Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޕެރޭޒް!

22 ޖެނުއަރީ 2025 | ބުދަ 04:41

ޕެރޭޒްގެ ރައީސްކަމުގައި ރެއާލުން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާގެ ރައީސްކަމުގައި ރެއާލުން ވަނީ 65 ތަށި ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2025 | ބުދަ 04:41
ރެއާލް މެޑްރިޑުގެ ރައީސް ޕެރޭޒް

ރެއާލް މެޑްރިޑުގެ ރައީސް ޕެރޭޒް

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގެ ރައީސްކަމުގައި މިހާރު ވެސް ހުންނެވި ފްލޮރެންޓީނޯ ޕެރޭޒް، އިތުރު ދައުރަކަށް އިންތިޚާބުވެއްޖެ އެވެ.

އުމުރުން މިހާރު 77 އަހަރުވެފައިވާ ޕެރޭޒަށް ރެއާލްގެ ރައީސްކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންނެވީ، އިންތިޚާބުގައި ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތި އެވެ. ރެއާލްގެ އިންތިޚާބުގައި ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވެސް ޕެރޭޒް އެކަންޏެވެ. އެހެންކަމުން ޕެރޭޒަށް ވަނީ ރެއާލްގެ ރައީސްކަމުގައި އިތުރު ފަސް އަހަރު ހޭދަ ކުރުމުގެ ފުރުސަތު ލިބިފަ އެވެ. ޕެރޭޒްގެ މިދައުރު ހަމަވާނީ 2029 ވަނަ އަހަރު އެވެ.

ރެއާލްގެ ރައީސްކަމުގެ މަގާމަށް އެންމެ ފުރަތަމަ ޕެރޭޒް އިންތިޚާބުވީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން 2006 ވަނަ އަހަރާ ހަމައަށް ރެއާލްގެ ރައީސްކަމުގައި ޕެރޭޒް ހުންނެވި އެވެ. އެ އަހަރުގެ ފެބްރުވަރީ މަހު ޕެރޭޒް ވަނީ ރެއާލްގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު، އަނެއްކާ ވެސް 2009 ވަނަ އަަހަރު ޕެރޭޒް ވަނީ ރެއާލްގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން މިހާރު ޕެރޭޒް އިންތިޚާބުވީ ރެއާލްގެ ރައީސްކަމުގެ ހަތް ވަނަ ދައުރަކަށެވެ.

ޕެރޭޒްގެ ރައީސްކަމުގައި ރެއާލުން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާގެ ރައީސްކަމުގައި ރެއާލުން ވަނީ 65 ތަށި ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް