Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އިމްތިޔާޒު ފަހުމީ

ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި

29 ސެޕްޓެމްބަރު 2017 | ހުކުރު 02:40

މިދައުލަތަށް ރިޝްވަތަކީ ކޮބައިކަންވެސް ނޭނގޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ސެޕްޓެމްބަރު 2017 | ހުކުރު 02:40
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ގާނޫނުއަސާސީއާއި ގާނޫނުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުންނުދާތީ، ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން އެއްބާރުލުން ދެމުންދާ އިރު އެކަމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ދިވެހި ދައުލަތް ހިނގަނީ "އެކޮޅު ކޮޅުން" ކަމަށެވެ.

Advertisement - newsAdvertisement

އިންތި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ސަރުކާރަށާޢި ދައުލަތުގެ މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިސްވަތު ހުށަހެޅުމުގެ ދައުވާއާއި ފުލުހުންެގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ މެމްަބަރުން ވަން ކަމަށް ބުނާ ދައުވާތަކާއި ގުޅޭ ގޮތުން އިންތި ވިދާޅުވީ އެއީ "ފޭކް" ދައުވާތަކެއް ކަމަށެވެ.

"ރިޝްވަތުދިން އިރެއްނޭނގެ، ރިޝްވަތުދިން ތަނެއް ނޭނގެ، ރިޝްވަތު ހިފި މީހެއް ނޭނގެ، ރިޝްވަތު އެއީ ކޯއްޗެއް ކަމެއްވެސް ނޭނގެ. މިއީ ކޯއްޗެއްތޯ. ޝަރީއަތެއް ހިނގަމުންދަނީ، ޝަރީއަތުގެ މިހާހިސާބަަށް އަދި އަމުދުން ފަނޑިޔާރަކަށް ވެސް އެތަނަށް ވަޑައިގެންނެވި ވަކީލަކަށްވެސް، އެތަނުގައި ހުރި ގޮނޑި މޭޒަކަށް ވެސް ނޭނގެ ކޯއްޗެއްކަމެއް ހިނގަމުންމިދަނީ.... ގޮނޑި ނުގެއްލޭ. ގޮނޑި ގެއްލޭ ގޮނޑި ނުގެއްލޭ، ކޯޓުތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ނިންމުން ހުރިގޮތް. ކޯއްޗެއްތޯ މިއީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގުޅިފައުވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މައްޗަށް "ފޭކް" ދައުވާތައް ކުރައްމުންދާއިރު، ހަރާމް ފައިސާ ތިމަންމަނިކުފާނުގެ ގެއަށް ވަތްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެ އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގެންނެވިއިރު، ތަހުގީގީ އިދާރާތައް ތިބީ ތަހުގީގު ނުހިންގާ "ހަރާމްކޯރު"ވެފައި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ މިދައުލަތަކީ ދައުލަތެއްގެ ސިފަ ޖެހިގެން ހިނގާ ދައުލަތެއް ނޫނޭ. އެހެންވެގެން އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ މިއީ އެކޮޅު ކޮޅުން އިދިކީލަކޮށް ބަޅުކޮށް ހިނގާ ދައުލަތަކޭ. ދައުލަތެއްގެ ސިފަ އެއްކޮށް ގެއްލި، ސައްހަކަން ގެއްލި، ހުއްޖަތު ގެއްލި، ހުރިހާ ކަމެއް ގެއްލިފައިވަނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުން މިދާ މަސައްކަތްތަކުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށާއި މިބާވަތުގެ ވެރިކަމެއް ދެމި ނުއޮންނާނެ ކަމަށެވެ.

މީގެއިތުރުން އިންތި ވިދާޅުވީ މިސަރުކާރާއި ދިވެހި ދައުލަތް ހިނގަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށް ގަބޫލު ކުރާނެ ދިވެހި ރައްޔިތެއް ނެތް ކަމަށާއި އަދި ބައިނަލް އަގްވާމީ މުޖުތަމައުއިން މިސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަން ބަލައި ނުގަންނަ ކަމަށެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް