Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާދޫގެ ތަރައްގީ

ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫއެއް ކުރިއަށް ގެންދާނަން: ރައީސް މުއިއްޒު

ހައުޝިންގ ޔުނިޓްގެ މިމަޝްރޫއު ހިންގާނެ ވަކި އަހަރެއް ނުވަތަ ދުވަހެއް ހާމަކުރައްވާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 01:04
ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މިއަހަރުގެ ބަޖެޓުގައި އިސްކަންދޭ ތަރުތީބުގައި އެއްވަނައިގައި އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ، އިޖުތިމާއީ މައްސަލަތަކުގެވެސް މައިގަނޑު ސަބަބުކަމަށެވެ. އެހެންކަމުން، ރަސްމާދޫއަށްވެސް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހައުސިންގ ޔުނިޓު މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ހައުސިންގ ޔުނިޓެއްގެ މަޝްރޫއެއް ހިންގާފައިނުވެއެވެ. އަދި އެރަށުގައި ހައުޝިންގ ޔުނިޓްގެ މިމަޝްރޫއު ހިންގާނެ ވަކި އަހަރެއް ނުވަތަ ދުވަހެއް ވެސް އެމަނިކުފާނު ހާމަކުރައްވާފައެއްނުވެއެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މާލެސިޓީން ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓުތައް ވެސް ވަނީ ދޫނުކޮށް ހިފަހައްޓާފައެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ވެސް ވަނީ ބަޖެޓުން ސިއްރު ވެސް ކޮށްފައެވެ.

މީގެ އިތުރުން ވެސް ރަސްމާދޫގެ ތަރައްގީއަށް ރައީސް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

އެގޮތުން ހުއްޓިފައިވާ ފެނުގެ ނިޒާމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ފަރާތުން ރަސްމާދޫ ނޫން ރަށްރަށުގައިވެސް މަސައްކަތް ހުރީ ހުއްޓާލާފައިކަމަށެވެ. ނަމަވެސް އަލުން އެ މަސައްކަތްތައް ފަށައި، މަސައްކަތް އެއްކޮށް ނިންމަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްގެ މަސައްކަތްވެސް، ގޮސްފައިވާ ހިސާބު ދެނެގަނެ، ދެން ނިންމަން ހުރި މަސައްކަތްތައް، ސަރުކާރުން ކުރައްވާނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވައި، ލެބޯޓްރީއެއް ހިމެނޭ ގޮތަށް ރަށު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރަސްމާދޫ އަކީ، އެރަށުގައި ފުލުހުން ގާއިމުވެ ތިބޭ، އަދި ފުލުހުންގެ ޚިދުމަތްދޭ ރަށަކަށް، ވީހާވެސް އަވަހަށް ހެއްދެވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާދޫ އެންޓަނާ މިހާރު ހުރި ތަނުން ބަދަލުކުރުމާއި، އެކަމުގައި ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން، އުރީދޫއާ ވާހަކަދައްކައިގެން، ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރަސްމާދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު