Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުން

ތުރުކީއާއެކު އިތުރު މަޝްވަރާތައް ކުރާނެކަމަށް ސްވިޑްންއާއި ފިންލޭންޑުން ބުނެފި

ތުރުކީގެ ރައީސް ވަނީ އެގައުމުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާ ރަނގަޅު ޕްރޮޕޯސަލެއް، ސްވިޑްންއާއި ފިންލޭންޑުން އަދި ހުށަހަޅާފައިނުވާކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖޫން 2022 | ބުރާސްފަތި 12:31
ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަދިވެސް ތުރުކީއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެ ދެގައުމުން ވަނީ ބުނެފައި

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަދިވެސް ތުރުކީއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެ ދެގައުމުން ވަނީ ބުނެފައި

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަދިވެސް ތުރުކީއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެ ދެގައުމުން ބުނެފިއެވެ.

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯގެ މެމްބަރު ގައުމުތަކަށް ވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ތުރުކީގެ އެއްބާރުލުމާއި ތާއީދު ނުލިބޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެކަމަށް ތުރުކީގެ ތާއީދު ނެތްކަމަށް އެކި ފަހަރު މަތިން އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެފައިވާއިރު، މިކަމާގުޅޭ މަޝްވަރާތައް ކުރުމަށް ސްވިޑްންއާއި ފިންލޭންޑްގެ މަންދޫބުން ވަނީ ތުރުކީއަށް ވަޑައިގަންނަވާފައެވެ.

މިމަޝްވަރާތަކާ ގުޅިގެން ބުދަ ދުވަހު ތުރުކީގެ ރައީސް ވަނީ، އެގައުމުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރާ ރަނގަޅު ޕްރޮޕޯސަލެއް ސްވިޑްންއާއި ފިންލޭންޑުން އަދި ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެފައެވެ. ތުރުކީން މިދެގައުމު ނޭޓޯގެ މެމްބަރުންނަށް ވުމަށް އެއްބާރުލުން ދެމުން ނުދަނީ، ދެގައުމުން ވެސް ޓެރަރިސްޓުންނަށް ވާގިވެރިވާކަމަށް ބުނެއެވެ.

އުރުދުޣާން ވަނީ ތުރުކީން ބަލަން ބޭނުންވީ މިދެގައުމުން ތުރުކީގެ އެއްބާރުލުން ހޯދަން އަންނަ އިރު، އެގައުމުގެ ކަންބޮޑުވުންތަކަށް މުހިންމުކަން ދޭނީ ކިހާ މިންވަރަކަށްތޯ ކަމަށާއި، ސްވިޑްންއާއި ފިންލޭންޑްގެ ފަރާތުން ރަނގަޅަށް އެއްބާރުލުން ނުލިބޭހާ ހިނދަކު ތުރުކީގެ އެއްބާރުލުން އެ ދެގައުމަށް ނުލިބޭނެކަަމަށް ވިދާޅުވެފައެވެ.

ޓެރަރިސްޓުން އެގައުމާ ހަވާލުނުކޮށް ނޭޓޯއާ ގުޅެން ތުރުކީގެ ތާއީދު ހޯދަން އަޔަސް، ސްވިޑްންއާއި ފިންލޭންޑަށް ތާއީދު ނުލިބޭނެކަމަށް އުރުދުޣާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ތުރުކީން ބުނަނީ ސްވިޑްންއާއި ފިންލޭންޑުން ދަނީ، ތުރުކީން ޓެރަރިސްޓުންގެ ގޮތުގައި ބަލާ ބަޔަކަށް އެގައުމުތަކުގައި ހިމާޔަތް ދެމުންކަމަށެވެ. އެގޮތުން ކުރުދިސްތާން ވޯރކަރސް ޕާޓީ (ޕީކޭކޭ) ގްރޫޕްގެ މީހުންނާއި ފަތުހުﷲ ގުލެންގެ މީހުންނަށް އެ ދެގައުމުން ހިމާޔަތްދޭކަމަށް ތުރުކީން ބުނެއެވެ.

އުރުދުޣާން ވަނީ ތުރުކީގެ ބޯޑަރު ޓެރަރިސްޓުންގެ ފަރާތުން ރައްކާކުރުމަކީ އެގައުމުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ތުރުކީން ކުރުދީ ގްރޫޕާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދުވަހަކުވެސް ނޭޓޯގެ ގައުމުތަކުގެ އެއްބާރުލުން ނުލިބޭކަމަށާއި، ސީރިއާގެ ކުރުދީ ގްރޫޕް ވައިޕީޖީއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައިވެސް އެޖަމިއްޔާގެ އެއްބާރުލުން ނުލިބޭކަމަށް ތުރުކީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އުރުދުޣާން ވަނީ ތުރުކީއަށް ނޭޓޯގެ މެމްބަރުކަން މުހިންމުވާނީ އެގައުމުން ޚާއްސަ އިސްކަމެއްދޭ ކަންކަމަށް އެޖަމްއިއްޔާ ކުރާ އިހުތިރާމުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައެވެ.

ނޭޓޯއަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖަމްއިއްޔާއަކަށްވާއިރު، އެގައުމުގެ ރައްކާތެރިކަން ކަށަވަރުނުވާނެ ކަންކަމަށް އާނއެކޭ ނުބުނެވޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ވިސްނުން މިގޮތަށް ހުރިއިރު، އަދިވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބިކަމަށް ސްވިޑްންއާއި ފިންލޭންޑުން ވަނީ ފާހަގަކޮށްފައެވެ. ސްވިޑްންގެ ބޮޑުވަަޒީރު މަގްޑެލީނާ އެންޑަރސަން ވަނީ އެގައުމުން ތުރުކީއާއެކު އިތުރު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ބުދަ ދުވަހު ވިދާޅުވެފައެވެ.

ދެގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ތަފްސީލީ މަޝްވަރާތައް ކުރިއަށް ގެންގޮސް، އުފެދިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެކަމަށް އެންޑަރސަން ވަނީ ވިދާޅުވެފައެވެ.

ތުރުކީއަކީ ނޭޓޯއަށް މުހިންމު ގައުމެއްކަމަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވެފައިވާއިރު، ތުރުކީގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ނޭޓޯއާއި މެމްބަރު ބައެއް ގައުމުތަކުގެ މެދުގައި ދެބަސްވުންތަކެއް ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޖިއޮގްރަފީގެ ގޮތުން ތުރުކީ އޮންނަ ސަރަހައްދުގެ ސަބަބުންވެސް އެގައުމަކީ މުހިންމު ބައިވެރިއެއް ކަމަށް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ. އެގޮތުން ތުރުކީއަކީ އިރާގާއި ސީރިޔާއާ ކައިރީގައި އޮންނަ ގައުމަކަށްވެފައި، އައިސިސްއާ ދެކޮޅަށް އެޖަމްއިއްޔާއިން ކުރަމުގެންދާ މަސައްކަތްތަކުގައި ބޭނުންކުރަނީ ތުރުކީގެ ވަސީލަތްތައް ކަމަށާއި، މިހާރު ކުރިއަށްދާ ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅުވައި، ބްލެކްސީގެ މުހިންމުކަމާއެކު ތުރުކީއަކީ މުހިންމު ބައިވެރިއެއްކަން ސްޓޮލްޓެންބަރގް ފާހަގަކުރެއްވިއެވެ.

ތުރުކީއަކީ މުޅި ޖަމްއިއްޔާއަށްވެސް މުހިންމު ގައުމެއް ކަމަށް ވުމުން، މިހާރު ކުރިމަތިވެފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަކީ ފަސޭހައިން ކޮށްލެވޭނެކަމެއް ކަމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، މިކަމަށް ތުރުކީގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާތީ އެކަމަށް ވަނީ ބުރޫއަރާފައެވެ.

ތުރުކީން ވަނީ، އެގައުމުން ސްވިޑްން ނޭޓޯއާ ގުޅުމަށް އެއްބަސްވެވޭނީ އެގައުމުގެ 5 ޝަރުތެއް ފުރިހަމަކުރުން ކަމަށް ބުނެފައެވެ. އެގޮތުން ސްވިޑްންއިން ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާންކޮށްފައިވާ އެމްބާގޯވެސް އުވާލުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޓެރިސްޓުންނަށް ސިޔާސީ ސަޕޯޓް ފޯރުކޮށްދިނުން ހުއްޓާލުމަށާއި، ޓެރަރިސްޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމުގެ އިތުރުން، ޕީކޭކޭއާއި ސީރިއާގެ ވައިޕީޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯގެ މެމްބަރު ގައުމުތަކަށް ވުމަށް ރަސްމީކޮށް ފޯމު ހުށަހަޅާފައިވަނީ މެއި މަހުއެވެ.

ތުރުކީސްވިޑްންފިންލޭންޑްނޭޓޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
15 މެއި 2025

ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ

15 މެއި 2025
ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު