Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެ ވަނަ ކެރަމް ވެޓަރަންސް މުބާރާތް މި މަހުގެ 29 ގައި

މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ވަނީ ދެ އިވެންޓަކަށެވެ. އެއީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2025 | ހޮނިހިރު 05:41
މިދިޔަ އަހަރު އޮތް ކެރަމް ވެޓަރަންސް މުބާރާތުގެ ތެރެއިން

މިދިޔަ އަހަރު އޮތް ކެރަމް ވެޓަރަންސް މުބާރާތުގެ ތެރެއިން

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ، "ކެރަމް ވެޓަރަންސް ޗެމްޕިއަންޝިޕް" ގެ ދެ ވަނަ މުބާރާތް ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުން ބާއްވަން ނިންމައިފި އެވެ.

ކެރަމް އެސޯސިއޭޝަނުން މިހާރު ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުން ގަޑި އަކީ، 2025 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ ރޭ 22:00 އެވެ. މުބާރާތުގެ މެޗުތަކުގެ ގުރު ނެގުމަށް ނިންމާފައި ވަނީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

ވެޓަރަންސް މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 40 އަހަރުވެފައިވާ ކުޅުންތެރިންނަށެވެ. ނަމަވެސް އުމުރުން 40 އަހަރުވެފައިވީ ނަމަވެސް، ފާއިތުވި ތިން އަހަރުގެ ތެރޭގައި ފިރިހެން ޤައުމީ ސްކޮޑުގައި ހިމެނިފައިވާ ކުޅުންތެރިން، ފާއިތުވި ތިން ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ އަށެއްގައި ހިމެނިފައިވާ ކުޅުންތެރިން، އަދި ފާއިތުވި ތިން އެސޯސިއޭޝަން ކަޕް ކެރަމް ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ ހަތަރެއްގައި ހިމެނިފައިވާ ކުޅުންތެރިންނަށް ވެޓަރަންސް މުބާރާތުގައި ނުކުޅެވޭނެ އެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ވަނީ ދެ އިވެންޓަކަށެވެ. އެއީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު