Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑުހިލަ ބަލްކުކޮށް ގެންނަވާ ވާހަކަ ތިޔަ ދައްކަވަނީ، ފަރުބަދަ ހުރިގޮތަށް ގެންނަންތޯއެވެ؟

ބައެއް މީހުން ބުނަނީ ރައީސް މުއިއްޒު އުޅުއްވަނީ ދައްކަވާނެ ނުދައްކަވާނެ ވާހަކައެއް ނޭނގިގެން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ރައީސް މުއިއްޒު ވިދާޅުވެވޭ އެއްޗެއް ޚުދު އެމަނިކުފާނަކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެއްވެސް އަމާޒެއް ނެތް ކަމަށާއި، އަމާޒު ލާހޫރެނީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 13:36
އޭރު ހިލަ ގެނައީ އެއް ލައްކަ ދެލައްކަ ޓަނު އެއްފަހަރާ ނަމަ މިއަދު ގެންނަވަން ތިޔަ އުޅުއްވާ ބަލްކަކީ ފަރުބަދަތައް ހުރި ގޮތަށްތޯ ބައެއް މީހުން ސުވާލު އުފައްދާ

އޭރު ހިލަ ގެނައީ އެއް ލައްކަ ދެލައްކަ ޓަނު އެއްފަހަރާ ނަމަ މިއަދު ގެންނަވަން ތިޔަ އުޅުއްވާ ބަލްކަކީ ފަރުބަދަތައް ހުރި ގޮތަށްތޯ ބައެއް މީހުން ސުވާލު އުފައްދާ

ބައެއް މީހުން ބުނަނީ ރައީސް މުއިއްޒު އުޅުއްވަނީ ދައްކަވާނެ ނުދައްކަވާނެ ވާހަކައެއް ނޭނގިގެން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ރައީސް މުއިއްޒު ވިދާޅުވެވޭ އެއްޗެއް ޚުދު އެމަނިކުފާނަކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. ބާކީ ތިބި މީހުން ބުނަނީ ރައީސް އުޅުއްވަނީ މޮޔަފުޅުވެގެން ކަމަށެވެ. ރައީސްއަށް ވާނުވާ ނޭނގިގެން އުޅުއް ކަމަށާއި، އެއްވެސް އަމާޒެއް ނެތް ކަމަށާއި، އަމާޒު ލާހޫރެނީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މި ޒާތްޒާތުގެ ވާހަކަ ރައްޔިތުން ދައްކަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ޚާއްސަކޮށް ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން އަދި ރައީސް މުއިއްޒުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެކިފަހަރު ދައްކަވާ ވާހަކަތައް ހުންނަނީ މީހަކު އެއްޗެއް ނުބުނާ ގޮތަކަށްވެސް ނޫނެވެ. އަދި ވަކިން ބޮޑަށް ރަށްރަށަށް މި ކުރައްވާ ދަތުރުފުޅުތަކުގައި ރައީސަށް ދެއްކެވޭ ނުދެއްކެވޭ ވާހަކައެއް ޚުދު ރައީސްއަށް އެނގިވަޑައިގަންނަވާހެނެއްވެސް ހިއެއް ނުވެއެވެ.

ކުޑަ ރަށަކަށް ވަޑައިގެންނެވިއްޖެނަމަ ދައްކަވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ ތަރައްޤީ ކޮށްދެއްވާނެ ކަމުގެ ވާހަކައެވެ. އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ގެ މި ޓެގްލައިން މާ ގިނަގިނައިން މިހާރަކަށް އައިސް އެބަ ވިދާޅުވެވެއެވެ. އަނެއްކޮޅުން ބޮޑު ރަށަކަށް ވަޑައިގެންނެވިއްޖެއްޔާ ދައްކަވަނީ ކޮންމެވެސް އަރބަން ސެންޓަރުތަކެއްގެ ވާހަކައެވެ. މާލޭގައި ހުންނަވައިފިއްޔާ ދައްކަވަނީ ރަސްމާލެ ކިޔާ ޑްރީމް ޕްރޮޖެކްޓެއް ހައްދަވައިގެން 80 ވަރަކަށް ހާސް ފްލެޓް އަޅުއްވާ އާބާދީގެ ބޮޑު ބައެއް އެތަނަށް ގެންދާ ވާހަކައެވެ. ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއްޖެނަމަ އިނގިރޭސި ބަހުން ދައްކަވަނީ މީހުން ދިރިއުޅޭ 184 ރަށް ތަރައްގީ ނުކުރެވޭނެ ވާހަކައެވެ. ކުދި ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ޖެހޭނީ ހިޖުރަކުރަން ކަމުގައެވެ.

މި ހުރިހާ ޒާތަކަށް ވާހަކަފުޅު ދައްކަވަމުން ދެން ދައްކަވަނީ ތަރައްގީގެ ޕްލޭނެއް އޮތް ވާހަކައެވެ. ދުރުރާސްތާގެ ޕްލޭނެއްގެ ވާހަކައެވެ. މެދުރާސްތާގެ ޕްލޭނެއްގެ ވާހަކައެވެ. ސަރަހައްދީ ޕްލޭނުގެ ވާހަކަ އެވެ. އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓުން ގެ ވާހަކައެވެ. 7 އާބަން ސެންޓަރ ހުރިހާ ކަމެއް ހިމަނައިގެން ހައްދަވާނެ ވާހަކައެވެ. ވިހި އަހަރުގެ ޕްލޭނެއްގެ ވާހަކައެވެ. އަދި އެކަމަކު ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން ހަދަން ނުފަށާ ވާހަކަވެސް ވިދާޅުވެއެވެ. ދެން އިއުލާނު ކުރައްވަނީ މުޅި ރާއްޖޭގައި ހައުސިންގ ޔުނިޓް އަޅައިދޭނެ މީހުން ހޯދާށެވެ. އިއުލާނުގައި ވާ އަދަދުތައް ވެސް ޕޯޑިއަމްގައި ހުންނަވާފައި ހަމަ ކުއްލި އަކަށް ބަދަލު ކޮށްލަވަނީއެވެ. މިރަށަށް އޮންނާނީ އިއުލާނުގައި 100 ޔުނިޓެވެ. އެކަމަކު އަޅުގަނޑު 200 ޔުނިޓު އަޅާ ގޮތައް މި ހަމަޖެއްސީއެވެ. މަގުމަތިން ދިމާވާ ކުޑަކުއްޖަކު ނޯޓުކޮޅެއްގައި ލިޔެގެން ކަމަކު އެދުނަސް ވިދާޅުވާތީ އިވެނީ އެކަމެއް އެ އަހަރު ކޮށްދެއްވާނެ ކަމުގެ ވާހަކައެވެ. އެހިސާބުން އެއީ ބަޖެޓުގައި އޮތް ކަމެއްތޯ ނެތް ކަމެއްތޯ ބަލާކަށް ނުޖެހެއެވެ. އެމަނިކުފާނު އަރިހު ދެންނެވީމާ ވާންޖެހޭނެއެވެ. ވޭތުވެދިޔަ އަހަރު ކަމެއް ކޮށް ނުދެއްވީ ކީއްވެތޯ އަހައިފިނަމަ ވިދާޅުވާތީ އިވެނީ ބަޖެޓް އޮތް ގޮތުން ކަމަށެވެ. ބަނދަރު ނުހެދެނީ ކީއްވެތޯ އަހައިފިނަމަ ވިދާޅުވާތީ އިވެނީ ބޮޑުހިލަ ބަލްކުކޮށް ގެންނަވަން އުޅުއްވާތީ އަދި އެކަން ނުފެށި އޮތީއެވެ.

މީހަކު ހައިރާނެއް ނުވާނެހެއްޔެވެ. މިޔޮށް ހުރިހާ ދުވަހު ރަށްރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި ލާން ބޮޑު ހިލަ ގެނައީ ހިލައަކުން ހިލައަކުން ހެއްޔެވެ؟ އޭރު ހިލަ ގެނައީ އެއް ލައްކަ ދެލައްކަ ޓަނު އެއްފަހަރާ ނަމަ މިއަދު ގެންނަވަން ތިޔަ އުޅުއްވާ ބަލްކަކީ ފަރުބަދަތައް ހުރި ގޮތަށްތޯއެވެ؟

184 ރަށް ތަރައްގީ ނުކުރެވެންޏާ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ތަރައްގީ ކޮށްދެއްވަނީ ކިހިނެއް ތޯއެވެ؟ ބޮޑު ކޮންމެ ރަށެއް އަރބަން ސެންޓަރަކަށް ހައްދަވަންޏާ ރަސްމާލެ ހައްދަވައިގެން މާލޭ ސަރަހައްދަށް ޖަމާކުރައްވަން ތިޔަ އުޅުއްވަނީ ކޮން ބައެއްތޯއެވެ؟

ރަށްރަށަށް ވަޑައިގެން އެތައް ވައުދުތަކެއް ވެ ވަޑައިގަންނަވަމުން ކުރިން ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ކުރިން ސޮއެ ކޮށްފައިހުރި މަޝްރޫއުތަކުގައި އަލުން އެހެން މީސްމީހުން ލައްވާ ސޮއެ ކުރުވަމުން، ކުރިން ނިމި ކުޅެމުންދާ ފުޓްސަލް ދަނޑުތައް އަލުން ނިންމަވާނެ ކަމަށް ވިދާޅުވަމުން، މެލޭޝިޔާގެ ކުންފުންޏަކަށް ދީފައި އޮތް 50 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއުގައި ދިވެހި ކުންފުންޏެއް ލައްވާ ސޮއެ ކުރަމުން، ފައިސާ ހަމަނުޖެހޭ ޕްރޮޖެކްޓްތަކުގެ ބިންގާ އަމިއްލަފުޅަށް އަޅުއްވަމުން، ކުޑަކުއްޖަކު ގޯލްގައި ބަހައްޓަވައިގެން ފައި ކުރުކޮށްފައި ގޯލަށް ޕެނަލްޓީ ޖައްސަވަމުން، ތިޔަ އުޅުއްވަނީ ދިވެހިން ހަމަ ތަންދޮރު ނުދަންނާނެ ކަމަށް ހީފުޅުކުރައްވައިގެންތޯއެވެ؟ ތިޔަ ގޮތަށް ރައްޔިތުން ގުނބޯ ހައްދަވައިގެން އުޅުއްވުމުގެ ބަދަލުގައި ތިޔަ ވިދާޅުވާ އެކި ވަރުވަރުގެ ޕްލޭންތަކުން ނަތީޖާ އެއް ރައްޔިތުންނަށް ދެއްކެވޭތޯ އުޅުއްވުން މާރަނގަޅުވާނެ ނޫންތޯއެވެ.

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު