Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިހްސާނަށް ފޮނުވާ ސިޓީ: "އިހްސާން ހޭސް ޓު ގޯ"

އެކުވެރި އިހްސާނަށް ވަރަށް އިހުތިރާމާއި ގަދަރުވެރިމޭރުމަކުން ސަލާން ގަލާން ރައްދު ކުރާހިތް އޮތީ އޭގެ ނިހާޔަތަށެވެ. އެހާވެސް އަހަރެން އިހުސާނަށްޓަކައި ފަޚުރުވެރިވީމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 12:15
ހޯމް މިނިސްޓަރ އަލީ އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން

އެކުވެރި އިހްސާނަށް

ވަރަށް އިހުތިރާމާއި ގަދަރުވެރިމޭރުމަކުން ސަލާން ގަލާން ރައްދު ކުރާހިތް އޮތީ އޭގެ ނިހާޔަތަށެވެ. އެހާވެސް އަހަރެން އިހުސާނަށްޓަކައި ފަޚުރުވެރިވީމެވެ.

އިހުސާނެވެ. މަށަކީ އެއްވެސް އިރަކު މިއުޅޭ މުއިއްޒުއަށް ތާއީދެއް ކުރި މީހެއް ނޫނީމުއެވެ. ކުޑައިކުން ނަމަވެސް މަށަށް އޭނާގެ ގޮތްފޮތް ފެނިފައި ހުރީތީއެވެ. އޭނާއާއެކު އިހުއުޅުނު މީހުންނާއެކު، މަށަށްވެސް އެއް ސުފުރާމަތިން ކާލައި އެކުގައި ހީސަމާސަ ކޮށްލާ އުޅެވުނީތީއެވެ. އޭގެ އަލީގައި އޭނާއާމެދު ބައެއް ހިސާބު ކިތާބު ޖަހާލަން އެނގިފައި ހުރުމުންނެވެ. އެކަމަކު ބުނަން ހެއްޔެވެ. އޭނާގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް އިހުސާން ލީތީ މަވެސް ހާދަ އުފަލެއް ކުރީމެވެ. މަށަށް އެކަމުން ލޯލާރިއެއް ނުލިބުނަސްވެސް ގައުމަށާއި މައުޅޭ ފަސްގަނޑަށް އެކަމުން ފައިދާތަކެއް ކޮށްފާނެ ކަމުގެ ހުވަފެންތަކަކާއެކުގައެވެ. މަވެސް ނުހަނު ގަދަރު ކުރާ ސިފައިންގެ ޚިދުމަތުގައި ލައްކަ ބޮޑު މީހެއްގެ ގޮތުގައި އެތައް އަހަރަކު ހުރެފައި ނުކުތް މީހަކަށް ވީތީ އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް މަށާ މަގޭ ލޮލުން ބޮލުން މަނިކުފާނު ބަލައިގަތީ އެންމެން ގަދަރު ކުރި އެވަރުގެ ބޮޑު މުއްއަސަސާއެއްގައި ހޭކިލި މީހަކަށްނުވެ ވިލާތުގެ އެތައްމިތަނުން ތަޖްރިބާއާއި ތަމްރީނާ، ދުނިޔެވީ ހަމަޔާއި އެހެންމީހުންގެ އިހުސާސްތައް އަދި ހައްގުތަކުގެ ބާބުތައް އިންތިހާއަށް އެނގިހުންނެވި މީހަކަށް ވީތީއެވެ.

އިހުސާނޫއެވެ. އެސަބަބަށްޓަކައި މަށަކު މަނިކުފާނަށް ކުރީކީ އަމަށަކު ގަދަރެއް ނޫނެވެ. މަށާ މަގޭޖާނުން މަނިކުފާނަށް އިތުބާރުކުރީ އޭގެ ތަންމިނަށެވެ. މަށަށް މައޮޅޭ ހިސާބަށް މަނިކުފާނަށް އިތުބާރު ކުރީމެވެ.

އިހުސާނޫއެވެ. ދާދި މިދާކަށް ދުވަހާ ހަމައަށް މަހުރީ މަށަށް މިކުރެވުނު އިތުބާރާއެކު މަނިކުފާނާމެދު އުފަލުން ފޮޅިގެންނެވެ. މަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތު ތިޔަދައްކަމުން ދިޔަގޮތުން މަށަށްވެސް ހަމަ ސަހަރޯ ހީވިއެވެ. ނުގަވައިދުން އިމެއްނެތި އެއުޅޭ ބޭރު މީހުން ފޮނުވާލަން ތިޔަ ކުރާ މަސައްކަތުން އެކަނިވެސް މަހުރީ މަނިކުފާނާމެދު ފަޚުރުވެރިވެގެންނެވެ. އަދި ތިޔަ ވިދާޅުވަމުން ގެންދަވާ ޖެހިލުންކުޑަ ބަސްތަކުން މަވެސް ހުރީ ހަމަ ރޫރޫ އަޅައަޅައެވެ.

އިހުސާނޫއެވެ. އެކަމަކު ތިޔަ ހެއްދެވީ ކިހިނެއް ހެއްޔެވެ. ސިފައިންގެއިން ނޫނަސް މަނިކުފާނުގެ ޚިދުމަތަށް ކުލަބަރިއަކާއި އަތްގުޅި ނުކާވަރުގެ މެޑެއްޔެއް ދީފާނަމޭ ހިތު އަޅައިގެން އޮއްވާ ތިޔަޖެއްސެވީ ކޮން ސަކަރާތެއް ހެއްޔެވެ. ރީތިކޮށް ޗާލުކޮށް ނަށަމުން ފޮޅެމުން ގޮސްގޮސް ހުރެފައި ތިޔަގަތީ ކޮންގަނޑެއް ހެއްޔެވެ.

އިހުސާނޫއެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅުހިކިއްޖެވެ. މަ އެހާވަރަށް އިތުބާރުކުރި މީހަކު ތިޔަ ދަރަޖައަށް ވެއްޓުނީތީ މަވެސް ލަދުން ބޯ ހަލާކުވެއްޖެއެވެ. ހުރިތަނުން ވަޅުކޮނެ އަޑިޔަށް ހިނގައިދާނަމޭވެސް މަ ހިތަށް އެރިއެވެ.

އިހުސާނޫއެވެ. ހޯމް މިނިސްޓަރުގެ ދަށުން ބަލަހައްޓަމުން އައި ޑީއެންއާރު ތެރެއިން ތިޔަ ޖެއްސެވި ސަކަރާތުން އެތައް ބަޔަކު ކެނޑިނޭޅި މަށަށްވެސް އެބަ ގުޅަމުން ގެންދެއެވެ. ތިޔައީ މަ ވަރަށް ތާއީދުކުރި މީހެކޭ ބުނެވި އުޅުނު ގިނަބަޔަކު މަށަށް އެގުޅާ ނަގަނީ އެމީހުނަށްވެސް އެމީހުން ނަގާ ތިޔަ ޕާޓީގެ ދަފްތަރުގައި ހިމެނީތީއެވެ. މަނިކުފާނުގެ ބެލުމުގެ ދަށުގައިތިބި ސިވިލް ބަޔަކު ލައްވައި ޕީއެންސީގެ ފޯމުފުރައި އެތަނުން ލިބެންހުރި ފޮޓޯތަކާއި ވަންހަކޮޅުގެ މައުލޫމާތައް ދަންދެން ފުރައިގެން ހަތަރެސްފައިން ތައްގަޑު ޖަހައިގެން ތިޔަކުރި ވައްކަމާހެދި މަ މުޅިން ބޭގަރާރުވެއްޖެއެވެ.

އިހުސާނޫއެވެ. ކާޅުގޮވާހެން ރަށުތެރޭގައި މިހާރު އެގޮވަނީ އެވާހަކައެވެ. މުއިއްޒު ބުނީތީ ޕާޓީއަށް ލައްކައެއް ހަމަކުރާން އިހުސާނު އިސްވެހުރެ ޑީއެންއާރުގެ ޑާޓާބޭސް ނަގައިގެން އެތަނުގެ ކުދިންކޮޅު ލައްވައި ތިޔަގަތް ގަނޑުގެ ވާހަކައެވެ. މުޅި ސޯޝަލް މީޑިޔާގައި ދައުރުވަމުން އެދަނީ މަނިކުފާނު އެތާ ހުންނަވައި ކައިބޮއެ މަޖާކޮށް އެކަމަށް ހިތްވަރުދީ އަމަލީގޮތުން އެކަން ކުރުވި އާރުކާޓީގެ ގޮތުގައި އިހުސާނު އުޅުއްވާ ފޮޓޯތަކުންނެވެ.

އިހުސާނޫއެވެ. ޕިއްޒާފޮއްޗެއް ކާލީއޭ. ކޮޓަރިތެރެއަށް ބޯދިއްކޮށްލިއްޔޭ ބުނެ ފިނިގޮތަކަށް އެއްބަސްވުމަކުން އެކަނި ތިޔަކަމެއް ފަރުޖެއްސޭކަށް ނެތެވެ. ހަމަ ގައިމުވެސް މައެއްޗެހި ލައިގެން މިއުޅެނީ ރީއްޗަކަށް ނޫނެވެ. ތަނެއް ނިވާކުރާށެވެ. އެހެންކަމުން މަށަކަށްވެސް ކެތެއް ކުރާކަށް ދެނެއް ލާހިކު ކުޅަދާނއެއް ނޫނެވެ. ތިޔަކުރި ކަމަކުން މަހަމަ ލަދުގަނެ ބޯކޮޅު ވަތައް ޖެހިއްޖެއެވެ. މަނިކުފާނުގެ ބައްޕާފުޅަކީވެސް މީހުންނަށް އެފަދަ ކަންކަން ހަނދާންކޮށްދެއްވާ ބޭފުޅެކެވެ. މިއުޅޭ އިދިކޮޅޭމެންގެ ލައްކަ ކަންކަމަށް ނުހަނު ފާޑުވިދާޅުވާ ބޭފުޅެކެވެ. ހަމަ ޔަގީނުންވެސް ބައްޕާފުޅަށްވެސް ތިޔަ ދެއްވީ ރީތި ލަގާއެކެވެ.

އިހުސާނޫއެވެ. މަށަށްކުރި އަސަރަކުން އިތުރަކަށް ދެން މިސިޓީ ކުރިއަކަށް ގެންދާނެހާ ހިތްވަރެއްނެތެވެ.  އެހެންކަމުން އިހުބަހަކަށްވެސް އަދި ފަހުބަހަކަށްވެސް ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. މަނިކުފާނު ފެއިލް ވެއްޖެއެވެ. ވައްކަންތައް ބަލައި ހަމަޖެހުން ގާއިމްކޮށްދޭން ހުރި މީހާ ތިޔަފަދަ ކަމެއް ކުރީމާ ބޮޑުތަނުން ގޯސްވެއްޖެއެވެ. އެކީއެކަށް އިތުބާރު ގެއްލިއްޖެއެވެ. ދެން ރަނގަޅުވާނީ އަވަހަށް ހޯހޯއޭ ބުނެ މާފަށް އެދި ތިޔަތަނުން އެކަހެރިވެލިއްޔާއެވެ. މަނިކުފާނަކީ ގައިމު މީހަކަށް އަޅުދާސްތުވެގެން ބަނޑުފުރާނަ މުއްތިކުރާން ޖެހޭވަރަށްވުރެ އަތްމަތިވެސް ހެޔޮ މީހެއް ވިއްޔާއެވެ. ދެންވެސް ތިޔަ ތަނުން އަވަހަށް ދުރަށްދާށެވެ.

ނިންމާލަމުން އަދި އެހެން ވާހަކައެއްވެސް ބުނެލާނަމެވެ. އެއްޗެކޭ ހީނުކުރައްޗެވެ. މަނިކުފާނަކީ އެމެރިކާއިން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. މަށަކީ އިނގިރޭސިއެއް އެނގޭ މީހެއް ނޫނެވެ. އެކަމަކު މަވެސް ބުނެލާނީ އިހްސާން ހޭސް ޓު ގޯ އެވެ.  ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން،، ބޮޑު ބަހުސަކަށްވެފައި

02 ފެބުރުއަރީ 2019
އައްޑޫ ސިޓީގެ ނަން ރީތިކޮށްލި އައްޑޫ ނޭޗާރ ޕާކް!

އައްޑޫ ސިޓީގެ ނަން ރީތިކޮށްލި އައްޑޫ ނޭޗާރ ޕާކް!

07 ޖެނުއަރީ 2019
މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

މުޅި އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ކުރި ހޭދަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް!

30 އޮކްޓޯބަރު 2018
ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

26 ޖުލައި 2018
ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

04 ޖުލައި 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު