Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ރެގިއުލޭޓުކުރުން

މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް،މިނިވަންކަން ނިގުޅައިގަތުމެއް ނޫން: ނާޒިމް

ނާޒިމް ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން މިހާރުވެސް ދެ މުވައްސާސައެއް އޮންނައިރު، އެ ތަންވެސް އެންމެ ފުރިހަމަ ގޮތުގައި ހިގަމުން ނުދާކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 ޖެނުއަރީ 2025 | ހޯމަ 19:11
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ޏާޒިމް

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ޏާޒިމް

މީޑިއާއާއި އިންޓަނެޓް ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައި މިވަނީ އިންޓަނެޓާއި މީޑިއާ ރެގިއުލޭޝަނާ ގުޅޭ ބިލެއް އެކުލަވާލާ މަޖިލިހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވުމުން އެކަމާއި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. 

Advertisement - newsAdvertisement

އެ ފާޑުކިޔުންތަކަށް ރައްދުދެއްވާ ނާޒިމް "އެކްސް"ގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މީޑީއާ ރެގިއުލޭޓް ކުރުމާއި ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތައް ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަމަށެވެ. 

ނާޒިމް ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން މިހާރުވެސް ދެ މުވައްސާސައެއް އޮންނަކަމަށާއި އެހެންނަމަވެސް އެ ތަންވެސް އެންމެ ފުރިހަމަ ގޮތުގައި ހިގަމުން ނުދާކަން މީޑިއާތައްވެސް ގަބޫލު ކުރާކަމަށެވެ. އަދި އެއީ ދައުލަތުގެ ރިސޯސްތައް ޑުޕްލިކޭޓްވުމުގެ އިތުރުން ނަތީޖާ ނުނެރެވޭ ފަދަގޮތަކަށް އޮތް 2 މުވައްސަސާކަމަށެވެ. ނާޒިމް އެ އިޝާރާތްކުރައްވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ. 

ނާޒިމް ވިދާޅުވީ 2024 ވަނަ އަހަރުވެސް މި ދެ މުވައްސަސާއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައިކަމަށެވެ. އަދި އޭނާގެ މަގުސަދަކީ މި ފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުވައްސަސާތައް ރިފޯމްކުރުންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

ފަހަކަށް އައިސް ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން ޒުވާނުން އާމްދަނީ ހޯދާ އަދި އެމީހުންގެ ޝުއޫރުތައް ފާޅުކުރާ އެންމެ ވަރުގަދަ ޕްލެޓް ފޯމަކީ ސޯޝަލް މީޑިއާކަމަށެވެ. އެހެންކަމުން އެ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ހާލެއްގައި އެތަކެތި ބްލޮކޮށް ނުވަތަ މީޑިއާގެ މިނިވަންކަމަށް ނިގުޅައިގަތުން ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާއިގެ އިއްޒަތްވެސް އެއީ އޮންނަ އެއްޗެއްކަން ދެނެގަންނަން އެބަޖެހޭކަމަށާއި އަނިޔާ ލިބޭ ފަރާތުން އިންސާފު ހޯދުމަށް ދޮރުގައި ޓަކި ޖަހާއިރު، އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނުކަމާއި އަދި މިވަގުތު އެފަދަ ގާނޫނެއް ރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރަން ބިލެެއް މި ދައުރުގައި ހުށައަޅުއްވާނެކަމަށް ނާޒިމް ވިދާޅުވުމުން ސަރުކާރުން ވަނީ އެފަދަ ބިލެއް ހުށައަޅަން ނިންމާފައި ނުވާކަމަށް ބުނެފައެވެ. 

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްރައްޔިތުންގެ މަޖިލިސްސޯޝަލް މީޑިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު