Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

މޮޅެއް ލިބުމުން އަމޯރިމް ހުރީ ހިތްހަމަ ޖެހިފައި

އަމޯރިމް ފާހަގަ ކުރި ގޮތުގައި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އަދި އޭގެ ފަހުން އިނގިރޭސި އެފްއޭ ކަޕްގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޔުނައިޓެޑުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިކަން އިޙުސާސް ކުރެވިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2025 | ހޮނިހިރު 05:35
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

އުނދަގޫ ޙާލަތެއްގައި އޮތް ނަމަވެސް، މޮޅެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗަށްފަހު އެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މޮޅުވެ، ޔުނައިޓެޑުން ވަނީ ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިފަ އެވެ.

އަމޯރިމް ބުނީ އެ މެޗުގައި ފެނުނީ ޔުނައިޓެޑުގެ އެންމެ ފުރިހަމަ އަދި މޮޅު ކުޅުން ނޫން ކަމަށެވެ. ނަމަވެސް މެޗުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމުގައި އޭނާ ބުންޏެވެ. އަމޯރިމް ފާހަގަ ކުރި ގޮތުގައި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އަދި އޭގެ ފަހުން އިނގިރޭސި އެފްއޭ ކަޕްގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޔުނައިޓެޑުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިކަން އިޙުސާސް ކުރެވިފަ އެވެ.

މީގެ އިތުރުން އަމޯރިމް ބުނީ ޚާއްސަކޮށް ސައުތެމްޓަން މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު ވެސް، ޔުނައިޓެޑުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެކަމުގެ ފައިދާ ނަގައި ސައުތެމްޓަން އިން ދިޔައީ ފުރުސަތުގެ ބޭނުން ހިފަމުން ކަމަށް ވެސް އަމޯރިމް ބުނެފައިވެ އެވެ. އެހެން ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެކަން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ފަހަތުން އަރައި މޮޅުވީ ކަމަށް އޭނާ ބުންޏެވެ.

އަމޯރިމް ބުނީ ޔުނައިޓެޑު އޮތީ އުނދަގޫ ޙާލަތެއްގައިކަން އެންމެނަށް ވެސް އިނގޭ ކަމަށާއި، ސައުތެމްޓަން މެޗުން ލިބުނު މޮޅާއެކު އޭނާ އަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި މިހާރު ޔުނައިޓެޑު ކުޅެމުން އަންނަ ވައްޓަފާޅީގައި ކުރިއަށް ގޮސް، އެ ޓީމަށް ރަނގަޅު ކަންތައްތަކެއް ކުރެވޭނެ އެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީ ފަހުން ވެސް އެ ޓީމުގެ ނަތީޖާތައް ރަނގަޅު ނުވާތީ، އޭނާ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އަދި އަމޯރިމް އަށް ޕްރެޝަރު ބޮޑުވާ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މިވަގުތު ޔުނައިޓެޑު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 12 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު