Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑޮނީޝިޔާގެ ސަފީރު

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

3 ޖުލައި 2017 | ހޯމަ 18:17

ރާއްޖެއާއި އިންޑޮނީޝިއާއި ދެމެދު އޮތް ގުޅުމަށް 40 އަހަރުވެއްޖެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ޖުލައި 2017 | ހޯމަ 18:17
އިންޑޮނީޝިޔާ ސަފީރަށް ފަތްކޮޅު އެރުވުން

އިންޑޮނީޝިޔާ ސަފީރަށް ފަތްކޮޅު އެރުވުން

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން އިތުރަށް ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އައި ގުސްތީ ނިގްރަހް އަރްދިޔާސާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ދެ ޤައުމުގެ ދޭތެރޭގައި ގުޅުން ގާއިމުކުރި ފަހުން މިވީ 40 އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކި ފަންތީގެ މައިދާންތަކުގައި، ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިންޑޮނީޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނީޝިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ދާއިރާއިންނާއި ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި އިންޑޮނީޝިޔާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މި ގުޅުން ވިޔަފާރީގެ ދާއިރާއިން ހަރުދަނާ ކުރުމާ ބެހޭގޮތުން ރައީސް ޔާމިން ވާހަކަފުޅު ދެއްކެވިއެވެ.

އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން އިންޑޮނީޝިޔާގެ ފަރާތުން ލިބެމުންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ޔާމިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް