Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދުނިޔެ
ސްވީޑްންއިން ނޭޓޯގެ ގައުމަކަށް ވުމަށް ހުށަހެޅުން

ނޭޓޯގެ ގައުމަކަށްވުމަށް ހުށަހެޅުމުން އެމެރިކާއިން ސްވީޑްންއަށް އެއްބާރުލުން ދޭނެކަމަށް ބުނެފި

ނޭޓޯއާ ގުޅުމަށް ހުށަހެޅުމުން، ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ވަންދެން އެމެރިކާގެ އެހީ އެގައުމަށް ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 5 މެއި 2022 | ބުރާސްފަތި 09:33
ސްވީޑްންގެ ފޮރިން މިނިސްޓަރު އޭން ލިންޑެ

ސްވީޑްންގެ ފޮރިން މިނިސްޓަރު އޭން ލިންޑެ

ސްވީޑްންއިން ނޭޓޯގެ ގައުމަކަށް ވުމަށް ހުށަހަޅައިފި ނަމަ އެމެރިކާއިން އެގައުމަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވާކަމަށް ސްވީޑްންއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ވޮޝިންގްޓަނަށް ކުރެއްވި ދަތުރުފުޅުގައި ސްވީޑްންގެ ފޮރިން މިނިސްޓަރު އޭން ލިންޑެ ވަނީ އެގައުމުން ނޭޓޯއާ ގުޅުމަށް ހުށަހެޅުމުން، ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަވަންދެން އެމެރިކާގެ އެހީ އެގައުމަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމެރިކާއިން ދީފައިވާކަމަށް ވިދާޅުވެފައެވެ.

ފިނި ހަނގުރާމައަށްފަހު ސްވީޑްން އަދި ފިންލޭންޑުން ނޭޓޯއާ ގުޅިފައެއް ނުވެއެވެ. ނަމަވެސް 2014 ވަނަ އަހަރު ކްރިމިއާ ހިފުމަށް ރަޝިއާއިން ކުރި މަސައްކަތާއި މިއަހަރު ޔޫކްރެއިނަށް އަރައި ޔޫކްރެއިންގައި ކުރިއަށް ގެންދާ ހަނގުރާމައާއެކު އެ ދެގައުމުންވެސް ދަނީ އެގައުމުތަކުގެ ސަލާމަތީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާތައްކޮށް ނޭޓޯއާ ގުޅުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ސްވީޑްން އަދި ފިންލޭންޑްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ނޭޓޯގެ ގައުމަކަށް ވުމަށް ހުށަހެޅުމަށްފަހު ރަސްމީކޮށް އެޖަމާއަތުގެ ގައުމަކަށް ވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަން ނަގާ ދުވަސްތަކުގައި ކުރިމަތިވެދާނެ ނުރައްކަލަކާ މެދުއެވެ. ނޭޓޯގެ މިހާރުގެ ހުރިހާ ގައުމެއްގެ ތާއީދާއެކު އެޖަމިއްޔާގެ ގައުމަކަށްވުމަށް އަހަރުގެ ދުވަހުގެ ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރެއްވުމަށް ފަހު ވޮޝިންގްޓަންގައި ހުންނަވާ ސްވީޑްންގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އޭން ވަނީ އެދެބޭފުޅުންގެ ދެމެދު ދެކެވުނު ވާހަކަތަކުގެ މާބޮޑު ތަފްސީލެއް ހާމަނުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އެގައުމަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިކަމުގައި އެމެރިކާގެ އެއްބާރުލުން ލިބުނު ނަމަވެސް އެގައުމަށް ސީދާ ހަމަލާއަކުން ދިފާއުވުމަށް އަސްކަރީ އެހީތަކެއް ނުދެވޭނެ ކަމަށާއި އެއީ ނޭޓޯގެ މެމްބަރަކަށް ވުމުން ގެރެންޓީވާނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އެއްބާރުލުން ލިބޭނެކަމަށް ބުނެފައި ވަނީ ސީދާ ކޮންކޮން ކަންތަކެއްގައިކަން ހިއްސާ ކުރައްވަން މިނިސްޓަރު ވަނީ ދެކޮޅުހައްދަވާފައެވެ.

އޭނާ ވަނީ ސްވީޑްންގެ މިނިންމުމާ ހިތްހަމަ ނުޖެހި އެގައުމާ ދެކޮޅަށް ރަޝިއާއިން އެއްވެސް ކަހަލަ އިންޒާރެއްދީ އެއްވެސް ކަހަލަ ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާއިން އެތަން ބަލަން މަޑުން ނޯންނާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

މިދެބޭފުޅުންގެ ބައްދަލުވުމަށްފަހު އެމެރިކާގެ ސްޓޭޓް ޑިޕަރޓްމެންޓުން ނެރުނު ބަޔާނެއްގައި ވަނީ އައު ގައުމުތަކުން ނޭޓޯއާ ގުޅުމަށް އެގައުމުގެ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ. ނަަމަވެސް ނޭޓޯގެ މެމްބަރަކަށް ވުމުގެ ކުރިން އެމެރިކާގެ އަސްކަރީ ހިމާޔަތް ލިބޭނެ ކަމުގެ ވާހަކަ ހިމަނާފައެއް ނުވެއެވެ.

މިދިޔަ މަހު ސްވީޑްންގެ ޑިފެންސް މިނިސްޓަރު ވަނީ ނޭޓޯގެ ގައުމަކަށް ވުމަށް އެގައުމުން ހުށަހަޅައިފި ނަމަ އެކަމުގެ ސަބަބުން ރަޝިއާގެ ފަރާތުން ގޮންޖެހުންތަކަކާ ކުރިމަތިވެދާނެކަން ފާހަގަކުރައްވާފައެވެ.

ސްވީޑްން އަދި ފިންލޭންޑުންވެސް ނޭޓޯއާ ގުޅުމުގައި މިމަހު ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ދެގައުމުން އެޖަމާއަތާ ގުޅުމަކީ ރަޝިއާއިން ތާއިދުކުރާ ކަމެއް ނޫންކަމަށް ރަޝިއާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ސްވީޑްން އަދި ފިންލޭންޑުން ނޭޓޯއާ ގުޅިއްޖެ ނަމަ ނިއުކްލިއަރ ހަތިޔާރާ ހައިޕަރސޮނިކް މިސައިލްތަކުގެ ހަމަލާތައް ދެވިދާނެ ކަމުގެ އިންޒާރު ރަޝިއާއިން ވަނީ ދީފައެވެ.

ސްވިޑްންނޭޓޯއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު