ޕަސެންޖަރަށްވެސް އައިފޯން 16 ޕްރޯ ލިބޭނެ ކަމަށް މަޢުލޫމާތުދީފައެވެ.

ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް ތައާރަފްކޮށްފައިވާ މި އެޕްލިކޭޝަނަކީ ބަގްސްގެ އުނދަގޫ ނުޖެހޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. ތަފާތު ގިނަ ބަދަލުތަކާއި އަދި ޕަސެންޖަރުންނަށް ފަސޭހަ ޚިދުމަތާއިއެކު ކުއިކް އެމްވީ ވެގެންދާނީ މާލޭގެ ޓެކްސީގެ ޚިދުމަތަށް ބޮޑު ބަދަލެއް ގެންނާނެ އެޕްލިކޭޝަނަކަށެވެ. ކުއިކް އެމްވީ އެޕްލިކޭޝަން އެޕްސްޓޯރ އިން އަދި ޕްލޭސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.

ކުއިކް އެމްވީ އެޕްލިކޭޝަން އަދި ސެންޓަރުން ވަނީ ކުއިކް އެމްވީ ގެ ސެންޓަރު ނަންބަރު އަދި ހޮޓްލައިން ނަންބަރު ވެސް ތައާރަފްކޮށްފައެވެ. އެއީ 3348080 އަދި 7317575 އެވެ.

ކުއިކް އެމްވީޓެކްސީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު