Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިލޭ ދޭ މަސް ކޭސް

ރައީސް ކޮންމެ ގޭބިސީ އަކަށް "ހިލޭ ދެއްވާ" މަސްދަޅު ކޭހުގެ އަގު ދައްކާނީ ކޮން ފަރާތަކުން؟

2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި 94,424 ގޭބިސީ ހުރި ކަމަށް ވެއެވެ. މިހާރު އަދި އެދަދު މަތިވާނެއެވެ. މި މިންގަނޑުން ބެލިއަސް 94،424 ކޭސް މަސް ދަޅު "ހިލޭ" ބަހަން ޖެހޭނެއެވެ. އެކަމަށް 1349 ޓަނުގެ މަސް މިފްކޯ އަށް ގަންނަން ޖެހޭނެއެވެ.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 15:06
ރޯދަ މަހު ކޮންމެ ގޭބިސީ އަކަށް 48 ދަޅުގެ މަސް ކޭހެއް ހިލޭ ލިބޭނެ ކަމަށް ސަރުކާރުން ބުނޭ

ރޯދަ މަހު ކޮންމެ ގޭބިސީ އަކަށް 48 ދަޅުގެ މަސް ކޭހެއް ހިލޭ ލިބޭނެ ކަމަށް ސަރުކާރުން ބުނޭ

ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީ އަކަށް "ހިލޭ" 48 ދަޅުގެ މަސްކޭހެއް ދެއްވަން ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވި ކަން ވަނީ އިއުލާނު ކުރައްވާފައެވެ.

2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި 94,424 ގޭބިސީ ހުރި ކަމަށް ވެއެވެ. މިހާރު އަދި އެދަދު މަތިވާނެއެވެ. މި މިންގަނޑުން ބެލިއަސް 94،424 ކޭސް މަސް ދަޅު "ހިލޭ" ބަހަން ޖެހޭނެއެވެ.

ރަނގަޅެވެ. ހިލޭ ލިބެންޏާ ކިތަންމެހާ ވެސް ރަނގަޅެވެ. އަތްމަތި ދަތިވެ، ތަކެތީގެ އަގު އިންތިހާ އަށް އުފުލިގެން ދާއިރު ހިލޭ ދިއްކޮލާ ބޭނުންތެރި ކޮންމެ އެއްޗެއް ވެސް މިވަގުތު ބަލައިގަންނަން ބޭނުންވާނެއެވެ. ޚާއްސަ ކޮށް ރޯދަ މަހަކީ ޚަރަދު ބޮޑު މަހަކަށް ވާއިރު ރޯދަ މަހަށް މަސްދަޅު ކޭހެއް ހިލޭ ލިބެންޏާ ކިތަންމެހާވެސް ރަނގަޅެވެ.އެކަމަކު ސުވާލަކީ "ހިލޭ" ދެއްވާ މަސްދަޅު ކޭހަކީ ސައުދީން ހިލޭ ބެހުމަށް ފޮނުވާ ކަދުރު ފަދައިން މިފްކޯ އަށް ހިލޭ ލިބޭ އެއްޗެއް ނޫނެވެ. މިފްކޯ އިން ތައްޔާރު ކުރާ ކޮންމެ މަސް ދަޅަކީ ޚަރަދެވެ. ދަޅަށް އަޅާ މަސް ގަންނަނީ ރާއްޖޭންނެވެ. އެކަމަކު އެވެސް ގަންނަން ޖެހޭ އެއްޗެކެވެ. ދެން އެ ދަޅަށް ބޭނުންވާ ހުރިހާ އެއްޗަކީ ވެސް ރާއްޖޭން ބޭރުން ގެންނަ އެއްޗެއްސެވެ. ބަންދު ކުރާ ދަޅާއި، އެޔަށް އަޅާ ތެލާއި، ހިތްޕާ ލޭބަލް އާއި، ބަންދުކުރާ ފޮއްޓާ މިހެން ގޮސް ހުރިހާ އެއްޗަކީވެސް އަގުދީފައި މިފްކޯއިން ގަންނަ އެއްޗެއްސެވެ.

94،424 ކޭސް މަސްދަޅު ތައްޔާރު ކުރަން ލައްކަ މަސް ބޭނުންވާނެއެވެ. ތަޖުރިބާކާރުންގެ ބަހުން ޓަނަކުން އުފެއްދޭނީ ގާތްގަނޑަކަށް 70 މަސްދަޅު ކޭހެވެ. އެހެން ކަމަށް ވާނަމަ "ހިލޭ" ބަހާ މަސް ކޭސްތައް އުފައްދަން 1،349 ޓަނުގެ މަސް މިފްކޯ އަށް ގަންނަން ޖެހޭނެއެވެ. ޓަނެއްގެ އަގަކީ ސޯޅަ ހާސް ރުފިޔާ ކަމަށް ބެލިޔަސް 21.5 މިލިއަން ރުފިޔާ މަސްގަންނަން ޚަރަދުވާނެއެވެ.

ދެން އޮތީ ޕްރޮސެސް ކުރުމާއި ބަންދު ކުރުމާއި ބެހުމުގެ އަގެވެ. މި ހުރިހާ އަގުތަކެއް ހިމަނައިގެން މަސް ދަޅު ކޭހެއް މިފްކޯ އަށް އުފެއްދޭނީ 725 ރުފިޔާ އަށް ކަމަށް ބެލި ނަމަވެސް ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ 94،424 ކޭސް މަސްދަޅު އުފައްދަން މިފްކޯ އަށް ޚަރަދު ވާނެއެވެ.

މިފްކޯގެ ޕްރޮޑަކްޝަން ކެޕޭސިޓީ އަށް ބަލާއިރު ދުވާލަކަށް އުފެއްދޭނެ ކަމަށް ތަޖުރިބާކާރުން ދެކެނީ 2،800 އާއި 3،000 ކޭހުގެ މަސްދަޅެވެ. އެހެން ކަމަށް ވާނަމަ ރަމަޟާން މަސް އައުމާ ދެމެދުގައި މިއޮތް މުއްދަތުގައި އެތަނުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކޮށްގެން "ހިލޭ" ބަހާ އަދަދަށް މަސްދަޅު ކޭސް ތައްޔާރު ކުރެވޭނީ ހަމަ ކިރިޔާއެވެ. ދާދި ފަހުން މިފްކޯ އިން ހާމަ ކުރި މައުލޫމާތައް ބަލާއިރު، ބަހަން ނިންމާފައިވަނީ ސްޓޮކްގައި ހުރި ކޭސްތަކެއް ނޫނެވެ. އެކަމަށް ޖެހޭނީ ޕްރޮޑަކްޝަން މަސައްކަތް ފަށާށެވެ. އެހެން ކަމުން ދޮޅު މަހެއްހާ ދުވަހުގެ މުއްދަތު މުޅިން ހޭދަވާނީ "ހިލޭ" ބަހާ މަސްދަޅު ތައްޔާރު ކުރުމުގައެވެ.

މިފްކޯގެ މުވައްޒަފުންގެ މުސާރަ އަށް މަހަކު 22 މިލިއަން ރުފިޔާ ހޭދަވާ ކަމަށް ބެލޭއިރު، އަދި މަހަކަށް ވުރެ ގިނަ ދުވަސް ކުންފުނި މިކަމުގައި ބިޒީ ވާއިރު، މިއީ ވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމުގައި ފެނެއެވެ. "ހިލޭ" ބަހާ އެއްޗަކަށް އާމްދަނީ ނުލިބޭ އިރު އެހެން ޚަރަދުތަކުގެ ވާހަކަ އަދި ނުދައްކާ، އެ މަހުގެ މުސާރަ އެކަނި ވިޔަސް ހަމަ ޖައްސާނީ ކިހިނެއް ހެއްޔެވެ؟

މިފްކޯ އަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަ އެންމެ ބޮޑައް ދެއްކީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. މަސްވެރިންނަށް އެންމެ ދަށްވެގެން ކިލޯ އަކަށް 20 ރުފިޔާ ދޭނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން ވައުދާ ޚިލާފުވެ މާ ކުޑަ އަގެއްގައި މަސް ގަންނަން ޖެހުނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ކަމަށް ބުނެއެވެ. ދުވަސް ވަރަކީ ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ކަމަށް ވުމާއެކު، އާދައިގެ ގޮތަކަށް ވުރެ ރަނގަޅަށް މިފްކޯގެ އިންތިޒާމުތައް މި ދުވަސްވަރު ހަމަ ޖެހިފައި ހުންނަން ޖެހޭނެ ކަމަށް މަސްވެރިން އުންމީދު ކުރެއެވެ. އެހެން ނަމަވެސް ކަން އޮތީ އެހެންބާވައެވެ؟ މަސްވެރިކަން ދަށް އިރު އާއްމުކޮށް މެޝިނަރީ މެއިންޓެނެންސް ކުރިއަށް ގެންދާއިރު ފާއިތުވި އެއް އަހަރުތެރޭ މެޝިނަރީތަކަށް ބޭނުންވާ ސްޕްއެރ ނުގެނެވި މަސްވެރިކަން ރަނގަޅުވި އިރު ކުއްޑޫގެ ޖަނެރޭޓަރތައް ހަލާކުވެ، އެންމެ ބޮޑު 2 ޖަނެރޭޓަރުގެ ތެރެއިން މިހާރު ހިގަނީ އެންމެ ޖަނެރޭޓަރެއް ކަމަށްވެއެވެ. ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދި ފުލް ކެޕޭސިޓީ ގައި މިހާރު ކޫއްޑޫއަކަށް މަހެއް ނުގަނެއެވެ. ހުވަދޫ އަތޮޅުގައި އެންމެ ރަށަކުން ނޫނީ އައިސްކޮޅެއް ނުލިބޭ ކަމަށް ބުނެ ދާދި ފަހުން މަސްވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ކުރިން ދުވާލަކަށް 600 ޓަނާ ހަމަ އަށް މިފްކޯ އަށް މަސް ގަނެފައި އޮތެއް ކަމަކު މިހާރުގެ މެކްސިމަމް ކެޕޭސިޓީ އަކީ ދުވާލަކު 300 ޓަނެވެ. މަސް ގަންނަ ބޯޓު ފަހަރު ރަނގަޅަށް މެއިންޓެއިން ކުރުމުގެ މައްސަލަތައް ވެސް ކުންފުންޏަށް ދިމާވެފައިވާ ކަމަށް ވެއެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު، މިފްކޯ އަކީ އެތައް ހާސް ކޭސް މަސް ހިލޭ ބެހޭ ފެންވަރުގެ ކުންފުންޏެއް ނޫންކަން ވަރަށް ސާފެވެ. އެހެން ކަމުން ރައީސް ވިދާޅުވެގެން "ހިލޭ" ބަހާ މަސް ކޭސްތަކުގެ އަގު މިފްކޯ އަށް ކޮންމެވެސް ފަރާތަކުން ދައްކައިގެން ނޫނީ މިއީ ތާކުންތާކުން ޖެހޭ ކަމަކަށް ނުވާނެއެވެ. އެއީ މިކަމަށް ބޭނުންވާ ވަރަށް މަސް ބޭނުން ކޮށްފައި ރާއްޖެއިން ބޭރަށް ވިއްކާނެ މަސްކޮޅެއް ވެސް އެ މުއްދަތުގައި ނުހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، އާމްދަނީ އަށް ބޮޑު ލޮޅުމެއް އެހެން ނޫނީ އަރާނެއެވެ.

ފައިސާ ހަމަޖެހޭނެ އެއް ގޮތަކީ ފިނޭންސް މިނިސްޓްރީން ފައިސާ ދެއްކުމެވެ. ފިނޭންސް މިނިސްޓްރީން މިފަހަރު ބަޖެޓު ހަދާފައި އޮތީ އެޔެއް މިޔެއް ސާފު ނުވާ ގޮތައް ކަމަށް ވާތީވެސް ކަންނޭނގެއެވެ "ހިލޭ" މަސްދަޅު ބަހާ އައިޓަމެއް ބަޖެޓަކު ނެތެވެ. ފަހަރުގައި ފިނޭންސް މިނިސްޓްރީގެ ކޮންޓިންޖެންސީ ބަޖެޓުން މިފްކޯ އަށް 68 މިލިއަން ރުފިޔާ ދައްކާފާނެއެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީ އަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު އެއްޗެއް ލިބެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކަން ފިނޭންސުން ހާމަ ކުރާ ރިޕޯޓުތަކުން ފެނެއެވެ. އެހެން ކަމަށް ވާއިރު، ފިނޭންސުން އެ ޚަރަދު ކޮށްފިނަމަ އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން "ހިލޭ" ބެހި އެއްޗަކަށް ނޫނީ ނުވާނެއެވެ.

ފިނޭންސުން އެކަން އެގޮތައް ނުކޮށްފިނަމަ އެއީ މިފްކޯ ގެ ދަރަނީގެ ގޮތުގައި ލިޔަން ޖެހޭނެ އެއްޗަކަށް ވެ ނިމޭނެއެވެ. ފަހުން ނަގާ ލޯނަކުން އެކަން ފޫބައްދަން ބޭއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ސައްތައިން ސައްތަ ރައްޔިތުންގެ ކުންފުންޏަކަށް ވާތީ އެ ދަރަނި ވެސް އާޚިރުގައި ރައްޔިތުންގެ ބޮލުގައި އަޅާނީއެވެ.

މި ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ކަންތައް ދިޔަޔަސް މިއީ ހަމަ ވެން މަސް ވެނަށް ކާން ދިނުމެވެ. މީގައި ހިލޭ ދޭ ކަމަށް ނަންވާ މީހާ އަށް އުފުލަން ޖެހޭ މާލީ ތަކުލީފެއް ނެތެވެ. ބަޖެޓުން ފައިސާ ދެއްކިޔަސް ލޯނެއްގެ ގޮތުގައި ޚަރަދު ހަމަޖެއްސިޔަސް އެ ތަކުލީފު އުފުލާނީ ރައްޔިތުންނެވެ. ހުރިހާ ރީތި ނަމެއް "ހިލޭ" ދެއްވި ފަރާތަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު