Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީން ވައްކަން ކުރުން

ޕީއެންސީއަކީ ޕާޓީތައް އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑު ވައްކަމެއް ކުރި ޕާޓީ: މެންބަރު ޒިޔާދު

30 ޖެނުއަރީ 2025 | ބުރާސްފަތި 09:46

ވައިކަރަދޫގެ ވެސް ގިނަ ރައްޔިތުން ޕީއެންސީއަށް އެމީހުންނަށް ނޭނގޭ ގޮތަށް ވައްދާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖެނުއަރީ 2025 | ބުރާސްފަތި 09:46
ރާއްޖެޓީވީއަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ރާއްޖެޓީވީއަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ނިންމެން ނެތް ކަމަށާއި، ނަމަވެސް އެއީ މިހާތަނަށް ޕާޓީތައް އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑު ވައްކަމެއް ކުރި ޕާޓީ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ވަގު ފޯމް ހުށަހަޅައި ޕީއެންސީއަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެޕާޓީއަށް ވައްދާފައިވާ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ހެނދުނު އެމްޑީޕީގެ މެންބަރުން ވަނީ އިލެކްޝަން ކޮމިޝަނަށް ހާޒިރުވެ، މިކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިއީ އެ ޕާޓީން މިމައްސަލާގައި އެ ކޮމިޝަނާ ބަދަލުކުރި 3 ވަނަ ފަހަރެއްވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މެންބަރު ޒިޔާދު ވިދާޅުވީ، ފޮޓޯ ޖަހައިގެން އޭނާގެ ނަމުގައި ވަގު ފޯމް ވައްދާފައިވާއިރު، އެމައްސަލާގައި ފޯމް ހުށަހެޅީ ކޮން ފަރާތަކުންތޯ އިލެކްޝަން ކޮމިޝަން (އީސީ)އިން ހާމަކުރަންޖެހޭ ކަމަށާއި، މިއަދާ ހަމައަށް އައިރު ވެސް އެކަން ކޮމިޝަނުން ހާމަކޮށްފައިނުވާ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ވައިކަރަދޫގެ ވެސް ގިނަ ރައްޔިތުން ޕީއެންސީއަށް އެމީހުންނަށް ނޭނގޭ ގޮތަށް ވައްދާފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ. މިހާރު ޕާޓީން ވަކިވާ އުސޫލު ވެސް އުދަނގޫ ކަމަށާއި، ފަސޭހަ ނިޒާމަކުން ޕާޓީން ވަކިވެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އީސީގައި އެދިފައިވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ޕީއެންސީއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެއީ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ނުނިންމޭނެ ކަމަށާއި، އެއީ އެންމެ ބޮޑު ވައްކަމެއް ކުރި ޕާޓީ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ޕީއެންސީއަށް އާއްމު ރައްޔިތުން ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނާނެ ކަމަށެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރުގެ 31ގެ ނިޔަލަށް އީސީއިން އާންމުކޮށްފައިވާ ތަފަށްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ. އެ ޕާޓިގައި 68،968 މެންބަރުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މެންބަރު ހުސެއިން ޒިޔާދު އެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
28 ނޮވެމްބަރު 2025

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް