Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޗައިނާ-ރާއްޖެ އެފްޓީއޭ

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުފެއްދުންތަކަށް ވާ ފައިދާ އެއް އަދި ނުފެނޭ

24 ޖެނުއަރީ 2025 | ހުކުރު 11:30

މި އެއްބަސްވުމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ ޗައިނާ ފަދަ ބޮޑު ގައުމަކާ އެކު މި އެއްބަސްވުން ހަދާފައިވާ ގޮތުން ހަމަ އެކަނި ވިޔަފާރީގެ ފައިދާ ކުރާނީ ޗައިނާ އަށް ކަމުގައެވެ. 

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2025 | ހުކުރު 11:30
މާލޭ މަސްމާރުކޭޓު ސަރަހައްދުން ޕިކަޕެއްގައި ކަންނެލި އުފުލަނީ

މާލޭ މަސްމާރުކޭޓު ސަރަހައްދުން ޕިކަޕެއްގައި ކަންނެލި އުފުލަނީ

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރަން ފެށުމާއެކު، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގައި ޗައިނާ އިން މުދާ ގެންނަން ފަށާފައިވާއިރު ރާއްޖޭގެ އުފެއްދުންތަކަށް ވީ ފައިދާ އެއް އަދި ފެންނަމުންނެއް ނުދެއެވެ.

މިގޮތުން މިހާތަނަށް ދިވެހިރާއްޖެއަށް 1.9 މިލިއަން ރުފިޔާގެ މުދާ ޗައިނާ އިން އެތެރެކޮށްފައި ވާއިރު، ރާއްޖޭގެ އެއްވެސް އުފެއްދުމެއް ޗައިނާ އަށް އެފްޓީއޭ ގެ ދަށުން ވިއްކާފައި ނުވާކަން ހާމަވެއްޖެއެވެ. ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ޢަމަލުކުރަން ފެށުނު މި އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް ހިތްވަރުދީ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި އެއްބަސްވުމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ ޗައިނާ ފަދަ ބޮޑު ގައުމަކާ އެކު މި އެއްބަސްވުން ހަދާފައިވާ ގޮތުން ހަމަ އެކަނި ވިޔަފާރީގެ ފައިދާ ކުރާނީ ޗައިނާ އަށް ކަމުގައެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެތެރެކުރެވުނު މުދަލުގެ ތެރޭގައި ހިމެނެނީ 882,381 ރުފިޔާގެ ވައިގެ މަގުން ގެނެވުނު 9 ޝިޕްމަންޓާއި 1.04 މިލިއަން ރުފިޔާގެ ކަނޑުމަގުން ގެނެވުނު 3 ޝިޕްމަންޓެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާއިން އެތެރެކުރެވޭ މުދަލުގެ 70 އިންސައްތަ ކަސްޓަމްސް ޑިއުޓީން މާފުކުރެވިފައިވާތީ، ޑިއުޓީން ކުރިން ލިބެމުން އައި އާމްދާނީގެ ބޮޑުބައެއް ދައުލަތައް ގެއްލޭނެއެވެ. 

ދިވެހިރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނީ 2017 ޑިސެމްބަރު 7 ވަނަ ދުވަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް، މި އެއްބަސްވުން ތަންފީޒުކުރުމުގައި 7 އަހަރުގެ ލަސްވުމަކަށްފަހު، މިހާރުގެ ސަރުކާރުން 2024 ވަނަ އަހަރު މި އެއްބަސްވުން ތަންފީޒުކުރުމަށް ނިންމި އިރު ކަމާބެހޭ ފިޔަފާރިތަކާ އެކަށީގެންވާ މަޝްވަރާ ކޮށްފައި ނުވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުންވެސް މި އެއްބަސްވުމަށް ރުހުން ދިނީ ބަލަން ޖެހޭ ކަންކަން ބެލުމެއް ނެތި ސަރުކާރުން އެދޭ ގޮތަކަށް ކަންކަން ކުރުމުގެ ރޫހުގައި އަވަސް އަރުވާލައިގެން ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

2023 ވަނަ އަހަރު ރާއްޖެ އަށް 6.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލަފާކުރާގޮތުގައި 5 އަހަރުގެ ތެރޭގައި ޗައިނާ އިން އެތެރެކުރެވޭ މުދަލުގެ 90 އިންސައްތަ ޑިއުޓީ މާފުކުރެވޭނެއެވެ. އަދި ދިވެހިރާއްޖެއިން ޗައިނާއަށް ކުރެވޭ އެކްސްޕޯޓުތަކަށްވެސް މި އެއްބަސްވުމުގެ ދަށުން ފައިދާ ލިބޭނެކަމަށް ވަނީ ބުނެފައެވެ. މިގޮތުން ޗައިނާއަށް ފޮނުވޭ މުދަލުގެ 95 އިންސައްތަ ޑިއުޓީ މާފުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން އެހެން ބުނެފައިވީނަމަވެސް، ރާއްޖޭގެ އެންމެ މުހިންމު އުފެއްދުން ކަމުގައިވާ މަހުގެ ބާވަތްތަކުން ވެސް ވާދަވެރިކަން ގެއްލި ޗައިނާގެ މަހުގެ އުފެއްދުންތައް ހެޔޮ އަގުގައި ރާއްޖެއިން ލިބެން ފެށުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. 

އެފްޓީއޭ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖޫން 2018

ޓްރަމްޕްގެ ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަސަރުކުރާނެ: އައި.އެމް.އެފް

15 ޖޫން 2018
ޓްރަމްޕްގެ ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަސަރުކުރާނެ: އައި.އެމް.އެފް
16 އެޕްރީލު 2018

އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

16 އެޕްރީލު 2018
އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!
14 އެޕްރީލު 2018

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

14 އެޕްރީލު 2018
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
08 ނޮވެމްބަރު 2017

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
19 އޮކްޓޯބަރު 2017

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީއިން ހިއްސާ ވިއްކަން ފަށައިފި

19 އޮކްޓޯބަރު 2017
  ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީއިން ހިއްސާ ވިއްކަން ފަށައިފި
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް