Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާދިރާ

ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ

ފްލެޓް ލިބުނު އުސޫލު ރައްޔިތުންނަށް ސާފުވަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 19:32
ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުން

ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުން

ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވަން ޖެހޭނެ އެއްވެސް އުސޫލެއް ގަވައިދެއް ގާނޫނު އަސާސީގައި ނޯންނާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

"ފްލެޓްތަކުގެ ތަފްސީލު ހާމަކުރޭ" މިނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ގެދޮރުނެތުމުގެ ނިކަމެތިކަން ފިލުވާލުން ހިމަނާފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ވައުދު އެންމެ އެކަށީގެންވާ ގޮތަށް ފުއްދޭތަން ނުފެންނަ ކަމަށެވެ. ނާދިރާ ވިދާޅުވީ، 15000 ވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ އިރު، އެރައްޔިތުން ވަރަށް ފޮނި އުންމީދުތަކެއް ފްލެޓް ހޯދުމަށް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ޕޮއިންޓް ދިން އުސޫލު ރައްޔިތުންނަށް ދޭނެ ކަމަށް ބުނި ނަމަވެސް، އެންމެ ފަހުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފްރެންސްގައި ޕޮއިންޓަށް ބަލައިގެން ފްލެޓް ދީފައިނުވާނެ ކަމަށް ބުނުމަކީ ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރަކުން ވެރިކަމަށް އައިސްފާވަނީ އެއްވެސް ވަރަކަށް ރައްޔިތުންނަށް އަނިޔާ ދިނުމަށް ނޫން ކަަމަށާއި ފްލެޓް އެންމެ ބޮޑަށް ހައްގީ ކައިރީގައި އަތްގާތް ކޮށްދެން އުޅޭ ކުދިންނަށް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓް ހައްގީ، ކުދި ކުދި ކޮޓަރިތަކުގައި ދިރިއުޅޭ އާއިލާތަކާއި ދަފްތަރުގައި ޖެހި އުޅޭނެ ތަނެއް ނެތް ފަރާތްތަކަށް ކަމަށް ނާދިރާ ވިދާޅުވި އެވެ. ފްލެޓް ދީފައިވާ އުސޫލުތައް ވަރަށް ފުރިހަމައަށް ރައްޔިތުންނަށް ކިޔާދެންޖެހޭ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، މިނިސްޓަރ މުއިއްޒު ކިތަންމެ ވަރަކަށް ރައްޔިތުންނަށް ގުޅައިގެން މައުލޫމާތު ސާފުކުރިކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށެެވެ. އަދި ހަތަރު ވަނަ ފަހަރަށް ގުޅީ މެޑަމް އޮފީހުންކަން ވަރަށް ސާފުކޮށް މިނިސްޓަރުގެ ވާހަަކަފުޅުން އެނގިލައްވާ ކަމަށާއި އެ ފޯނު ކޯލުން ފްލެޓް ލިބުނު ފަރާތްތައް ވެސް ޔަގީންވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފްލެޓް ތަކާ ގުޅިގެން ބޭއްވި ޕްރެސް ކޮންފްރެސްގައި ވެސް ރައްޔިތުންނަށް ކަންތައްތައް އޮޅުންފިލުވާދިނުމުގެ ބަދަލުގައި، ސަރުކާރުން ކުރާ ކަންކަން ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށް ދޭހަވާގޮތަށް މިނިސްޓަރ ވާހަަކަ ދައްކަވާފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، އެ ޕްރެސް ކޮންފްރެންސްގައި ވެސް މިނިސްޓަރު މުއިއްޒު ފަސްޓް ލޭޑީގެ ވާހަކަ ދައްކަވައި އެކަމަނާއަށް ތައުރީފު ކުރެއްވުމަށް ވަގުތު ހޭދަކުރެއްވުމަކީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

" ފަސްްޓް ލޭޑީއަކަށް ސަރުކާރުގެ ކަންކަމަށް އަތްބާނަންޖެހޭނެ އެއްވެސް އުސޫލެއް ގަވައިދެއް ނޯންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ފަސްޓް ލޭޑީއެއްގެ ވާހަކަ ޕްރެސް ކޮންފްރެންސެއްގައި ދައްކާތަން." ނާދިރާ ވިދާޅުވި އެވެ.

ސަރުކާރުން 7000 ފްލެޓް މިހާރުވެސް އަޅާކަމަށް ސަރުކާރުން ބުނެ ދައްކަނީ ހުވަފެންކަމަށާއި އުމުރު ދުވަހު ކުލި ދައްކައިގެން ރައްޔިތުންގެ ދިރިއުޅުން ހޭދަކުރާ އިރު، ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ފްލެޓް ދެވޭ ގޮތަކީ ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަހަރު ހިނގާދިޔަ ކަންކަމުން ހައުސިން މިނިސްޓްރީގެ ތެރެއިން އިންސާފުވެރިކަމާ އެކު ފްލެޓް ދޫކުރާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން 661 މީހަކަށް ފްލެތް ލިބުނުކަން ހާމަކޮށްފައިވާ އިރު، ހަމައެކަނި ހާމަކޮށްފައިވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރު އެކަންޏެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު