Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ނާހިލްގެ މަސައްކަތާ މެދު ގިނަ ކުލަބުތަކުން ތިބީ ހިތްހަމަ ޖެހިފައި!

މަގާމުގައި ދެ މަހާ ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު، ނާހިލް އިސްތިއުފާ ދީފައި ވަނީ މި މަހުގެ 29 ވީ ބުދަ ދުވަހު އެވެ. އޭގެ ކުރިން ރާއްޖޭގެ ގިނަ ކުލަބުތަކެއް ސޮއިކޮށް، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީ އަށް ވަނީ ސިޓީ އެއް ފޮނުވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2025 | ހޮނިހިރު 07:20
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަކަށް ހުރި ނާހިލް

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަކަށް ހުރި ނާހިލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމުގައި ހުންނެވި ނާހިލް މުޙައްމަދު ޞިއްދީޤު އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭކަން ގިނަ ކުލަބުތަކުން އަންގާފައި އޮތްކަން ހާމަވެއްޖެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަަހުގެ 10 ވަނަ ދުވަަހު އެވެ. މަގާމުގައި ދެ މަހާ ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު، ނާހިލް އިސްތިއުފާ ދީފައި ވަނީ މި މަހުގެ 29 ވީ ބުދަ ދުވަހު އެވެ. އޭގެ ކުރިން ރާއްޖޭގެ ގިނަ ކުލަބުތަކެއް ސޮއިކޮށް، އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީ އަށް ވަނީ ސިޓީ އެއް ފޮނުވައިފަ އެވެ.

ކުލަބުތަކުގެ އިސްވެރިން ސޮއި ކޮށްފައިވާ އެ ސިޓީ ވަނީ “ރާއްޖެ އެމްވީ” އަށް ލިބިފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރަށް އެޑްރެސްކޮށް ފޮނުވާފައި އެ ސިޓީގައި އެފްއޭއެމްގެ މެމްބަރު ދެ ކުލަބެއް ފިޔަވައި، ހުރިހާ ކުލަބަކުން ވަނީ ސޮއި ކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކުލަބެއް ވެސް ހިމެނެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މިދިޔަ މުއްދަތުގައި ފުޓުބޯޅައިގެ ކަންކަން އިސްލާހު ކުރުމާއި، ޙާލަތު ބަދަލު ކުރުމަށް ނާހިލް ކޮށްފައިވާ މަސައްކަތްތައް ކުލަބުތަކުން ބަލައި ގަންނަ ވާހަކަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ހުއްޓިފައިވާއިރު، އެކަން އަލުން ފަށައި ގަތުމަށް ވެސް ނާހިލް ގިނަ މަސައްކަތްތަކެއްކޮށް، ކުލަބުތަކާ ގުޅިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މިހާރު ފުޓުބޯޅަ އަށް ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި ވެސް ނާހިލް މަސައްކަތް ކުރަމުން އައީ ކުލަބުތަކުގެ މެދުގައި ހަމަހަމަކަމާއި، އިންސާފުވެރިކަމާ އެކު ވެސް ބުނެފައިވެ އެވެ.

އެހެންކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމުން ނާހިލް އިސްތިއުފާ ދިނުމުގެ ފަހަތުގައި އެހެން މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެގޮތުން އެފްއޭއްމެ ނުވަތަ ނޯމަލައިޒިން ކޮމެޓީގެ ތެރޭގައި އިތުރު މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ވެސް މި ދަނޑިވަޅުގައި ވަނީ ފެތުރިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ނާހިލް އަޙުމަދު ސިއްދީޤު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު