Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކީރިތި ގުރުއާން

ކީރިތި ޤުރުއާން އެންދި މީހާ ސްވިޑްންގައި ބަޑިޖަހާ މަރާލައިފި

އިރާގަށް އުފަން އުމުރުން 38 އަހަރުގެ މޮމިކާ ވަނީ 2023 ވަނަ އަހަރު ސްވިޑްންގައި އިސްލާމްދީނުގެ މާތްވެގެންވާ ފޮތް ކަމުގައިވާ ޤުރުއާން އަންދާލުމާއި އިސްލާމް ދީނުގެ ހުރުމަތް ކެނޑޭ އެތައް ހަރަކާތެއް ހިންގާފައެވެ.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 16:43
ސަލްވާން މޮމިކާ - ސެޕްޓެމްބަރު 3، 2023 ގައި މެގަފޯނެއް ހިފައިގެން - އޭނާ ވަނީ 2023 ވަަނަ އަހަރު އެތައް ފަހަރަކު ގުރުއާން އަންދާފައި

ސަލްވާން މޮމިކާ - ސެޕްޓެމްބަރު 3، 2023 ގައި މެގަފޯނެއް ހިފައިގެން - އޭނާ ވަނީ 2023 ވަަނަ އަހަރު އެތައް ފަހަރަކު ގުރުއާން އަންދާފައި

ސްވިޑްންގައި ކީރިތި ގުރުއާން އެންދި މީހާ ބަޑިޖަހާ މަރާލައިފިއެވެ.

ސްވީޑިޝް ޕަބްލިކް ޓެލެވިޜަން އެސްވީޓީ އިން ބުރާސްފަތި ދުވަހު ރިޕޯޓުކުރި ގޮތުގައި 38 އަހަރުގެ ސަލްވާން މޮމިކާ ސްޓޮކްހޯމްގެ ސިޓީއެއްގައި ހުރި އޭނާގެ އެޕާޓްމަންޓުގައި މަރާލީ ބަޑިޖެހުމުގެ ސަބަބުން ކަމުގައެވެ.

ސްވިޑްންގެ ފުލުހުން ބުނީ ރޭގަނޑުގެ ވަގުތެއްގައި ބަޑިޖެހުމުގެ ހާދިސާއެއްގެ ރިޕޯޓެއް ލިބުނު ކަމަށާއި، އެތަނުން މީހަކު ބަޑިޖަހައިގެން ސީރިސް ޒަޚަމްތަކެއް ވެފައިވަނީކޮށް ފެނުނު ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ބުނެފައިވެއެވެ. މަރުވެފައިވާ މީހާއަކީ މޮމިކާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެ ހާދިސާ އާ ގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ތަޙުޤީޤެއް ފެށިފައިވާ ކަމަށް ބުންޏެވެ.

މޮމިކާ މަރާލި އިރު ބުރާސްފަތި ދުވަހު ސްޓޮކްހޯމްގެ ޑިސްޓްރިކްޓް ކޯޓެއްގައި އޭނާ ހިމެނޭ ގޮތުން ބައެއްގެ މައްޗަށް ހިންގާ ޝަރީއަތެއްގެ ހުކުމް ކުރުމަށް ވެސް އޮތީ ތާވަލު ކޮށްފައެވެ. ކޯޓުން ބުނި ގޮތުގައި މޮމިކާ ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނޭ ޝަރީޢަތެއްގައި ބުރާސްފަތި ދުވަހަށް ހަމަޖެހިފައިވާ ޙުކުމް އިއްވުން މިހާރު ވަނީ ފަސްކުރެވިފައެވެ. މޮމިކާ އަށް އިޝާރާތް ކޮށް ކޯޓުން ބުނީ އެއީ ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން އެކަކު މަރުވެފައިވާތީ ކަމަށެވެ. މޮމިކާ އާއި އޭނާއާއެކު ދަޢުވާލިބޭ އިތުރު ފަރާތްތަކެއްގެ މައްޗަށް ސްޓޮކްހޯމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލަ އަކީ ކީރިތި ގުރުއާން އެންދުމަށް ފަހު ވަކި ނަސްލަކާ މެދު ނަފްރަތު އުފެދޭ ގޮތައް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އުފުލުނު ދައުވާއެކެވެ.

އިރާގަށް އުފަން އުމުރުން 38 އަހަރުގެ މޮމިކާ ވަނީ 2023 ވަނަ އަހަރު ސްވިޑްންގައި އިސްލާމްދީނުގެ މާތްވެގެންވާ ފޮތް ކަމުގައިވާ ޤުރުއާން އަންދާލުމާއި އިސްލާމް ދީނުގެ ހުރުމަތް ކެނޑޭ އެތައް ހަރަކާތެއް ހިންގާފައެވެ. އޭނާ ޤުރުއާން އަންދާ ވީޑިއޯތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، މުސްލިމު ޤައުމުތަކުގައި އެކަމާ ގުޅިގެން ރުޅި އާއި ފާޑުކިޔުން އިތުރުވެ، އެތައް ތަނެއްގައި ހަމަނުޖެހުން އުފެދުނުކަން ފާހަގަ ކުރެވެއެވެ.

މޮމިކާ ވަނީ އިސްލާމްދީނާ ދެކޮޅަށް އެތައް ހަރަކާތެއް ހިންގާ އެތައް ތަނެއްގައި ކިރީތި ގުރުއާން އަންދާފައެވެ.

2023 ވަނަ އަހަރު އިރާޤުގެ ފޮރިން މިނިސްޓްރީން އެނާ އިރާގަށް ހަވާލު ކުރުމަށް ސްވިޑްން އަށް ގޮވާލިއެވެ. އެއީ އެ ޤައުމުގެ ޤާނޫނުތަކާ އެއްގޮތަށް އޭނާގެ މައްޗަށް ޝަރީޢަތް ކުރުމަށްޓަކައި ކަމަށް އިރާގުން ބުނެފައިވެއެވެ.

މިނިސްޓްރީން ބާރުއަޅައި ބުނެފައިވަނީ މޮމިކާގެ ނުބައި ޢަމަލަކީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށާއި، އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ މުސްލިމުންގެ އިހްސާސްތަކަށް ފުން އަސަރެއް ކޮށްފައިވާ ކަމަށެވެ.

އޭނާގެ އެ ނުބައި އަމަލުގެ ސަބަބުން ބަޣްދާދުގައި ހުރި ސްވިޑްންގެ އެމްބަސީގެ ކުރިމަތީގައި ދެފަހަރެއްގެ މަތިން ހަމަނުޖެހުން ހިނގާފައިވެއެވެ. އަދި އެކަމާ ގުޅިގެން ހިނގި ޑިޕްލޮމެޓިކް އަރާރުންތަކެއްގެ ތެރެއިން ސްވިޑްންގެ އެމްބެސެޑަރު އިރާގުން ބޭރުކޮށްލިއެވެ.

ސްވިޑްންގެ ސަރުކާރުން މޮމިކާ ގުރުއާން އެންދި މުޒާހަރާ އަށް ހުއްދަ ދީފައިވަނީ އެގައުމުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން، ވަކި ޙާލަތްތަކެއްގައި ދީނީ ފޮތްތައް އެންދުން ފަދަ ކަންކަން ހިންގާ މުޒާހަރާތައް މަނާ ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބަލާނެ ކަމަށް ސްވިޑްން ސަރުކާރުން ވަނީ ވަޢުދުވެފައެވެ.

ސަލްވާން މޮމިކާސްވިޑްން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ

ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ

04 ފެބުރުއަރީ 2025
ސްވިޑްން ސަރުކާރުން ޤުރުއާނަށް އިހާނެތިކޮށް ހިތުމަށް ފުރުސަތު ދިނުމުން، ތުރުކީގެ ރައީސް އެކަން ކުށްވެރިކުރައްވައިފި

ސްވިޑްން ސަރުކާރުން ޤުރުއާނަށް އިހާނެތިކޮށް ހިތުމަށް ފުރުސަތު ދިނުމުން، ތުރުކީގެ ރައީސް އެކަން ކުށްވެރިކުރައްވައިފި

28 ޖޫން 2023
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

07 އެޕްރީލު 2023
ލުކަކޫ އެނބުރި އަތުވެއްޖެ، ސްވިޑުން ބަލިކުރަން ހެދީ ހެޓްރިކް!

ލުކަކޫ އެނބުރި އަތުވެއްޖެ، ސްވިޑުން ބަލިކުރަން ހެދީ ހެޓްރިކް!

25 މާރިޗު 2023
41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

16 މާރިޗު 2023

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު