Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަގުފޯރމްގެ މައްސަލަ

" މިހާރު ހައްޖު ކޯޕަރޭޝަނަށް ފޯމެއް ހުށަހެޅިއަސް، އައިޑީކާޑު އާ ކުރިޔަސް ސިޔާސީ ޕާޓީއަށް ވައްދާ"

އައިޑީކާޑު އާ ކުރުމަށް އެދި ހުށަހަޅާފައިވާ މީހުން އައިޑީކާޑު ނުނަގަނީސް އެ އައިޑީކާޑު ބޭނުންކޮށްގެން ޕާޓީ އަށް ވެއްދުމަށް ފޯމު ހުށަހަޅާފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް މަހްފޫޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 13:45
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދު

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދު

މިހާރު ހައްޖު ކޯޕަރޭޝަނަށް ފޯމެއް ހުށަހެޅިއަސް، އައިޑީކާޑު އާ ކުރިޔަސް ސިޔާސީ ޕާޓީއަށް ވައްދާ ކަމަށާއި އެކަމުގެ ސަބަބުން އާއްމުން އިދާރާތަކަށް މައުލޫމާތުދިނުމަށް ޖެހިލުންވާ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ވަގު ފޯމްފުރައިގެން ޕީއެންސީ އަށް މީހުން ވައްދާ މައްސަލަ އާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާފައިވާ މައްސަލަ އާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެކަމަށް އިޝާރާތްކުރައްވާ މަހްފޫޒް ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުްނކޮށްގެން ވަގަށް ޕީއެންސީ އަށް މީހުން ވައްދާފައިވާ ކަމަށް ތުހުމަތުކުރަމުން ދަނީ ތޯތޯ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އެގޮތުން އެފަދައިން އޮޅުވާލައިގެން ޕީއެންސީ އަށް މެމްބަރުން ވައްދާފައިވާ މައްސަލަ ފެންމަތިވުމުން އެކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅަން އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ އެތައް ހާސް ބަޔަކު ޕީއެންސީ އަށް ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަަމަށް މަހުފޫޒް ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަން ތަހުގީގު ކުރަން ބޭނުންވާ މީހުންގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަހްފޫޒް ވިދާޅުވީ ވަގު ފޯރމް ހުށަހަޅައިގެން ޕީއެންސީ އަށް މީހުން ވައްދާފައިވާ މައްސަލަ އަށް ބަލާއިރު އައިޑީކާޑު އާ ކުރުމަށް އެދި ހުށަހަޅާފައިވާ މީހުން އައިޑީކާޑު ނުނަގަނީސް އެ އައިޑީކާޑު ބޭނުންކޮށްގެން ޕާޓީ އަށް ވެއްދުމަށް ފޯމު ހުށަހަޅާފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.

ކޮންމެ މީހެއްގެ ވެސް ޒާތީ ހައްގަށް އިދާރާތަކުން އިޚްތިރާމްކުރަން ވާނެ ކަމަށާއި އެއީ ޤާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ލިބިދީފައިވާ ހައްގެއް ކަަމަށް މަހްފޫޒް ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުގެ އިދާރާއަކަށް މައުލޫމާތު ދީގެން ޚިދުމަތް ހޯދުމުގައި އެއްވެސް ޖެހިލުމެއް އާއްމު މީހެއްގެ އޮވެގެންވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު