Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރު ޖަވާބުދާރީ ކުރުން

ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރުން ތިބީ ތަޅުއަޅުވާފަ: ފިރުޝާން

ވެރިކަމުގެ ނިޒާމް މިހާރު މިއޮތް ގޮތުން ހުރިހާ އާރަކާއި ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 12:22
ޑިމޮކްރަޓްސްގެ ވަގުތީ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން

ޑިމޮކްރަޓްސްގެ ވަގުތީ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން

މި ސަރުކާރު ހިންގާ ސިޔާސީ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުން މަޖިލިސް މެމްބަރުން ތިބީ ތަޅު އެޅުވިފައިކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރު މި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް މެބްރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ހުރި ގޮންޖެހުންތަކަށް އަލި އަޅުވާލައްވައި ފިރުޝާން ވިދާޅުވީ މިއޮތް ސަރުކާރަށް ވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެ މެމްބަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ނަޒަރު ހިންގާލައިފި ނަމަ ފެނިގެންދަނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ވަރަށް ރަނގަޅަށް ތަޅުއެޅުވިފައި ތިބިތަންކަމަށެވެ. އަދި ފަހުން ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއި އެކު، އިތުރަށް މި ސަރުކާރަށް ތަބާވުން ނޫންގޮތެއް އެ މެމްބަރުންނަށް ނެތް ކަމަށް ވެސް ފިރުޝާން ފާހަގަކުރެއްވިއެވެ.

ފިރުޝާން ވިދާޅުވީ މިހާރު މިއޮތް ވެރިކަން ކުރާ މައި ޕާޓީއަށް ނިސްބަތްވާ މަޖިލީހަކީ ޤާނޫނު އަސާސީ ތަސައްވަރުކުރާ މަޖިލީހެއް ވެސް ނޫން ކަމަށާއި އަދި ރައްޔިތުން ބޭނުންވާ ހަޤީޤީ ރައްޔިތުންގެ މަޖިލީހެއްވެސް ނޫންކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ މަޖިލީހަކަށް ވުމަށްވެސް އަދި ޤާނޫނު އަސާސީ ގެ މިންގަނޑަށް ފެތޭ މަޖިލީހަކަށް ވުމަށްވެސް މަޖިލިސް މެމްބަރުން މިހާރު ތަޅުއެޅުވިފައި އޮތް އޮތުން އެއްކޮށް ނައްތާލައި މިނިވަން ކަމާއި އެކު ވަކާލާތު ކުރެވޭނެ މެމްބަރުންނަށް ވާންޖެހޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އޮންނަ އެންމެ ބޮޑު މެންޑޭޓަކީ ޤާނޫނުތައް ހެދުންކަމަށާއި އަދި ދެވަނައަށް އޮންނަ އެންމެ ބޮޑު މެންޑޭޓަކީ އޭރަކު އޮންނަ ސަރުކާރު ޖަވާބުދާރީ ކުރުންކަމަށެވެ. އެގޮތުން މަޖިލީހަށް އޮންނަ މި މެންޑޭޓުތަށް ފުރިހަމަކުރުމަށް މިހާރު މިއޮތް ބިރުވެރިކަމާއި ތަޅުއެޅުވުމުން މިނިވަން ވެގެން ތިބެންޖެހޭ ބަޔަކަށް މަޖިލިސް މެމްބަރުން ވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިރުޝާން ވިދާޅުވީ ހަޤީޤީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ކަންކަން ގޯސްކޮށް ދާނަމަ އެކަންކަން ފާހަގަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ވަކާލާތުކޮށް އެގޮތަށް މަސައްކަތް ކުރާ މަޖިލީހެއްކަމަށެވެ. އެކަން އެގޮތަށް ވުމަށް އަމިއްލަ ނަފުސު މިނިވަން މީހަކަށް ވާން ޖެހޭކަން ފިރުޝާން ފާހަގަކުރިއެވެ.

މީގެ އިތުރުން މިހާރު މިއޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވާ ފިރުޝާން ވިދާޅުވީ ވެރިކަމުގެ ނިޒާމް މިހާރު މިއޮތް ގޮތުން ހުރިހާ އާރަކާއި ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލެވިފައިކަމަަށާއި ހުރިހާކަމެއްވެސް ރައީސުލްޖުމްހޫރިއްޔާ އާއި ހަމައިން ހުއްޓިފައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ނުރުހުންވެދާނެތީ އެއްވެސް ކަމެއް މިއަދު ކުރެވެން ނެތްކަމަށާއި އެހެންކަމުން ސަރުކާރުގެ މިހާރު މި އޮތް އޮނިގަނޑު ބަދަލުކުރުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ނުކޮށް ރާއްޖެއަށް ހަމަޖެހުމެއް ނެތްކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު