Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝަމްނާޒުގެ އާއިލީ މީހުން ވަކިކުރުން

ރައީސްއާއި "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް ބަންދުކުރި ޝަމްނާޒުގެ އާއިލާގެ މެންބަރުން މަގާމުތަކުން ވަކިކޮށްފި

ޝަމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 06:58
ރައީސްއާއި "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްނާޒް (ވ) އަށް މަގާމުގެ ފަތްކޮޅު އަރުވަނީ

ރައީސްއާއި "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްނާޒް (ވ) އަށް މަގާމުގެ ފަތްކޮޅު އަރުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒްގެ އާއިލީ މެންބަރުން ސިޔާސީ މަގާމުތަކުން ވަކިކޮށްފިއެވެ.

ޝަމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މީގެ އިތުރުން މި މައްސަލައާއެކު ޝަމްނާޒުގެ ކުރީގެ ފިރިމީހާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

Advertisement - newsAdvertisement

ޝަމްނާޒު ހައްޔަރުކޮށް ދައުވާތަކެއްކޮށް މައްސަލަ ބެލުމަށްފަހު އޭނާ ދޫކޮށްލާފައިވާއިރު، ފަހުން އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުންވެސް އަދި ސަރުކާރުންވެސް ހާމަކޮށްފައިނުވެއެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފަިއވާ ގޮތުގައި ޝަމްނާގެ ދެ ކޮއްކޮއެއް ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަމްނާގެ ކޮއްކޮގެ އިތުރުން ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްނާޒުގެ ކޮއްކޮއެވެ.

ރައީސް އާއި ލޯބީގެ ގޮތުން "ގާތްވުމަށް" ސިހުރު ހެދިކަމުގެ މައްސަލައިގައި ޝަމްނާޒުގެ އިތުރުން މި މައްސަލައިގައި ތުހުމަތުގައި ޝަމްނާޒުގެ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް ވެސް ބަންދުކުރިއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ އެ ދެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައިގެ ތަހުގީގަށް އެމީހުން ދިރިއުޅޭ ގެއިން ގެއިން ގެންދިޔަ ތަކެތީގެ ތެރޭގައި ސިހުރާ ގުޅޭ އެއްވެސް އެއްޗެއް ނުވަތަ ކަމެއް ހުރިތޯ އިސްލާމިކް މިނިސްޓްރީން ބަލައި ދިރާސާ ކޮށްފައިވާއިރު، އެފަދަ އެއްޗެއް ނެތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ޝަމްނާޒު ބަންދުގައި ހުއްޓައި އޭނާގެ ކުރީގެ ފިރިމީހާ އާދަމް ރަމީޒް ޖިނާއީ ކުށެއްގެ ތުހުމަތުގައި ބައްދާލުމަށް އޭނާއަށް "އޮފަރ" އަންނަމުންދާ ކަމަށާއި، ރަމީޒާ ދެކޮޅަށް ބަޔާން ދީފިނަމަ އޭނާ ސަލާމަތްވާނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާގެ ވަކީލުވެސް ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ޝަމްނާޒް އާއި ސަނާގެ އިތުރުން އިތުރު މީހަކު ހައްޔަރުކުރިއެވެ.

ޝަމްނާޒްގެ އާއިލީ މެންބަރުން މިއަދު ވަކި ކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު