Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުުއިއްޒުގެ ވެރިކަން

މިސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ޑީއެންއާރުން ވައްކަންކުރި ބީދައިން - ޒިޔާދު

17 ޖެނުއަރީ 2025 | ހުކުރު 14:00

31 ޖެނުއަރީގައި ނުކުންނަން ޖެހުނީ ޤާނޫނުއަސާސީން ލިބޭ ހައްގުތައް ހޯދަން ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖެނުއަރީ 2025 | ހުކުރު 14:00
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

މިސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ޑީއެންއާރުން ވައްކަންކުރި ބީދައިންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަން ފުރި ވަގު ފޯމުގައި ޖަހާފައިވާ ފޮޓޯ އަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް އިން ނޫން ގޮތަކަށް ލިބޭނެ ފޮޓޯ އެއް ނޫންކަން ވަނީ ޔަގީންވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ ޒިޔާދު ވިދާޅުވީ ޑީއެންއާރުން ވައްކަންކުރާ ހިސާބަށް ކަންކަން ދިޔައީ ޕީއެންސީއަށް މީހުން ވެއްދުމުގެ މަސައްކަތް މުބާރާތަކަށް ހަދައިގެން ކުރިއަށް ގެންދިއުމުން ކަމަށެވެ. ރަނގަޅު ގޮތުގައި ހިތުން ރުހުމުން ޕީއެންސީ އަށް މީހުން ވަންނާނެ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ތަކުރާރުކޮށް އެތައް ވައުދެއް ރައީސް މުއިއްޒު ވެވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އެއިން އެއްވެސް ވައުދެއް ފުއްދޭ މަންޒަރު ނުފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފްލެޓްތައް ދިނުމުގެ ވައުދާއި، ޓެކްސް އިތުރު ނުކުރުން ފަދަ ވައުދުތައް ވެފައިވާ ގޮތާއި ރައީސް މުއިއްޒުގެ އަމަލުފުޅުތަކާއި މުޅިން ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 31ގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ޖެހުނު ސަބަބަކީ އެފަދަ މައްސަލަތައް އިންތިހާ އަށް އިތުރުވަމުން ކަމަށެވެ. ޑޮލަރުގެ އަގާއި ތަކެތީގެ އަގު އިންތިހާ އަށް އުފުލެމުންދާ ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އާއްމު ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ކަމަށް ބުނެ ޤާނޫނަށް ބަދަލުގެނެސްގެން ސަރުކާރުން މަސައްކަތްކުރަނީ ހަމައެކަނި މާލީ ބޭނުމެއްގައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

31 ޖެނުއަރީގައި ނުކުންނަން ޖެހުނީ ޤާނޫނުއަސާސީން ލިބޭ ހައްގުތައް ހޯދަން ކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމުގެ މިސްރާބު ހުރީ މިހާރު ރަނގަޅު ދިމާއަކަށް ނޫންކަމަށް ފާހަގަކުރައްވާ ޒިޔާދު ވަނީ އެކަމާއި މެދު އަޑު އުފުލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެން ނޫންނަމަ މާދަމާ އަޑު އުފުލަން ނުކުންނާނެ ތަނެއް ވެސް ނޮއޮންނަ ހިސާބަށް ކަންކަން ހިނގައިދާނެ ކަަމަށް ފާހަގަކުރައްވާ ޒިޔާދު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް