Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އާއްމު ސަރޖަރީތައް ހުއްޓާލިކަމަށް ދެކެވޭ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި

2 ފެބުރުއަރީ 2025 | އާދީއްތަ 09:44

ސްކްރީންޝޮޓްތަކުގެ ސައްހަކަމާއި މެދު ސާފު ޖަވާބެއް އައިޖީއެމްއެޗްގެ ފަރާތުން ވަނީ ލިބޭ ގޮތް ނުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2025 | އާދީއްތަ 09:44
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އާއްމު ސަރޖަރީތައް ހުއްޓާލިކަމަށް ދެކެވޭ ވާހަކަ އައިޖީއެމްއެޗް އިން ދޮގުކޮށްފި އެވެ.

މީސްމިޑިއާގައި މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައި ވަނީ އައިޖީއެމްއެޗްގެ ޚިދުމަތްތަކާއި ގުޅުން ހުރި މެސެޖެއް ކަމަށް ބުނާ މެސެޖެއް މީސްމީޑިއާއަށް ލީކުވި ހިސާބުންނެވެ.

Advertisement - newsAdvertisement

ދައުރުވަމުންދާ ސްކްރީންޝޮޓްތަކުގައި ބުނެފައި ވަނީ އަސާސީ އަދި ކްރިޓިކަލް އާލަތްތައް ނެތުމުގެ ސަބަބުން ބައެއް ސަރޖަރީތައް ކުރެވެން ނެތް ކަަމަށް ބުނެފައެވެ. އެެހެންކަމުން ސަރޖަރީ ޝެޑިއުލް ނުކުރުމަށް އެމެސެޖުގައި ވަނީ އަންގާފައެވެ. އެހެންނަމަވެސް އެމަރޖެންސީ ސަރޖަރީތައް ކުރިއަށްދާނެ ކަމަށް އެ މެސެޖުގައި ވަނީ ބުނެފައެވެ.

ހަމައެއާއި އެކު ބައެއް އާއްމުން ވަނީ ސަރޖަރީތައް ކުރާނެ ކަމަށް ބުނެފައިވާ މީހުންގެ ސަރޖަރީތައް ވަކި ސަބަބެއް ނާންގާ ލަސްކުރަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި އެ މައުލޫމާތު ހިއްސާކޮށްފައެވެ. މި ވާހަކަތަކާއި އެކު ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އާއްމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން ދޭން ބޭނުންވާ މެސެޖު އެ ހޮސްޕިޓަލްގެ މީސްމީޑިއާގައި ހިއްސާކޮށްފައިވާނެ ކަމަށެވެ.

އާދިއްތަ ދުވަހު އައިޖީއެމްއެޗުން މީސްމީޑިއާގައި ހިއްސާކުރި މެސެޖުގައި ވަނީ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ބުނެ ފެތުރެނީ ދޮގު ޚަބަރެއް ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލްގެ ސަރޖަރީ އާއި ގުޅުން ހުރި ޚިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކަކާއި ވަނީ ދިމާވެފައެވެ. އެހެންކަމުން އެ މައްސަލަ ދިމާވީ ކޮންއިރަކުތޯ ސާފުކުރުމަށް ރާއްޖެއެމްވީން ސުވާލުކުރުމުން އައިޖީއެމްއެޗުން އެކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ހަމައެހެންމެ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން މަސައްކަތް ކުރި ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އިން އަދި މިހާތަނަށް އެކަމާއި ގުޅުން ހުރި އިތުރު ތަފްސީލްތަކެއް ހިއްސާކުރައްވާފައެއް ނުވެއެވެ. އެެހެންކަމުން ދައުރުވަމުންދާ ސްކްރީންޝޮޓްތަކުގެ ސައްހަކަމާއި މެދު ސާފު ޖަވާބެއް އައިޖީއެމްއެޗްގެ ފަރާތުން ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައިޖީއެމްއެޗް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް