Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާނުގެ މަސްރަހް

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ރައީސް ނަވާފް ސަލާމް ލުބުނާނުގެ ބޮޑުވަޒީރު ކަމަށް

ސަލާމް އަށް ވަނީ 85 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 03:14
ނަވާފް ސަލާމް - އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ރައީސް

ނަވާފް ސަލާމް - އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ރައީސް

ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ނަވާފް ސަލާމް ލުބުނާނުގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވައިފިއެވެ. މިކަން ލުބުނާނުގެ ރިޔާސީ ގަނޑުވަރުން ވަނީ ހާމަކޮށްފައެވެ.

"ޤައުމުގެ ރައީސް ވަނީ ފަނޑިޔާރު ނަވާފް ސަލާމް އަށް ސަރުކާރު އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފަ. އޭނާ މިވަގުތު ހުންނެވީ ގައުމުން ބޭރުގައި، މާދަމާ ވަޑައިގަންނަވާ ގޮތައް ވަނީ ނިންމަވާފައި" ރިޔާސީ ގަނޑުވަރުން ބުނެފައިވެއެވެ.

ސަލާމް އަށް ވަނީ ލުބުނާނުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ތާއީދު ލިބިވަޑައިގެންފައެވެ. ހޯމަ ދުވަހު މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުން އޭނާ އަށް ތާއީދު ކުރުމާއެކު، ހިޒްބުﷲ އަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ހިޒްބުﷲ ވަނީ ވާދަވެރި ފަރާތްތަކުން އެމީހުން އެކަހެރިކުރަން މަސައްކަތްކުރާކަމުގެ ތުހުމަތު ކޮށްފައެވެ.

ސަލާމް އަށް ލިބުނު ތާއީދުން ދައްކައިދެނީ، ޝީޢާ ޖަމާޢަތް ކަމުގައިވާ ހިޒްބުﷲ އަށް ފާއިތުވި އަހަރު އިސްރާއީލާއެކު ހިނގި ހަނގުރާމައިގައި ބޮޑު ގެއްލުމެއް ލިބި، އަދި އޭގެ ފަހުން ސޫރިއާގެ އެކުވެރި ބައްޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލުމާއެކު، ލުބުނާނުގެ މަޛްހަބީ ޖަމާޢަތްތަކުގެ މެދުގައި ބާރުތައް ބެހިފައިވާ ގޮތައް އައިސްފައިވާ ބޮޑު ބަދަލެވެ.

ހިޒްބުﷲ އަށް ނިސްބަތްވާ މަޖިލިސް މެންބަރު މުޙައްމަދު ރަޢުދު ބުނެފައިވަނީ، މިހާރުގެ ބޮޑުވަޒީރު ނަޖީބް މީކާތީ އެ މަޤާމުގައި ދެމިހުރުމަށް އެ ޖަމާޢަތުން ބޭނުން ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ ބައިބައިކުރުމަށާއި އެކަހެރިކުރުމަށް ކަމަށެވެ. އޭނާ ބުނެފައިވަނީ، ފާއިތުވި ހަފުތާގައި ޢައޫން ރައީސް ކަމަށް އިންތިޚާބު ކުރުމަށް އެ ޖަމާޢަތުން "އަތް ދިއްކޮށްލި" ނަމަވެސް، "އަތް ކެނޑިފައިވާ" ކަމަށެވެ.

ފާއިތުވި ހަފުތާގައި އެމެރިކާ އަދި ގަލްފު ޤައުމުތަކުގެ ތާއީދު ލިބިފައިވާ ސިފައިންގެ ވެރިޔާ ޖެނެރަލް ޢައޫން ރައީސް ކަމަށް އިންތިޚާބު ވުމަކީވެސް، ކުރިން ހިޒްބުﷲ އަށް ނިންމުންތަކުގައި ނުފޫޒު ފޯރުވޭ މިންވަރަށް ސިޔާސީ މަޝްރަޙުގައި އައިސްފައިވާ ބަދަލުތަކުގެ އިތުރު ހެއްކެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ރައީސް ޢައޫން ވަނީ ހޯމަ ދުވަހު މަޖިލީހުގެ 128 މެންބަރުންނާއެކު ބޮޑުވަޒީރު ޢައްޔަންކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ފަރާތެއް ބޮޑު ވަޒީރު ކަމަށް ޢައްޔަންކުރެއްވުމަކީ އޭނާގެ މައްޗަށް ލާޒިމު ކަމެކެވެ.

ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ސަލާމް އަށް ވަނީ 85 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައެވެ.

ލުބުނާނުގެ މަޛްހަބީ ބާރު ހިއްސާކުރުމުގެ ނިޒާމުގެ ދަށުން، ދައުލަތުގެ މަޤާމުތައް ދީނީ ނިސްބަތުގެ މައްޗަށް ބިނާކޮށް ބަހާލެވިފައިވާއިރު، ބޮޑު ވަޒީރަކީ ކޮންމެހެން ސުންނީ މުސްލިމަކަށް ވާންޖެހެއެވެ. ރައީސްކަމުގެ މަޤާމު ދެވެނީ މެރޮނައިޓް ކްރިސްޓިއަނަކަށެވެ. އަދި މަޖިލީހުގެ ރައީސަކަށް ވާންޖެހެނީ ޝީޢާ މުސްލިމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު